ގެސްޓްރޯ-އީސަފޭޖިއަލް ރިފްލަކްސް ޑިޒީޒް(GERD) އަކީ ބަނޑުގައި ހުންނަ ގޭސް (އެސިޑް) ކާތަކެތި ހިނގާހޮޅިން މައްޗަށް އެރުމުން ކުރިމަތިވާ ހާލަތެކެވެ. މިގޮތަށް ބަނޑުގައި ހުންނަ ގޭސް މައްޗަށް ގޮސް ކާތަކެތި ހިނގާހޮޅިއަށް ވާޞިލްވުމަކީ ކާތަކެތި ހިނގާހޮޅީގެ އެތެރޭގެ ބަތާނަފަށަށް ހިލިގަތުން (irritation) ކުރިމަތިކުރުވާނެ ކަމެކެވެ.މިބައްޔަށް ބައެއް ފަހަރު “މަތިންއަރާބަލި” މިހެން ކިޔައި އުޅެއެވެ. އާންމު ގޮތެއްގައި މަތިންއަރާ ބައްޔަކީ ކާތަކެތި ހިނގާހޮޅީގެ ތިރީގައިވާ ސްފިންކްޓަރ (މައިދާ އާއި، ކާތަކެތި ހިނގާހޮޅިއާއި ދެމެދުގައިވާ ވަށް މަސްގަނޑު) އަށް އަސަރުކުރާ، ހަޖަމުކުރާ […]
ކަށިފީވުން
އުމުރުން ދުވަސްވެ މުސްކުޅިވުމުން ވަރަށް ގިނަ މީހުންނަށް ކަށީގެ ޓެސްޓުތައް ހެދުމަށް ޑޮކްޓަރުން ލަފާދެއެވެ. ހަމަ މިހެން ފުރާވަރުގެ އުމުރުގެ ކުޑަކުދިންނަށް ކެލްސިއަމްއާއި، ފޮސްފަރަސް އެކުލެވޭ ކާނާ ބޭނުންކުރުމަށް އިރުޝާދު ދެއެވެ. މިފަދަ އިރުޝާދު ތަކުގެ ބޭނުމަކީ އުމުރުން ދުވަސްވުމުން ކަށިތަކަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ކުރުމެވެ. ކައްޓަކީ އޭގެ ޒާތުގައި އުފެދި ބޮޑުވަމުން އަންނަ ޓިޝޫއެކެވެ. ކަށި އުފެދެނީ ކޮލެޖިން ކިޔާ ޕްރޮޓީން އަކާއި، ކެލްސިއަމް ފޮސްފޭޓް އެއްވެގެންނެވެ. ކަށިތަކުގެ ބާރުގަދަވެ ހަރުކޮށް ހުރުމުގެ ސިއްރަކީ […]
ފުރަމޭގެ ކެންސަރު
ފުރަމޭގެ ކެންސަރަކީ ދުނިޔޭގައި އެންމެ އާންމު ކެންސަރުގެ ވައްތަރުތަކުގެ ތެރޭގައި ހިމެނޭ ވައްތަރެކެވެ. ފުރަމޭ ގެ ކެންސަރު ޖެހެނީ ފުރަމޭ ދުޅަވުން، އަދި ފުރަމޭ ހަލާކުވުން ފަދަ ކަމެއް މެދުވެރިވެގެންނެވެ. ފުރަމޭގެ ކެންސަރު ޖެހޭމީހުންގެ 20-10 އިންސައްތަ އޮޕަރޭޝަންކޮށްގެން ރަގަޅު ކުރެވެއެވެ. ފުރަމޭ ދުޅަވުން ފަދަ ބަލިތައް އާންމު ނޫން ގައުމުތަކުގައި ފުރަމޭގެ ކެންސަރު ޖެހިފައި ގިނައިން ހުންނަނީ ހަށިގަނޑުގެ ކޮންމެވެސް އެހެން ބަޔަކަށް ކެންސަރު ޖެހި އޭގެ އަސަރުފުރަމޭއަށް ކުރުން ފަދަ ގޮތަކަށެވެ. ފުރަމޭގެ ކެންސަރަށް […]
ބަނޑުގައި ވައިހެދުން – ގެސްޓްރައިޓިސް
ބަނޑުގައި ވައި ހެދުން ނުވަތަ ގެސްޓްރައިޓިސް އަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ މައްސަލައެކެވެ. މިމައްސަލަ އާންމުކޮށް ދިމާވަނީ ދިރިއުޅުމުގެ އާދަތައް ބައްޓަން ކުރެވޭ ގޮތުންނެވެ.މީގެ އިތުރުން ހަށިގަނޑުގައި ހުންނަ މައްސަލައެއްގެ ސަބަބުންވެސް މިކަން މެދުވެރި ވެދާނެއެވެ. ގިނަ މީހުންނަށް ގެސްޓްރައިޓިސް އަކީ މާބޮޑު ކަމެއް ނޫނެވެ. ބޭސް ބޭނުންކުރުމުން ލުއިކަން ލިބިގެން ދެއެވެ. ބަނޑުގައި ވައިހެދުން ނުވަތަ ގެސްޓްރައިޓިސް އަކީ މައިދާގެ ފާރު ދުޅަވުމެވެ. ނުވަތަ މައިދާގެ ފާރުގައި ދުޅައެއް އުފެއްދުމާއި، ބަނޑުގައި ވައިހެދި، އެކަމުގެ […]
ފުރަގަސްފަރާތު ބަލި
ފުރަގަސްފަރާތު ބައްޔޭ ބުނެވެނީ ބޮޑުކަމުދާ ދޮރު ނުވަތަ ފުރަގަސްފަރާތު ދޮރު ހިމެނޭ ހިސާބުގައިވާ ލޭހޮޅިތައް ނުވަތަ ލޭނާރުތައް ދެމި، ފުޅާވެ ފުއްޕުމަށް ނިސްބަތް ކޮށެވެ. މިބަލީގެ އުދަގޫ އާންމުކޮށް ކުރިމަތިވަނީ 20އަހަރާއި 50އަހަރާއި ދެމެދުގެ މީހުންނަށެވެ. އާބާދީގެ 50އިންސައްތަ މީހުންނަށް ފުރަގަސްފަރާތު ބަލީގެ އުދަގުލާއި އެމީހުންގެ ހަޔާތުގެ ކޮންމެ ވެސް ދުވަސްވަރެއްގައި ކުރިމަތިލާންޖެހޭ ކަމަށް ބައެއް ދިރާސާތަކުން ދައްކައެވެ. ފުރަގަސްފަރާތު ބަލި ޖެހުމަށް މެދުވެރިވާ ސަބަބުތައް މިބަލި ޖެހޭ ވަކި ސަބަބެއް ކަނޑައެޅިގެން ބުނާކަން ނޭގެއެވެ. ނަމަވެސް […]
ބަނޑުހިކުން
ބަނޑުހިކުމަކީ ކޮބާ؟ އާންމުގޮތެއްގައި ބޮޑުކަމުދިއުމުގެ އާދަ އަދި ދެވޭ މިންވަރު އެކިމީހުންނަށް ތަފާތެވެ. ބައެއްމީހުން ދުވާލަކު އެއްފަހަރު، ނުވަތަ ދެފަހަރު ނުވަތަ ތިން ފަހަރު ބޮޑުކަމުދާން ޖެހޭއިރު، އަނެއްބައި މީހުންނަށް 2 ދުވަހުން އެއްފަހަރު ދެވެއެވެ. މަދުން ނަމަވެސް ހަފްތާއަކު ގިނަވެގެން 3 ފަހަރު ބޮޑުކަމުދާންޖެހޭ މީހުން ވެސް އުޅެއެވެ. ނަމަވެސް އުދަނގޫތަކެއް މެދުވެރި ނުވާކަމުގައި ވާނަމަ މިގޮތަށް ބޮޑުކަމުދާން ޖެހުމަކީ މައްސަލައެއް ނޫނެވެ. ބޮޑުކަމުދާންޖެހޭ ނިސްބަތް، މީހާގެ އުމުރާ، ކާންބޭނުންކުރާ ކާނާ، ހަރަކާތްތެރިވެ އުޅޭ މިންވަރާ […]
ނިއުމޯނިޔާ
ނިއުމޯނިޔާ(pneumonia) އަކީ ފުއްޕާމޭގައި ޖަރާސީމު އެޅުމެވެ. ނުވަތަ އަރިދަފުސް ހިފުމެވެ. ނިއުމޯނިޔާ އަކީ ބައެއް ފަހަރު ފުރާނައަށް ނުރައްކާވެދާނެ ބައްޔެކެވެ. މިއީ ކޮންމެ އުމުރު ފުރައެއްގެ މީހަކަށް ވެސް ޖެހިދާނެ ބައްޔެކެވެ. ސަބަބު ނިއުމޯނިޔާ އާންމުކޮށް ޖެހެނީ ބެކްޓީރިޔާ ނުވަތަ ވައިރަސް ތަކުގެ ސަބަބުންނެވެ. ނިއުމޯނިޔާ ޖައްސާ ބެކްޓީރިޔާ ތަކުގެ ތެރޭގައި “ސްޓްރެޕްޓަކޮކަސް ނިއުމޯނިއޭ”(streptococcus pneumonia)، “މައިކަޕްލާޒްމާ ނިއުމޯނިއޭ”(mycoplasma)، ފަދަ ޖަރާސީމުތައް ހިމެނެއެވެ. ނިއުމޯނިޔާ ޖައްސާ ވައިރަސް ތަކުގެ ތެރޭގައި “އިންފުލުއެންޒާ އޭ ވައިރަސް” ، އަދި […]
ސައިނަސް ދުޅަވުން
ސައިނަސް މައްސަލަ ހުރުން ނުވަތަ ސައިނަސް ތައް ދުޅަވުން(sinusitis) ކަމުގައި ބުނެވެނީ ނޭފަތާއި، ވައިކޮތަޅު ތަކުގެ އެތެރެއިން ލެވިފައިވާ ތެތްދުލިފަށް ތަކުގައި އިންފެކްޝަން އަށަގަނެ ދުޅަވުމަށް ނިސްބަތްކޮށެވެ. މިބުނި ވައިކޮތަޅު ތަކަކީ ލޮލާއި، ނޭފަތުގެ ވަށައިގެން ކައިރީގައި އަދި ކޯތާފަތުގައި ހުންނަ ކުދިކުދި ވައިކޮތަޅު ތަކެކެވެ. އެންމެ ވައިކޮތަޅެއްގެ އެތެރެއިން ލެވިފައިވާ ތެތް ދުލިފަށް ދުޅަވި ނަމަވެސް ސައިނަސް ޖެހިފައިވާ ކަމުގައި ބެލެވިދާނެއެވެ. ވައިކޮތަޅުތަކުގައި އިންފްލެމޭޝަން އުފެދުމުން އެ ކޮތަޅުދުޅަވެ، އެއިން ބޭރުކުރާ ދިޔަތައް ނޭފަތާއި، އަރުގެ […]