ދުރުފުސްވުން (myopia) މިއީ ކައިރީގައި ހުންނަ އެއްޗެހި/ތަންތަން ސާފުކޮށް ފެނިފައި ދުރުގައި ހުންނަ އެއްޗެހި/ތަންތަން ފުސްކޮށް ފެނުމެވެ. ނޫނީ ދުރުގައި ހުންނަ އެއްޗެހި ،ތަންތަން ރަނގަޅަށް ނުފެނުމެވެ. އެހެންކަމުން ދުރުފުސްވުމަށް ބައެއް ފަހަރު “ކައިރި ރަނގަޅަށް ފެނުން”(nearsightedness) މިހެން ވެސް ކިޔައި އުޅެއެވެ. ދުރުފުސްވުމަކީ މީހާގެ ފެނުމަށް އަސަރުކުރުވާ ވަރަށް އާންމު ހާލަތެކެވެ. ދުރުފުސްވުމަކީ މަޑުމަޑުން ގޮސް ކުރިމަތިވެދާނެ ހާލަތެކެވެ. ނޫނީ ކުއްލިއަކަށް ވެސް ކުރިމަތިވެދާނެ ހާލަތެކެވެ. އާންމު ގޮތެއްގައި ދުރުފުސްވުން ކުރިމަތިވެ، އެކަން ގޯސްވެގެންދަނީ ކުޑައިރުގައެވެ. […]