ކަށިފީވުން

އުމުރުން ދުވަސްވެ މުސްކުޅިވުމުން ވަރަށް ގިނަ މީހުންނަށް ކަށީގެ ޓެސްޓުތައް ހެދުމަށް ޑޮކްޓަރުން ލަފާދެއެވެ. ހަމަ މިހެން ފުރާވަރުގެ އުމުރުގެ ކުޑަކުދިންނަށް ކެލްސިއަމްއާއި، ފޮސްފަރަސް އެކުލެވޭ ކާނާ ބޭނުންކުރުމަށް އިރުޝާދު ދެއެވެ. މިފަދަ އިރުޝާދު ތަކުގެ ބޭނުމަކީ އުމުރުން ދުވަސްވުމުން ކަށިތަކަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ކުރުމެވެ. ކައްޓަކީ އޭގެ ޒާތުގައި އުފެދި ބޮޑުވަމުން އަންނަ ޓިޝޫއެކެވެ. ކަށި އުފެދެނީ ކޮލެޖިން ކިޔާ ޕްރޮޓީން އަކާއި، ކެލްސިއަމް ފޮސްފޭޓް އެއްވެގެންނެވެ. ކަށިތަކުގެ ބާރުގަދަވެ ހަރުކޮށް ހުރުމުގެ ސިއްރަކީ […]

އިތުރަށް ވިދާޅުވުމަށް

ބަނޑުގައި ވައިހެދުން – ގެސްޓްރައިޓިސް

ބަނޑުގައި ވައި ހެދުން ނުވަތަ ގެސްޓްރައިޓިސް އަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ މައްސަލައެކެވެ. މިމައްސަލަ އާންމުކޮށް ދިމާވަނީ ދިރިއުޅުމުގެ އާދަތައް ބައްޓަން ކުރެވޭ ގޮތުންނެވެ.މީގެ އިތުރުން ހަށިގަނޑުގައި ހުންނަ މައްސަލައެއްގެ ސަބަބުންވެސް މިކަން މެދުވެރި ވެދާނެއެވެ. ގިނަ މީހުންނަށް ގެސްޓްރައިޓިސް އަކީ މާބޮޑު ކަމެއް ނޫނެވެ. ބޭސް ބޭނުންކުރުމުން ލުއިކަން ލިބިގެން ދެއެވެ. ބަނޑުގައި ވައިހެދުން ނުވަތަ ގެސްޓްރައިޓިސް އަކީ މައިދާގެ ފާރު ދުޅަވުމެވެ. ނުވަތަ މައިދާގެ ފާރުގައި ދުޅައެއް އުފެއްދުމާއި، ބަނޑުގައި ވައިހެދި، އެކަމުގެ […]

އިތުރަށް ވިދާޅުވުމަށް

ފުރަގަސްފަރާތު ބަލި

ފުރަގަސްފަރާތު ބައްޔޭ ބުނެވެނީ ބޮޑުކަމުދާ ދޮރު ނުވަތަ ފުރަގަސްފަރާތު ދޮރު ހިމެނޭ ހިސާބުގައިވާ ލޭހޮޅިތައް ނުވަތަ ލޭނާރުތައް ދެމި، ފުޅާވެ ފުއްޕުމަށް ނިސްބަތް ކޮށެވެ. މިބަލީގެ އުދަގޫ އާންމުކޮށް ކުރިމަތިވަނީ 20އަހަރާއި 50އަހަރާއި ދެމެދުގެ މީހުންނަށެވެ. އާބާދީގެ 50އިންސައްތަ މީހުންނަށް ފުރަގަސްފަރާތު ބަލީގެ އުދަގުލާއި އެމީހުންގެ ހަޔާތުގެ ކޮންމެ ވެސް ދުވަސްވަރެއްގައި ކުރިމަތިލާންޖެހޭ ކަމަށް ބައެއް ދިރާސާތަކުން ދައްކައެވެ. ފުރަގަސްފަރާތު ބަލި ޖެހުމަށް މެދުވެރިވާ ސަބަބުތައް މިބަލި ޖެހޭ ވަކި ސަބަބެއް ކަނޑައެޅިގެން ބުނާކަން ނޭގެއެވެ. ނަމަވެސް […]

އިތުރަށް ވިދާޅުވުމަށް

އެނބޫ

އެނބޫ އަކީ ކުޑަވަރެއްގެ ހުތް މޭވާ އެކެވެ. ދޮންވީމާ ރީނދޫ ކުލައިގައި ހުންނަ މިމޭވާގެ އޮށް ވަރަށް ބޮޑުވާނެ އެވެ. މީގައި އާންމުކޮށް ކައިއުޅެނީ، އޭގެ ބޭރުގައި ހުންނަ ތޮށި ފަށަލަ އެވެ. މިއީ މޭވާއެއްގެ ގޮތުގަޔާއި، ޖެލީ، ޖޭމް، އަދި ސަރުބަތުގެ ގޮތުގައި ތައްޔާރު ކޮށްގެން ވެސް ބޭނުންކޮށް އުޅޭ މޭވާ އެކެވެ. މިއީ ވިޓަމިން ސީ ވަރަށް ގިނައިން ހުންނަ މޭވާއެއްކަން ފާހަގަކޮށްލެވެއެވެ. އެނބޫ އިން ލިބޭ ބައެއް  ޞިއްޙީ ފައިދާތައް އެނބޫ އަކީ […]

އިތުރަށް ވިދާޅުވުމަށް

الروايات التفسيرية في فتح الباري جمعا ودراسة

ލިޔުއްވީ: د. عبد المجيد الشيخ عبد الباري عنوان الكتاب: الروايات التفسيرية في فتح الباري جمعا ودراسة المؤلف: عبد المجيد الشيخ عبد الباري الناشر: وقف السلام الخيري سنة النشر: 1426 – 2005 عدد المجلدات: 3 رقم الطبعة: 1 عدد الصفحات: 1669 الحجم (بالميجا): 28 نبذة عن الكتاب: – أصل هذا الكتاب رسالة دكتوارة http://www.waqfeya.com/book.php?bid=7490 ……………… http://www.waqfeya.com/book.php?bid=7490 މަސްދަރު: http://waqfeya.com/book.php?bid=7490 ޑައުންލޯޑު ކިޔާފައިވާ […]

އިތުރަށް ވިދާޅުވުމަށް

كِتَابُ الصِّيَام – ކިތާބުއްޞިޔާމް

ލިޔުއްވީ: ފަޟީލަތުއްޝައިޚް މުޙައްމަދު އިބްރާހީމް (ނައިފަރު) ކުރު ޚުލާޞާ: މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު އިބްރާހީމް، ރޯދައާއި އޭގެ ޙުކުމްތަކާއިމެދު ލިޔުއްވާފައިވާ ތަފްޞީލީ ފިޤްހު ފޮތެކެވެ. މިފޮތުގައި ފަރުޟު ރޯދައާއި ސުއްނަތް ރޯދައިގެ ޙުކުމްތައް ވަރަށް ތަފްޞީލުކޮށް، ޤުރްއާނާއި ސުއްނަތުގެ އަލީގައި ލިޔުއްވާފައިވެއެވެ. މިއީ މިއަހަރުގެ ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ފަޟީލަތުއްޝައިޚް މުޙައްމަދު އިބްރާހީމް ނެރުއްވާފައިވާ އަގުހުރި ފޮތެކެވެ ޞަފްޙާގެ ޢަދަދު: އޭ4 ސައިޒުގެ 108 ޞަފްޙާ ފައިލް ސައިޒް: 2.42 މެގަބައިޓް ފައިލް ބާވަތް: ޕީޑީއެފް މަސްދަރު: […]

އިތުރަށް ވިދާޅުވުމަށް

ސައިނަސް ދުޅަވުން

ސައިނަސް މައްސަލަ ހުރުން ނުވަތަ ސައިނަސް ތައް ދުޅަވުން(sinusitis) ކަމުގައި ބުނެވެނީ ނޭފަތާއި، ވައިކޮތަޅު ތަކުގެ އެތެރެއިން ލެވިފައިވާ ތެތްދުލިފަށް ތަކުގައި އިންފެކްޝަން އަށަގަނެ ދުޅަވުމަށް ނިސްބަތްކޮށެވެ. މިބުނި ވައިކޮތަޅު ތަކަކީ ލޮލާއި، ނޭފަތުގެ ވަށައިގެން ކައިރީގައި އަދި ކޯތާފަތުގައި ހުންނަ ކުދިކުދި ވައިކޮތަޅު ތަކެކެވެ. އެންމެ ވައިކޮތަޅެއްގެ އެތެރެއިން ލެވިފައިވާ ތެތް ދުލިފަށް ދުޅަވި ނަމަވެސް ސައިނަސް ޖެހިފައިވާ ކަމުގައި ބެލެވިދާނެއެވެ. ވައިކޮތަޅުތަކުގައި އިންފްލެމޭޝަން އުފެދުމުން އެ ކޮތަޅުދުޅަވެ، އެއިން ބޭރުކުރާ ދިޔަތައް ނޭފަތާއި، އަރުގެ […]

އިތުރަށް ވިދާޅުވުމަށް

ޕެނިކް ޑިސްއޯޑަރ

ޕެނިކް ޑިސްއޯޑަރ (panic disorder)އަކީ “ކުއްލިއަކަށް ބިރުގަތުމާއި ހިތް ނުތަނަވަސްވުމުގެ ޙާލަތެ”ވެ. ޕެނިކްވުމަކީ ކުއްލިއަކަށް ވަރަށް ބޮޑަށް ބިރުގަތުމާއެކު ހިތް ނުތަނަވަސްވެ، ހަދާނެގޮތް ހުސްވުމެވެ. ޕެނިކްވާ މީހާއަށް ހީކުރެވޭނީ އޭނާއަށް އިހްސާސްކުރެވޭ ބިރަކީ ހަގީގަތުގައި ވެސް އޭނާއަށް ދިމާވެފައިވާ ވަރަށް ނުރައްކާތެރި ކަމެއްކަމަށެވެ. ވުމާއެކު މިއިހްސާސް ތަކާއި އެއްގޮތަށް ހަށިގަނޑުވެސް އެއަށް އިޖާބަދީ އަމަލީގޮތުން އޭގައި ބައިވެރިވެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ނޭވާލުމާއި ހިތުގެ ވިންދަށް ބަދަލުއައުމުގެ އިތުރުން، ހަށީގަނޑުގެ އެހެން ގުނަވަންތަކުގެ މަސައްކަތްތަކަށް ވެސް ބަދަލުއާދެއެވެ. […]

އިތުރަށް ވިދާޅުވުމަށް