އަންނާރު

އަންނާރު އަކީ ވެސް މޭވާގެ ތެރޭގައި ހިމެނޭ ވަރަށް މީރު މޭވާ އެކެވެ. އަންނާރުގެ ތެރޭގައި ކުދިކުދި އޮށްތަކެއް ހުރެއެވެ. އާންމު ގޮތެއްގައި ކައިއުޅެނީ މިއޮށްތަކުގެ ވަށައިގެން ހުންނަ މަޑު ކާން ބޭނުންކުރާ ބައެވެ. އަންނާރުގެ ވެސް ތަފާތު ވައްތަރު ތައް ހުރެއެވެ. މިއީ ވެސް ހަށިގަނޑަށް ފައިދާހުރި އެތައް މާއްދާތަކަކުން މުއްސަދި މޭވާ އެކެވެ. އަންނާރުން ލިބޭ ބައެއް ޞިއްޙީ ފައިދާތައް ހިތުގެ ބަލިތައް: އަންނާރު ބޭނުންކުރުމަކީ ސްޓްރޯކް ޖެހުން، ހާރޓް އެޓޭކް ޖެހުން ފަދަ […]

އިތުރަށް ވިދާޅުވުމަށް

އަނބު

އަނބަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި މީރު މޭވާ އެކެވެ. އަނބުގެ ތަފާތު ވައްތަރުތައް ހުރެއެވެ. މިއީ ދޮންވުމުން ރީނދޫ އަދި މެރޫން ކުލައަށް ހުންނަ މޭވާ އެކެވެ. އަނބުގައި ވެސް ތަފާތު މަޢުދަންތަކާއި، ވިޓަމިންތައް، އަދި ވެސް ހަށިގަނޑަށް ފައިދާހުރި އެތަކެއް މާއްދާތަކެއް ހުރެއެވެ. އަނބަކީ މޭވާއެއްގެ ގޮތުގައި ބޭނުންކުރުމުގެ އިތުރުން، އަސާރަ ހަދައިގެންނާއި، ފަނި ގިރައިންނާއި، ޖޫސް ޕެކެޓްގައި ބަންދުކޮށްގެންނާއި، އަދި ކާތަކެތީގެ ތެރޭގައި ހިމަނައިގެން ބޭނުންކޮށް އުޅޭ އެއްޗެކެވެ. އަނބުން ލިބޭ ބައެއް ޞިއްޙީ […]

އިތުރަށް ވިދާޅުވުމަށް

އަލަނާސި

އަލަނާސި އަކީ ހުތް ފޮނި ރަހައެއްދޭ ވަރަށް ތިރިކޮށް ހެދޭ ގަހެއްގައި އަޅާ މޭވާ އެކެވެ. ރޯކޮށް ހުއްޓައި މޭވާއެއްގެ ގޮތުގައި ބޭނުންކުރުމުގެ އިތުރުން ތަފާތު ކެއުމުގެ ވައްތަރުތަކުގައި ހިމަނައިގެން ވެސް އަލަނާސި ބޭނުން ކުރެއެވެ. އަލަނާސި އިން ލިބޭ ޞިއްޙީ ފައިދާތައް ބްރޯމެލައިން: އަލަނާސީގައި “ބްރޯމެލައިން” (Bromelain) ކިޔާ ޕްރޮޓީން ވަކިކޮށް ބައިބައިކުރާ ވަރަށް މުހިއްމު އެންޒައިމެއް ހުރެއެވެ. ބްރޯމެލައިން އަކީ ހަށިގަނޑުގެ ދުޅަތިރިކޮށްދީ، ކަރުތެރެ ހަލާކުވުމާއި، ހުޅުތައް ދުޅަވުން ފަދަ ބަލިތައް ފަސޭހަވުމަށް އެހީތެރިވެދޭ […]

އިތުރަށް ވިދާޅުވުމަށް

އެވޮކާޑޯ

އެވޮކާޑޯ އަކީ މީރު މޭވާ އެކެވެ. އެވޮކާޑޯގެ ބޭރު ތޮށިގަނޑު ކަޅުފެހި އަދި ގަދަފެހި ކުލައިގައި ވެސް ހުރެއެވެ. މިއީ ރޯކޮށް ހުއްޓައި މޭވާގެ ގޮތުގައި ބޭނުންކުރުމުގެ އިތުރުން، ސަލަޑް ހަދައިގެންނާއި، ތަފާތު ވައްތަރުގެ ކެއުންތަކުގައި ބޭނުންކުރާ މޭވާ އެކެވެ. ހަށިގަނޑަށް އެންމެ ފައިދާހުރި ކާތަކެތީގެ ތެރޭގައި ގުނާލެވޭ، އެވޮކާޑޯ އަކީ، ތަފާތު 25 ވައްތަރެއްގެ ކާނާގެ ބައިތައް އެކުލެވޭ މޭވާ އެކެވެ. އޭގެތެރޭގައި ތަފާތު ވައްތަރުގެ ވިޓަމިންގެ ބައިތަކާއި، މަޢުދަންތައް އަދި އެނޫން މާއްދާތައް ވެސް […]

އިތުރަށް ވިދާޅުވުމަށް

އަނބުޅަ

އަނބުޅަ އަކީ ހުތް ފޮނި، މޭވާ އެކެވެ. އަނބާއި ވައްތަރު ގޮތެއް ހުންނަ މިމޭވާ އަކީ  ދިވެހިރާއްޖެއިން ވަރަށް މަދުން ނޫނީ ނުފެންނަ މޭވާގެ ބާވަތެކެވެ. އަނބުޅަ އަކީ ވެސް ހަށިގަނޑަށް ބޭނުންތެރި އެތަކެއް މާއްދާތަކެއް އެކުލެވޭ މޭވާ އެކެވެ. އަނބުޅަ ގަހުގެ މޭވާގެ އިތުރުން، އެގަހުގެ މޫ، ތޮށި، ފަތް، ފަދަ ތަކެއްޗަކީ ވެސް ބޭނުންކުރެވިދާނެ ތަކެއްޗެވެ. އަނބުޅަ ދޮންވުމުން ރަތްކުލަ، މެރޫންކުލަ، އަދި ރީނދޫކުލައިގައި ވެސް ހުރެއެވެ. އަނބުޅަ އިން ލިބޭ ޞިއްޙީ ފައިދާތައް […]

އިތުރަށް ވިދާޅުވުމަށް

އަނޯނާ

އަނޯނާ އަކީ ދިވެހި އަތަ، ދަނޑިގަޑު އަތަ، ނިސްބަތްވާ އަނޯނާ އާއިލާގެ މެންބަރެކެވެ. އަނޯނާ އަކީ އަނގަޔަށް މީރު ފޮނި މޭވާއެކެވެ. މިއީ ދޮންވުމުން ވެސް ބޭރުތޮށި ފެހިކުލައިގައި ހުންނަ މޭވާއެކެވެ. މިއީ މޭވާއެއްގެ ގޮތުގައި ބޭނުންކުރުމުގެ އިތުރުން ތަފާތު ކާތަކެތީގައި ހިމަނައިގެން ވެސް ބޭނުންކުރެވިދާނެ މޭވާ އެކެވެ. އަނޯނާ އަކީ ވެސް ހަށިގަނޑަށް ބޭނުންތެރި އެތަކެއް މާއްދާތަކަކުން މުއްސަދިވެފައިވާ މޭވާ އެކެވެ. އަނޯނާ އިން ލިބޭ ޞިއްޙީ ފައިދާތައް ކުޑަކަމުދާ ނިޒާމްގައި ޖަރާސީމް އެޅުމުން ރައްކާތެރިކޮށްދިނުން: […]

އިތުރަށް ވިދާޅުވުމަށް

އެޕްރިކޮޓް

އެޕްރިކޮޓް އަކީ އަނގަޔަށް މީރު ހުތް ފޮނި މޭވާ އެކެވެ.  މިއީ ކައްކައިގެންނާއި، ޖޭމްގެ ގޮތުގައި ތައްޔާރުކޮށްގެންނާއި، ރޯކޮށްހުއްޓައި، އަދި ހިއްކައިގެންނާއި، ދަޅުގައި ބަންދުކޮށްގެން ވެސް ކައިއުޅޭ މޭވާއެކެވެ. ނަމަވެސް ޞިއްޙީ ގޮތުން އެންމެ ފައިދާ ބޮޑީ ހިއްކައިގެން ބޭނުންކުރުމުންނެވެ. 5 ކިލޯގެ ތާޒާ އެޕްރިކޮޓް ބޭނުންކޮށްގެން އުފެއްދެނީ އެންމެ ކިލޯއެއްގެ ހިކި އެޕްރިކޮޓެވެ. މިސަބަބަށްޓަކައި، ކާނާގެ ބާވަތްތައް ހިމެނޭ މިންވަރު ހިއްކާފައި ހުންނަ، އެޕްރިކޮޓްގައި ގިނަވާނެ އެވެ. ހިއްކާފައި ހުންނަ އެޕްރިކޮޓަކީ ތަތް އެއްޗެއްކަމުން މިފަދަ […]

އިތުރަށް ވިދާޅުވުމަށް