الدرس الأول – ފުރަތަމަ ފިލާވަޅު الاِسْمُ، الفِعُلُ، الحَرْفُ – ނަން، ކަން، އަކުރު الكَلِمَةُ: ކަލިމަ ބެހެނީ ތިން ބަޔަކަށެވެ. އެއީ: اِسْمٌ ނަމާއި فِعْلٌ ކަމާއި حَرْفٌ އަކުރެވެ. މި ތިން ބައި ނޫން އެހެން އެއްޗަކުން ޢަރަބި ބަހުގައި ކަލިމައެއް ނުއުފެދޭނެއެވެ. އެގޮތުން: اِسْمٌ: ނަމަކީ، އިންސާނަކަށް ނުވަތަ ޖަނަވާރަކަށް ނުވަތަ ގަސްގަހާގެއްސަށް ނުވަތަ ތަކެއްޗަށް ނުވަތަ މިނޫންވެސް އެއްޗެއްސަށް ކިޔާ ކޮންމެ ލަފުޒެކެވެ. فِعْلٌ: ކަމަކީ، އެކި ވަގުތުތަކެއްގައި ކަންކަން […]
އިންޓަނެޓް މަސައްކަތްކުރަނީ ކިހިނެއް؟
ދުނިޔޭގެ ތާރީހުގައި ވެސް، އިންސާނުންގެ ދިރިއުޅުމަށް އެންމެ ބޮޑު ބަދަލުތަކެއް ގެނެސްދިން އީޖާދަކީ، އިންޓަނެޓޭ ބުނުމުން ދޮގަކަށްވާނެކަމަކަށް ގަބޫލެއްނުކުރެވެ އެވެ. ތައާރަފުވެ މަގުބޫލުވާން ފެށިތާ މާ ގިނަ އަހަރުތަކެއް ނުވަނީސް، އިންސާނުންގެ ދިރިއުޅުމުގެ ހުރިހާ ބަޔަކަށް ވަނީ އިންޓަނެޓު ގުޅިފަ އެވެ. އާންމު ދިރިއުޅުމާއި، މަސައްކަތުން ފެށިގެން ގޮސް އެކަކު އަނެކަކާ އަދި ގިނަބަޔަކާ މުއާމަލާތުކުރުމަށް ވެސް މެދުވެރިއަކަށް ވަނީ އިންޓަނެޓެވެ. ފިއްތުންތަކެއް ފިއްތާލައިގެން ދުނިޔޭގެ ހުރިހާ ކަންކޮޅަކާ ގުޅާލެވި، މައުލޫމާތު ހިއްސާކޮށް އަދި ހޯދުމަށް ލިބިފައިވާ […]
ތިންވަނަ ޚަލީފާ: ޢުޘްމާން ބުން ޢައްފާން رضي الله عنه – 1
الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. ނަސަބާއި ކުންޔާ އަދި ލަޤަބު އެކަލޭގެފާނަކީ ޢުޘްމާން ބުން ޢައްފާން ބުން ޢަބުލްޢާޞް ބުން އުމައްޔާ ބުން ޢަބްދުއްޝަމްސު ބުން ޢަބްދު މަނާފު ބުން ޤުޞައްޔު ބުން ކިލާބެވެ. އެކަލޭގެފާނުގެ ނަސަބު ނަބިއްޔާ صلى الله عليه وسلم އާ ގުޅެނީ ޢަބްދު މަނާފާ ހިސާބުންނެވެ. އެކަމަނާގެ މަންމާފުޅަކީ އަރްވާ ބިންތު ކަރީޒެވެ. އެކަމަނާގެ މަންމާފުޅަކީ އަލްބައިޟާއު ބިންތު ޢަބްދުލްމުއްޠަލިބެވެ. އެއީ […]
އިމާރާތުގެ ބިންގަލުގެ ވައްތަރުތައް
އިމާރާތައް އަރާބަރުތައް ރައްކާތެރިކަމާއެކު ބިމާހަމައަށް ގެންނަނީ އިމާރާތުގެ ފާރުތަކާއި، ތަނބުތަކުންނެވެ. ތަނބުތަކުގެ އެންމެތިރި ގުޅިފައި ހުންނަނީ އިމާރާތުގެ ބިންގަލާއެވެ. ބިންގަލަކީ ތަނބުތަކުން ގެނައިބާރު އިމާރާތް ނުނގަބާނެގޮތަށް ބިމަށް ފޯރުކޮށްދިނުމުގައި ބޭނުންކުރާ ވަސީލަތެވެ. ކޮންމެ އިމާރާތެއްގައިވެސް އެ އިމާރާތަކާ އެކަށީގެންވާވަރުގެ ބިންގަލެއް އަޅަންޖެހެއެވެ. މި ލިޔުމާއި އަދި މިލިޔުމާއި ވިދިގެން ލިޔެވޭ އިތުރު ލިޔުންތައް މެދުވެރިކޮށް ބިންގަލުގެ 3 ވައްތަރެއްގެ މައުލޫމާތު ބަޔާންކޮށްދިނުމަށް ގަސްދުކުރަމެވެ. އެ ތިން ވައްތަރަކީ ސްޕްރެޑް ފުޓިންއާއި، ކޮމްބައިންޑް ފުޓިން އާއި ރާފްޓް ފުޓިން […]
ނޯރޯވައިރަސް އިންފެކްޝަން (ނޯރޯވައިރަހުން ޖެހޭ ބޭރަށްހިންގުން)
ނޯރޯވައިރަސް(Norovirus) އިންފެކްޝަން އަކީ ނޯރޯވައިރަސް ގެ ސަބަބުން ކުރިމަތިވާ މައްސަލަ ތަކެވެ. އެންމެ އާންމުކޮށް ކުރިމަތިވާ މައްސަލަ އަކީ ބޭރަށް ހިންގުމެވެ. ނޯރޯވައިރަސް އަކީ އޭގެ ސަބަބުން ކުއްލިއަކަށް ހޮޑުލުމާއި ބޭރަށްހިންގުން ކުރިމަތިކުރުވާ ވައިރަސް އެކެވެ. މިއީ ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ވައިރަހެކެވެ. ގިނަ މީހުން މާބޮޑު ފަރުވާއަކާއި ނުލައި ރަނގަޅުވެދެއެވެ. ނަމަވެސް ބައެއް މީހުންނަށް ޚާއްޞަކޮށް ކުޑަކުދިންނާއި، މާބަނޑު މީހުން، ދިފާޢީ ބާރު ދަށްވެފައިވާ މީހުން، އުމުރުން ދުވަސްވީ މީހުންނާއި، ބޮޑެތި ބަލިތައް ތަހައްމަލުކުރާ […]
ގުރުދާގެ ކެންސަރު
ގުރުދާ ކޮންމެ މީހެއްގެ ވެސް ދެގުރުދާ(Kidney) އޮވެއެވެ. މިއީ ތޮޅިއޮށެއްގެ ސިފައިގައި އޮންނަ ގުނަވަނެކެވެ. ގުރުދާގެ ބޮޑުމިނަކީ އަތްމުށެއްގެ މިންވަރެވެ. މިއީ އެތެރެހަށީގައި ބުރަކައްޓާއި ކައިރީގައި ބަނޑުގެ ފަހަތުން ތިރީގައި އޮންނަ ގުނަވަނެކެވެ. ކޮންމެ ގުރުދާއެއް ވެސް އޮންނަނީ އެތެރެ ހަށީގެ ފަހަތު ބައިގައި މައިބަދައިގެ ދެފަރާތުގައެވެ. މާނައަކީ އެއް ގުރުދާ މައިބަދައިގެ ކަނާތް ފަރާތުގައެވެ. އަދި އަނެއް ގުރުދާ މައިބަދައިގެ ވާތް ފަރާތުގައެވެ. ކޮންމެ ގުރުދާއެއްގެ މަތީގައި ކުޑަކުޑަ ގޮށެއް ނޫނީ ގްލޭންޑް އެއް އޮވެއެވެ. […]
ކާނާ ވިހަވުން
ކާނާ ވިހަވުމަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި އާންމުކޮށް ފެންނަ ބައްޔެކެވެ. ކާނާ ވިހަވުމަކީ ބައެއް ފަހަރު ފުރާނައަށް ނުރައްކާވާ ކަމެކެވެ. މިހާތަނަށް ހޯދިފައިވާ ގޮތުން 250 އަށްވުރެ ގިނަ ތަފާތު ބަލިތަކުގެ ސަބަބުން ކާނާ ވިހަވުން ކުރިމަތި ކުރުވައެވެ. ކާނާ ވިހަވުމަ(Food poisoning)ކީ ކާނާ އާއި ނުގުޅުމެވެ. ކާނާ ވިހަވުމަކީ ނުރައްކާތެރި ޖަރާސީމު ތަކާ ތަޣައްޔަރު ވެފައި ހުންނަ ކާބޯތަކެތި ބޭނުންކުރުމުން ޖެހޭ ބައްޔެކެވެ. ނުރައްކާތެރި ޖަރާސީމު ތަކުގެ ތެރޭގައި ބެކްޓީރިޔާ، ޕެރަސައިޓް އަދި ވައިރަސް ތައް […]
ޓައިފޮއިޑް ހުން
ގަދަ ހުން ގަދަ ހުން (Typhoid fever or Enteric fever) ނުވަތަ ޓައިފޮއިޑް ހުމަކީ ޖަރާސީމަކުން ޖެހޭ ގައިންގަޔަށްއަރާ ބައްޔެކެވެ. މިއީ ފަރުވާނުކޮށްފިމަ ފުރާނައަށް ނުރައްކާވުން އެކަށީގެންވާ ބައްޔެކެވެ. ގަދަހުން އާންމުކޮށް ޖެހެނީ ސުކޫލް އުމުރުފުރާގެ ކުދިންނާއި، ޒުވާނުންނަށެވެ. ނަމަވެސް ކޮންމެ އުމުރެއްގެ މީހަކަށް ވެސް ޖެހިދާނެ އެވެ. ހޫނު މޫސުމުގައި އިތުރުކަން ފާހަގަކުރެވިފައިވާ މިބަލި ނިސްބަތުން ފިރިހެނުންނަށްޖެހޭ މިންވަރު އިތުރެވެ. އަދި ރަށްފުށުގައި މިބަލި އާންމުކަން ވެސް ފާހަގަ ކުރެވެއެވެ. ސަބަބު ޓައިފޮއިޑް ހުމަކީ ”ސަލްމޮނެއްލާ ޓައިފި”(Salmonella […]