ހޫނަށް ބިހިނެގުން (heat rash) މިއީ ހޫނު ގަދަވުމުގެ ސަބަބުން ދިމާވެދާނެ ޞިއްހީ މައްސަލަ އެކެވެ. މިއީ ހޫނު ދުވަސްވަރު މާބޮޑަށް ދާހިއްލުމުގެ ސަބަބުން ހަންގަނޑަށް އުދަނގޫވެ، ހިރުވައި ކެހުމެވެ. ހޫނަށް ބިހިނެގުން ބޮޑަށް އާންމީ ކުޑަކުދިންގެ މެދުގައި ކަމުގައި ވިޔަސް ބޮޑެތި މީހުންގެ ގައިގައި ވެސް ހޫނުވުމުން ބިހިނެގުމަކީ އެކަށީގެންވާ ކަމެކެވެ. ޚާއްޞަކޮށް ހޫނު ގަދަ ދުވަސްވަރެއްގައި މިއީ ކޮންމެ އުމުރެއްގެ މީހަކަށް ވެސް ދިމާވެދާނެ ކަމެކެވެ. ހޫނަށް ބިހިނެގުމަށް “މިލިއޭރިއާ”(Miliaria) އަދި “ޕްރިކްލީ ހީޓް”(prickly heat) މިހެން […]