ޞަރްފުގެ ޢިލްމު – ހަތްވަނަ ފިލާވަޅު

ޞަރްފުގެ ޢިލްމު ލިޔުނީ: އިޔާޒު ނަސީމް ހަތްވަނަ ފިލާވަޅު ޞީޣާތަކުގެ އަލާމާތްތައް ذَهَبَ އެއްވެސް އަލާމާތެއް ނެތި އޮންނަނީ ވާހަކައިން އިޝާރަތް ކުރެވޭ މީހާ ނުވަތަ އެމީހެއްގެ ވާހަކަ ދެކެވެވޭ މީހާ ނުވަތަ ތިންވަނަ ފަރާތުގެ ފިރިހެން އެކަކަށް ބޭނުން ކުރެވޭ ޞީޣާއެވެ. ذَهَبَا މި ޞީޣާގައި ޢަލާމާތަކީ އަލިފެވެ. ذَهَبُوا މި ޞީޣާގައި އަލާމާތަކީ ޥާޥެވެ. ذَهَبَتْ މި ޞީޣާގައި އަލާމާތަކީ ދިގު ތާ ސުކުނެވެ. ذَهَبَتَا މި ޞީޣާގައި ތާއަކީ އަންހެނުންނަށް ނިސްބަތް ވާ […]

އިތުރަށް ވިދާޅުވުމަށް

ޞަރްފުގެ ޢިލްމު – ހަވަނަ ފިލާވަޅު

ޞަރްފުގެ ޢިލްމު ލިޔުނީ: އިޔާޒު ނަސީމް ހަވަނަ ފިލާވަޅު ފިޢުލު މާޟީ (މަޢުރޫފު)ގެ ޞީޣާތައް މިސާލެއްގެ ގޮތުން ހުށަހަޅައި މިލަނީ ޟަމީރުތަކާ މުނާސިބު ވާ ގޮތުން ذَهَبَ މި ފިޢުލުގެ ޒަމާންތަކުގެ ތެރެއިން މާޟީގެ ޞީޣާތައް ބަދަލު ވާ ގޮތެވެ. ޢަރަބި ބަހުގެ ފިޢުލު މާޟީގައި ދިވެހި ބަހުގެ ނިމުނުކަމާއި ނިމިނިމުނުކަމުގެ އިތުރުން ކަންހިނގިގޮތް ބަޔާން ކުރާ މާނަ ވެސް ހިމެނެއެވެ. ذَهَبَ އައީ ޟަމީރު هُوَ އާ ގުޅޭ ޞީޣާއެވެ. ވީމާ ذَهَبَ ތަރުޖަމާ ކުރާނީ […]

އިތުރަށް ވިދާޅުވުމަށް

ޞަރްފުގެ ޢިލްމު – ފަސްވަނަ ފިލާވަޅު

ޞަރްފުގެ ޢިލްމު ލިޔުނީ: އިޔާޒު ނަސީމް ފަސްވަނަ ފިލާވަޅު ފިޢުލު މާޟީ ފިޢުލު މާޟީއަކީ ހިނގި ނުވަތަ ހިނގައިފި ކަމެއް ދޭހަ ކޮށް ދޭ ފިޢުލެވެ. ޢަރަބި ބަހުގައި ކަންކުރާގެ ޢަދަދަށާއި ޖިންސަށް ފިޢުލު ތަބާ ވާތީ، ފިޢުލު މާޟީގެ 14 ޞީޣާއެއް އޮވެއެވެ. އެއީ އެމީހުންގެ ވާހަކަ ދެކެވޭ ފިރިހެނުންގެ ނިސްބަތުގައި 3 ޞީޣާއާއި، އެމީހުންގެ ވާހަކަ ދެކެވޭ އަންހެނުންގެ ނިސްބަތުގައި 3 ޞީޣާއާއި، މުޚާޠަބު ކުރެވޭ ފިރިހެނުންގެ ނިސްބަތުގައި 3 ޞީޣާއާއި، މުޚާޠަބު ކުރެވޭ […]

އިތުރަށް ވިދާޅުވުމަށް

ޢަރަބި ބަހުގެ ފުރަތަމަ “ދޮޅަސް” ފިލާވަޅު – ފުރަތަމަ ބައި

ޢަރަބި ބަހުގެ ފުރަތަމަ “ދޮޅަސް” ފިލާވަޅު – ފުރަތަމަ ބައި ތަރުޖަމާ: އިޔާޒު ނަސީމް މިއީ އަލަށް ޢަރަބި ބަސް ދަސް ކުރާން ފަށައިގަންނަ ދަރިވަރުންނަށް އަމާޒުކޮށްގެން ލިޔެފައި ވާ ފޮތެކެވެ. ޢަރަބި ބަސް ޢަރަބި ބަހަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ އެއިލާހުގެ ކަލާމްފުޅު ބާވައިލެއްވުމަށް ޚިޔާރު ކުރައްވައި ހޮއްވެވި ބަހެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާގެ ހޮއްވެވުމަށް ވުރެ ފުރިހަމަ ހޮއްވެވުމެއް ނުވާނެއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ޚިޔާރު ކުރައްވައި ހޮއްވެވި […]

އިތުރަށް ވިދާޅުވުމަށް

ޞަރްފުގެ ޢިލްމު – ހަތަރުވަނަ ފިލާވަޅު

ޞަރްފުގެ ޢިލްމު ލިޔުނީ: އިޔާޒު ނަސީމް ހަތަރުވަނަ ފިލާވަޅު ފިޢުލު ނިސްބަތް ވަނީ ފާޢިލަށް ކަމުގައި ވާ ނަމަ، އެއީ މަޢުރޫފު ފިޢުލެކެވެ. މަޢުރޫފު ފިޢުލަކީ އެ ފިޢުލުން ހެދޭ ޖުމްލައިގައި ކަންކުރާ ބަޔާން ކުރެވިފައި ވާ ފިޢުލެވެ. މިސާލު: ضَرَبَ زَيْدٌ عَبَّاسًا. ޢައްބާސު ގައިގައި ޒައިދު ޖަހައިފިއޭ. ފިޢުލު ނިސްބަތް ވަނީ މަފްޢޫލަށށް ކަމުގައި ވާ ނަމަ، އެއީ މަޖްހޫލު ފިޢުލެކެވެ. މަޖްހޫލު ފިޢުލަކީ އެ ފިޢުލުން ހެދޭ ޖުމްލައިގައި ކަންކުރާ ބަޔާން ކުރެވިފައި […]

އިތުރަށް ވިދާޅުވުމަށް