ފެންދުލި މާވައަހަށް ފަޅައިގެންދިއުން (preterm premature rupture of membrane / PPROM) މާނަކުރެވެނީ ވިހެއުމުގެ ވޭންވަރު އައުމުގެ ކުރިން ފެންދުލި ފަޅައިގެން ގޮސް ފެންފޭބުމަށެވެ. ނުވަތަ ފެން ލީކުވުމަށެވެ. ނުވަތަ ބަނޑަށް 37 ހަފްތާ ފުރުމުގެ ކުރިން ފެންދުލި ފަޅައިގެންދިއުމެވެ. ފެންދުލި މާއަވަހަށް ފަޅައިގެންދިއުމަކީ ފެންދުލިން ފެން ބޭރުވެ، ދުވަސްނުފުރާ ވިހެއުން ނޫނީ ދުވަސްނުފުރާ އުފަންވުން ކުރިމަތި ކުރުވާނެ ކަމެކެވެ. އަދި އިންފެކްޝަން އުފެދުމަށް މަގުފަހިވާނެ ކަމެކެވެ. ދުވަސްފުރިފައި ވަނިކޮށް ވެސް ފެންދުލި ފަޅައިގެން ހިނގައިދާނެއެވެ. އަނެއްބައި ފަހަރު […]