މި މަޒުމޫނުގައި އަޅުގަނޑު ދަންނަވާލާނީ، ކޮންމެ މީހަކަށް ވެސް އޮޅުން ފިލާގޮތަށް، އައްވަލުން ފެށިގެން ކޮރޯނާވައިރަސް އާއި އެއިންޖެހޭ ބައްޔާ ބެހޭ ވާހަކަތަކެވެ. މަޢުލޫމާތު އެނގުމަކީ ބުއްދި ފަހިވާކަމެކެވެ. -ޑރ. ޙަސަން ޙަމީދު މީހަކު ތިބާގެ ކައިރީގައި ދުނިޔޭގައިވާ އެންމެ ކުޑަ ދިރުން ހުރި އެއްޗަކީ ކޮބައިތޯ ސުވާލުކޮށްފިނަމަ ބުނާނީ ކީކޭތޯއެވެ؟ ހިންޏަކީ ވަރަށް ކުޑަ އެއްޗެކެވެ. ނަމަވެސް، ހިންޏަށް ވުރެ އިސްތަށިގަނޑުގައި އަޅާ އުކުނުގެ ކުދި ތަކެތި ނުވަތަ އުކުނުގެ ލީ މާ ކުއްޖެވެ. ނަމަވެސް […]
އިންފުލުއެންޒާ ވައިރަހާއި އޭގެ ހަގީގަތް
އިންފުލުއެންޒާ އަކީ ތިން މެންބަރެއްގެ މައްޗަށް ބިނާވެގެންވާ އާއިލާއެކެވެ. އެއީ އިންފުލުއެންޒާ ވައިރަސް އޭ ވައިރަސް ބީ އަދި ވައިރަސް ސީ އެވެ. މިދެންނެވި ތިން މެންބަރުން ގިންތިކޮށްފައި ވަނީ އިންފުލުއެންޒާ ވައިރަހުގެ އެތެރޭގައިވާ ޕޮރޮޓީންސްތަކަށް ބިނާކޮށެވެ. ވައިރަހުގެ މަތީ ފަށަލައިގައިވާ ހިމަގުލުޓިނިން ނުވަތަ އެޗް ނަމަކަށް ކިޔާ ގުލައިކޯ ޕްރޮޓީން އަކީ އިންފުލުއެންޒާ ވައިރަސް ބަލިޖެއްސުމަށްޓަކައި ބަނޑަހަޖެހުމަށް ބޭނުންކުރާ ބަހާ އެވެ. އަދި ނިއުރަމިނިޑޭސް ނުވަތަ އެން ނަމަކަށްކިޔާ އެންޒައިމަކީ އިންފުލުއެންޒާ ވައިރަސް ވިހައި ގިނަވެ، […]
ނިއުމޯނިޔާ
ނިއުމޯނިޔާ(pneumonia) އަކީ ފުއްޕާމޭގައި ޖަރާސީމު އެޅުމެވެ. ނުވަތަ އަރިދަފުސް ހިފުމެވެ. ނިއުމޯނިޔާ އަކީ ބައެއް ފަހަރު ފުރާނައަށް ނުރައްކާވެދާނެ ބައްޔެކެވެ. މިއީ ކޮންމެ އުމުރު ފުރައެއްގެ މީހަކަށް ވެސް ޖެހިދާނެ ބައްޔެކެވެ. ސަބަބު ނިއުމޯނިޔާ އާންމުކޮށް ޖެހެނީ ބެކްޓީރިޔާ ނުވަތަ ވައިރަސް ތަކުގެ ސަބަބުންނެވެ. ނިއުމޯނިޔާ ޖައްސާ ބެކްޓީރިޔާ ތަކުގެ ތެރޭގައި “ސްޓްރެޕްޓަކޮކަސް ނިއުމޯނިއޭ”(streptococcus pneumonia)، “މައިކަޕްލާޒްމާ ނިއުމޯނިއޭ”(mycoplasma)، ފަދަ ޖަރާސީމުތައް ހިމެނެއެވެ. ނިއުމޯނިޔާ ޖައްސާ ވައިރަސް ތަކުގެ ތެރޭގައި “އިންފުލުއެންޒާ އޭ ވައިރަސް” ، އަދި […]
ލޮލުރޯގާ
ލޮލުރޯގާ(Conjunctivitis) އަކީ ލޮލަށް އެންމެ އާންމުކޮށް ދިމާވާ އެއް މައްސަލަ އެވެ. ލޮލުރޯގާ އޭ ކިޔަނީ ލޮލުގެ ހުދުކަޅީގެ މަތީގައިވާ ތުނި ދުލި ދުޅަވެ ރަތްވެ ޖަރާސީމު އެޅުމަށެވެ. ފަސޭހައިން ގައިންގަޔަށްއަރާ މިބަލިކޮންމެ އުމުރު ފުރައެއްގެ ކޮންމެ މީހަކަށްވެސް ޖެހިދާނެ އެވެ. ވަރަށް ތުއްތު ކުދިންނަށް ވެސް ލޮލުރޯގާ ޖެހޭ ފަހަރު އާދެއެވެ. ގިނަ ފަހަރު ގޭގެ ކޮންމެ ވެސް ބޮޑުމީހަކަށް ޖެހުމުން ނޫނީ ރޯގާޖެހިފައިވާ މީހުންނާއެކީގައި ވަގުތު ހޭދަކުރުމުން ވެސް ރޯގާ ޖެހޭގޮތް މެދުވެރިވެއެވެ. ލޮލުރޯގާ […]