ދިވެހި އަތަ

ދިވެހި އަތަ އަކީ ދިވެހި އަތަ، ދަނޑިގަޑު އަތަ، އަދި އަނޯނާ، ނިސްބަތްވާ އަނޯނާ އާއިލާގެ މެންބަރެކެވެ. ދިވެހި އަތަ އަކީ އަނގަޔަށް މީރު ފޮނި މޭވާއެކެވެ. މިއީ ދޮންވުމުން ބޭރުތޮށި މަޑުފެހިކުލައިގައި ނުވަތަ ރީނދޫ ކުލައިގައި ހުންނަ މޭވާއެކެވެ. މިއީ މޭވާއެއްގެ ގޮތުގައި ބޭނުންކުރުމުގެ އިތުރުން ފަނިގިރައިގެންނާއި، ތަފާތު ކާތަކެތީގައި ހިމަނައިގެން ވެސް ބޭނުންކުރެވިދާނެ މޭވާ އެކެވެ. ދިވެހި އަތަ އަކީ ވެސް ހަށިގަނޑަށް ބޭނުންތެރި އެތަކެއް މާއްދާތަކަކުން މުއްސަދިވެފައިވާ މޭވާ އެކެވެ. ދިވެހި އަތަ […]

އިތުރަށް ވިދާޅުވުމަށް

ކަށިފީވުން

އުމުރުން ދުވަސްވެ މުސްކުޅިވުމުން ވަރަށް ގިނަ މީހުންނަށް ކަށީގެ ޓެސްޓުތައް ހެދުމަށް ޑޮކްޓަރުން ލަފާދެއެވެ. ހަމަ މިހެން ފުރާވަރުގެ އުމުރުގެ ކުޑަކުދިންނަށް ކެލްސިއަމްއާއި، ފޮސްފަރަސް އެކުލެވޭ ކާނާ ބޭނުންކުރުމަށް އިރުޝާދު ދެއެވެ. މިފަދަ އިރުޝާދު ތަކުގެ ބޭނުމަކީ އުމުރުން ދުވަސްވުމުން ކަށިތަކަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ކުރުމެވެ. ކައްޓަކީ އޭގެ ޒާތުގައި އުފެދި ބޮޑުވަމުން އަންނަ ޓިޝޫއެކެވެ. ކަށި އުފެދެނީ ކޮލެޖިން ކިޔާ ޕްރޮޓީން އަކާއި، ކެލްސިއަމް ފޮސްފޭޓް އެއްވެގެންނެވެ. ކަށިތަކުގެ ބާރުގަދަވެ ހަރުކޮށް ހުރުމުގެ ސިއްރަކީ […]

އިތުރަށް ވިދާޅުވުމަށް

ކަށިކެޔޮ

ކަށިކެޔޮ އަކީ ކަށިކެޔޮ ގަހުގައި އަޅާ މޭވާ އެކެވެ. ކަށިކެޔޮ ހުންނަނީ ވަރުގަދަ ދަޅިގަނޑެއްގައި ވަކަކާ ވަކެއް ޖެހި ފިތި ބާރުވެފައެވެ. ކަށިކޭލުގެ ތަފާތު ވައްތަރުތައް ދިވެހިރާއްޖޭގައި ވެސް ހުރެއެވެ. މިއީ ދިވެހިން ކައިއުޅޭ މޭވާ އެކެވެ. އާންމުކޮށް ކައިއުޅެނީ ފޮތިކޮށް ކޮށައިގެންނެވެ. އަދި ކަށިކެޔޮ ފަނި ކައްކައިގެންނާއި، ބޯހުނި ހިލައިގެންނާއި، މެޓާގަނޑު އަޅައިގެން ވެސް ބޭނުންކުރެއެވެ. ދިވެހި ނަން: ކަށިކެޔޮ އިގިރޭސި ނަން: Screwpine ޢިލްމީ ނަން: Pandanus Tectorius / Pandanus Fascicularis ކަށިކޭލުން […]

އިތުރަށް ވިދާޅުވުމަށް

ފުރަމޭގެ ކެންސަރު

ފުރަމޭގެ ކެންސަރަކީ ދުނިޔޭގައި އެންމެ އާންމު ކެންސަރުގެ ވައްތަރުތަކުގެ ތެރޭގައި ހިމެނޭ ވައްތަރެކެވެ. ފުރަމޭ ގެ ކެންސަރު ޖެހެނީ ފުރަމޭ ދުޅަވުން، އަދި ފުރަމޭ ހަލާކުވުން ފަދަ ކަމެއް މެދުވެރިވެގެންނެވެ. ފުރަމޭގެ ކެންސަރު ޖެހޭމީހުންގެ 20-10 އިންސައްތަ އޮޕަރޭޝަންކޮށްގެން ރަގަޅު ކުރެވެއެވެ. ފުރަމޭ ދުޅަވުން ފަދަ ބަލިތައް އާންމު ނޫން ގައުމުތަކުގައި ފުރަމޭގެ ކެންސަރު ޖެހިފައި ގިނައިން ހުންނަނީ ހަށިގަނޑުގެ ކޮންމެވެސް އެހެން ބަޔަކަށް ކެންސަރު ޖެހި އޭގެ އަސަރުފުރަމޭއަށް ކުރުން ފަދަ ގޮތަކަށެވެ. ފުރަމޭގެ ކެންސަރަށް […]

އިތުރަށް ވިދާޅުވުމަށް

ބަނޑުގައި ވައިހެދުން – ގެސްޓްރައިޓިސް

ބަނޑުގައި ވައި ހެދުން ނުވަތަ ގެސްޓްރައިޓިސް އަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ މައްސަލައެކެވެ. މިމައްސަލަ އާންމުކޮށް ދިމާވަނީ ދިރިއުޅުމުގެ އާދަތައް ބައްޓަން ކުރެވޭ ގޮތުންނެވެ.މީގެ އިތުރުން ހަށިގަނޑުގައި ހުންނަ މައްސަލައެއްގެ ސަބަބުންވެސް މިކަން މެދުވެރި ވެދާނެއެވެ. ގިނަ މީހުންނަށް ގެސްޓްރައިޓިސް އަކީ މާބޮޑު ކަމެއް ނޫނެވެ. ބޭސް ބޭނުންކުރުމުން ލުއިކަން ލިބިގެން ދެއެވެ. ބަނޑުގައި ވައިހެދުން ނުވަތަ ގެސްޓްރައިޓިސް އަކީ މައިދާގެ ފާރު ދުޅަވުމެވެ. ނުވަތަ މައިދާގެ ފާރުގައި ދުޅައެއް އުފެއްދުމާއި، ބަނޑުގައި ވައިހެދި، އެކަމުގެ […]

އިތުރަށް ވިދާޅުވުމަށް

ފުރަގަސްފަރާތު ބަލި

ފުރަގަސްފަރާތު ބައްޔޭ ބުނެވެނީ ބޮޑުކަމުދާ ދޮރު ނުވަތަ ފުރަގަސްފަރާތު ދޮރު ހިމެނޭ ހިސާބުގައިވާ ލޭހޮޅިތައް ނުވަތަ ލޭނާރުތައް ދެމި، ފުޅާވެ ފުއްޕުމަށް ނިސްބަތް ކޮށެވެ. މިބަލީގެ އުދަގޫ އާންމުކޮށް ކުރިމަތިވަނީ 20އަހަރާއި 50އަހަރާއި ދެމެދުގެ މީހުންނަށެވެ. އާބާދީގެ 50އިންސައްތަ މީހުންނަށް ފުރަގަސްފަރާތު ބަލީގެ އުދަގުލާއި އެމީހުންގެ ހަޔާތުގެ ކޮންމެ ވެސް ދުވަސްވަރެއްގައި ކުރިމަތިލާންޖެހޭ ކަމަށް ބައެއް ދިރާސާތަކުން ދައްކައެވެ. ފުރަގަސްފަރާތު ބަލި ޖެހުމަށް މެދުވެރިވާ ސަބަބުތައް މިބަލި ޖެހޭ ވަކި ސަބަބެއް ކަނޑައެޅިގެން ބުނާކަން ނޭގެއެވެ. ނަމަވެސް […]

އިތުރަށް ވިދާޅުވުމަށް

ރޯދަމަހުގައި ދުރުހެލިވާންވީ ކާބޯތަކެތީގެ ބާވަތްތައް

ރޯދަ މަހުގައި އެހެން މަސްތަކާ ޚިލާފަށް ވަރަށް ގިނަ ތަފާތު ވައްތަރުގެ ކާބޯތަކެތި ތައްޔާރުކޮށްގެން ބޭނުންކުރެވެއެވެ. ކޮންމެ ކަހަލަ ކާބޯއެއްޗެއް ރޯދަމަހު ތައްޔާރުކުރި ނަމަވެސް ޞިއްޙަތަށް ފައިދާހުރި ގޮތަކަށް އެއެއްޗެއް ތައްޔާރުކުރެވޭތޯ ބެލުން މުހިއްމެވެ. ހަމައެހެންމެ ބައެއް ކަހަލަ ކާބޯތަކެއްޗާއި، ދުރުހެލިވުމަކީ ރޯދަމަހުގެ ދުވާލުގެ ވަގުތުތައް ހެޔޮގޮތުގައި ބޭނުންހިފުމަށް އެހީތެރިވެދޭނެ ކަމެކެވެ. ރޯދަމަހުގެ ކެއުން ބުއިމުގައި ދުރުހެލިވާންޖެހޭ ކާބޯތީގެ ބާވަތްތަކަށް ބަލާލަމާ ހިނގާށެވެ. އަހަރެމެންގެ ތެރެއިން ވަރަށް ގިނަ މީހުންނަކީ ކޮފީ ބުއިމަށް ދެވިހިފައިވާ މީހުންނެވެ. އެނާޖީ […]

އިތުރަށް ވިދާޅުވުމަށް

އަހިވައް

އަހިވައް އަކީ ޖަންގަލީގެ ތެރޭގައި ތިރިކޮށް ހެދޭ، ގަހެއްގައި އަޅާ ހުތް ފޮނިމޭވާ އެކެވެ.މިއީ ގިނަ މީހުންނަށް މީރު މޭވާއެއް ނޫނެވެ. އެއީ އޭގައި ހިމެނޭ ވަހުގެ ސަބަބުންނެވެ. މިއީ ދިވެހިން މަދުން ނަމަވެސް ކައިއުޅޭ މޭވާއެެކެވެ. އަހިވައް އަކީ ވެސް ހަށިގަނޑަށް ބޭނުންތެރި ވަރަށް ގިނަ މާއްދާތައް އެކުލެވޭ މޭވާ އެކެވެ. އަހިވަކުން ލިބޭ ޞިއްޙީ ފައިދާތައް ކެންސަރާ ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު: ހޯދިފައިވާ ގޮތުގައި އަހިވައް ފަނި ބޭނުންކުރުމަކީ ކެންސަރު އުފެދުމާއި ދެކޮޅަށް މަސައްކަތްކުރާ […]

އިތުރަށް ވިދާޅުވުމަށް