ހައިޑްރޯނެފްރޯސިސް

ލަފްޒީގޮތުން ބަލާއިރު “ހައިޑްރޯ”(hydro) ގެ މާނައަކީ “ފެން” އެވެ. އަދި “ނެފްރޯސް”(nephros) ގެ މާނައަކީ ގުރުދާ އެވެ. އެހެންކަމުން ހައިޑްރޯނެފްރޯސިސް ގެ ލަފްޒީ މާނައަކީ “ގުރުދާގައި ފެންހަރުލުމެވެ”. ހައިޑްރޯނެފްރޯސިސް(hydronephrosis) އަކީ ދެގުރުދާއިންކުރެ ގުރުދާއެއް ދުޅަވުމެވެ. ގުރުދާ ދުޅަވަނީ ކުޑަކަމު ނަޖިސް ގުރުދާއިން ބޭރުނުވެ، ގުރުދާގައި ޖަމާވުމުންނެވެ. މިގޮތަށް ދިމާވަނި ގުރުދާއިން މަސާނާއަށް ކުޑަކަމު ނަޖިސް އުފުލައިދޭ ހޮޅި “ގުރުތާ” ގައި ބެދުމެއް ނޫނީ ހުރަހެއް ހުރެގެންނާއި، އުފެދުމުގައި ކުޑަކަމު ނަޖިސް މަސާނާއަށް ދިއުމަށް ހުރަސްއެޅޭނެ ފަދަ ކަމެއް […]

އިތުރަށް ވިދާޅުވުމަށް

ކަނޑުގައި ލޮނު ރަހަލަނީ ކީއްވެ؟

Why is the sea salty? – ކަނޑުގައި ލޮނު ރަހަލަނީ ކީއްވެ؟ އެއީ ހަމަ ކޮންމެ މީހަކަށް އިޙުސާސް ކުރެވޭ ކަމެކެވެ. ކޮންމެ އިރަކު ރަހަ ބެލިޔަސް ކަނޑުގެ ފެންގަނޑު ގައި ލަނީ ލޮނު ރަހައެވެ. މިއީ ކީއްވެގެން ބާވައެވެ؟ ކަނޑުގައި ހުތްރަހަ ނުވަތަ ކުޅި ރަހަ ނުވަތަ ފޮނި ރަހަ ނުލަނީ ކީއްވެގެން ބާވައެވެ. އަދި ދުނިޔެ ދޮށިވެ ޒަމާންތައް ފާއިތުވަމުން ދާއިރު، ކަނޑުގައި ހުންނަ ލޮނު ރަހަ އެއްވަރަކަށް ހުންނަނީ ކީއްވެގެން ބާވައެވެ؟ […]

އިތުރަށް ވިދާޅުވުމަށް

ގުރުދާ ފޭލްވުން

ގުރުދާ ފޭލްވު(kidney failure)މުގެ މާނައަކީ ދެގުރުދާގެ ތެރެއިން އެއްވެސް ގުރުދާއެއް އޭގެ ޒާތުގައި އަމިއްލައަށް މަސައްކަތް ނުކުރެވުމެވެ. އެހެން ގޮތަކަށް ބުނާނަމަ ދެގުރުދާގެ ވެސް %90-85 މަސައްކަތް ނުކުރުމެވެ. ގުރުދާ ފޭލްވުން ބައެއް ފަހަރު އެކިޔުޓް ކަމެއްގެ ގޮތުގައި ނޫނީ ކްރޯނިކް ކަމެއްގެ ގޮތުގައި ވެސް ކުރިމަތި ވެދާނެ އެވެ. ގުރުދާ ފޭލްވުމަކަށް ފަރުވާއެއް ނޯވެއެވެ. ނަމަވެސް ފަރުވާއާއެކު އުފާވެރި ދިރިއުޅުމެއް ހޭދަކުރެވިދާނެއެވެ. ދުނިޔޭގެ އާބާދީގެ 2 މިލިޔަން މީހުންނަށް ގުރުދާ ފޭލްވުން ކުރިމަތިވެފައި ވެއެވެ.   […]

އިތުރަށް ވިދާޅުވުމަށް

ހުދުބަލި

ހުދުބަލި(vitiligo) ހުދު ބައްޔަކީ ހަށިގަނޑުގެ ހަން ހުދުވާ ބައްޔެކެވެ. ނުވަތަ ހަމުގެ ހަގީގީ ކުލަދާ ބައްޔެކެވެ. މިބަލިޖެހުމުން ހަމުގެ އެކި ހިސާބުތަކުގައި ހުދުކުލައިގެ ލައްތަކެއް ޖަހައެވެ. މިލައްތައް ހުންނަނީ ހުދުކުލައިގެ ތިކިތަކެއް ނޫނީ ޕެޗްތަކެއްގެ ގޮތުގައެވެ. އަދި މިހުދުކުލައިގެ ލައްތައް ހުންނާނީ އާދައިގެ ހަންގަނޑެކޭ އެއްގޮތަކަށެވެ. މިގޮތަށް ހަން ހުދުވަނީ އެހިސާބުގައި ހުންނަ މުށިކުލަ ފިލައިދިއުމުންނެނެވެ. ނުވަތަ އެހިސާބުގައި ހުންނަ މެލަނިން ޕިގްމެންޓްތައް ފިލައި ދިއުމުންނެވެ. ހުދުބަލީގައި ބައެއް މީހުންގެ ހަމުގައި ކުދިކުދި ތިކިތަކެއްގެ މިންވަރަށް ހަން ހުދުވިޔަސް […]

އިތުރަށް ވިދާޅުވުމަށް

މާބަނޑު ދުވަސްވަރު: އުފަންވާއިރު ބަރުދަން ލުއިވުން

އުފަންވާއިރު ބަރުދަން ލުއިވުން(low birth weight)  މާނަކުރެވެނީ އުފަންވާއިރު ބަރުދަން 2.5 ކިލޯގްރާމް އަށްވުރެ ލުއިވުމަށެވެ.  އާންމު ގޮތެއްގައި ތުއްތު ކުއްޖަކު އުފަންވާއިރު ބަރުދަނުގައި އެވްރެޖްކޮށް 3.5 ކިލޯ ވަރު ހުންނާނެ އެވެ. އުފަންވާއިރު ބަރުދަން ލުއިވުމުން ތުއްތު ދަރިފުޅު ނިސްބަތުން ކުޑަޔަސް، އެއީ އެހެން މައްސަލައެއް ނެތް، ދުޅަހެޔޮ ކުއްޖަކަށްވުމަކީ ގާތް ކަމެކެވެ. ނަމަވެސް އުފަންވާއިރު ބަރުދަން ލުއިވުމަކީ ނުރައްކާތެރި ޞިއްޙީ މައްސަލަތައް މެދުވެރި ކުރުވައިފާނެ ކަމެކެވެ. ސަބަބު އުފަންވާއިރު ބަރުދަން ލުއިވާ އެންމެ އާންމު ސަބަބަކީ ދުވަސްނުފުރާ […]

އިތުރަށް ވިދާޅުވުމަށް

ދުރުފުސްވުން

ދުރުފުސްވުން (myopia) މިއީ ކައިރީގައި ހުންނަ އެއްޗެހި/ތަންތަން ސާފުކޮށް ފެނިފައި ދުރުގައި ހުންނަ އެއްޗެހި/ތަންތަން ފުސްކޮށް ފެނުމެވެ. ނޫނީ ދުރުގައި ހުންނަ އެއްޗެހި ،ތަންތަން ރަނގަޅަށް ނުފެނުމެވެ. އެހެންކަމުން ދުރުފުސްވުމަށް ބައެއް ފަހަރު “ކައިރި ރަނގަޅަށް ފެނުން”(nearsightedness) މިހެން ވެސް ކިޔައި އުޅެއެވެ. ދުރުފުސްވުމަކީ މީހާގެ ފެނުމަށް އަސަރުކުރުވާ ވަރަށް އާންމު ހާލަތެކެވެ. ދުރުފުސްވުމަކީ މަޑުމަޑުން ގޮސް ކުރިމަތިވެދާނެ ހާލަތެކެވެ. ނޫނީ ކުއްލިއަކަށް ވެސް ކުރިމަތިވެދާނެ ހާލަތެކެވެ. އާންމު ގޮތެއްގައި ދުރުފުސްވުން ކުރިމަތިވެ، އެކަން ގޯސްވެގެންދަނީ ކުޑައިރުގައެވެ. […]

އިތުރަށް ވިދާޅުވުމަށް

މާބަނޑު ދުވަސްވަރު: ފެންދުލި މާއަވަހަށް ފަޅައިގެންދިއުން

ފެންދުލި މާވައަހަށް ފަޅައިގެންދިއުން  (preterm premature rupture of membrane / PPROM)  މާނަކުރެވެނީ ވިހެއުމުގެ ވޭންވަރު އައުމުގެ ކުރިން ފެންދުލި ފަޅައިގެން ގޮސް ފެންފޭބުމަށެވެ. ނުވަތަ ފެން ލީކުވުމަށެވެ. ނުވަތަ ބަނޑަށް 37 ހަފްތާ ފުރުމުގެ ކުރިން ފެންދުލި ފަޅައިގެންދިއުމެވެ. ފެންދުލި މާއަވަހަށް ފަޅައިގެންދިއުމަކީ ފެންދުލިން ފެން ބޭރުވެ، ދުވަސްނުފުރާ ވިހެއުން ނޫނީ ދުވަސްނުފުރާ އުފަންވުން ކުރިމަތި ކުރުވާނެ ކަމެކެވެ. އަދި އިންފެކްޝަން އުފެދުމަށް މަގުފަހިވާނެ ކަމެކެވެ. ދުވަސްފުރިފައި ވަނިކޮށް ވެސް ފެންދުލި ފަޅައިގެން ހިނގައިދާނެއެވެ. އަނެއްބައި ފަހަރު […]

އިތުރަށް ވިދާޅުވުމަށް

އުމުރާއި ގުޅިގެން ކައިރިފުސްވުން

އުމުރާއި ގުޅިގެން ކައިރިފުސްވުން (presbyopia) މިއީ އުމުރާއި ގުޅިގެން ފެނުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ކައިރި ފުސްވުމެވެ. ނޫނީ ލޮލުގެ ލެންސް ދުވަސްވެ، މުސްކުޅިވުމެވެ. މިއީ ރިފެރިކުރު(refract)މުގައި ހުންނަ އުނިކަމެކެވެ. މިއީ މެދުއުމުރުގެ މީހުންނާއި، އުމުރުން ދުވަސްވީ މީހުންނަށް ކައިރި ފެނުމަށް ދަތިވާ ހާލަތެކެވެ. އުމުރާއިގުޅިގެން ކައިރިފުސްވުމަކީ ކައިރީގައި ހުންނަ އެއްޗިއްސަށް ލޯއަމާޒުކުރުމަށް ހުންނަ ކުޅަދާނަކަށް އުމުރުން ދުވަސްވާވަރަކަށް މަޑުމަޑުން ގެއްލެމުން ދިއުމެވެ. ނޫނީ ގެއްލުމެވެ. އާންމު ގޮތެއްގައި މިއީ އުމުރުން ދުވަސްވާވަރަކަށް ތަބީޢީ ގޮތުން ވެސް ކުރިމަތި ވެދާނެ […]

އިތުރަށް ވިދާޅުވުމަށް