ފޯލިކް އެސިޑް ވިޓަމިން ބީ9 ނުވަތަ ފޯލިކް އެސިޑް(Folic acid) އަކީ ވިޓަމިން ބީ ކޮމްޕްލެކްސްގައި ހިމެނޭ ވިޓަމިން އެކެވެ. ފޯލިކް މިނަން ނަގާފައިވަނީ ލެޓިން ބަހެއް ކަމުގައިވާ ފޮލިއޭޖް(Foliage) އިންނެވެ. އެއީ ލެޓިން ބަހުން ފަތްތަކަށް ކިޔާ ނަމެވެ. އެއީ މިމާއްދާ އެންމެ ގިނައީ ފެހިކުލަ ގަދަ ފަތުގައި ކަމަށްވާތީ އެވެ. މިއެސިޑް ފުރަތަމަ ލެބޯޓަރީގައި ހޯދީ ބޯވެލި ފަތުންނެވެ. މިއީ ފެނަށް ގިރޭ ވިޓަމިނެކެވެ. އަދި ކެއްކުމުން ފަސޭހައިން ފޫދިގެންދާ އެއްޗެކެވެ. އަދި ދަޅުގައި ބަންދުކުރުމުން އުނިވެސް […]
ޢަރަބި ބަހުގެ ޤަވާޢިދު – ހަތްވަނަ ފިލާވަޅު (اِسْم المَفْعُوْل)
الدرس السابع – ހަތްވަނަ ފިލާވަޅު اِسْم المَفْعُوْل – ކަން ރައްދުވާ ބަޔާންކޮށްދޭ ނަން اِسْم المَفْعُوْل: މިއީ ކަން ކުރިމީހާ ކުރި ކަންތައް ބަޔާންކޮށްދޭ ނަމެކެވެ. اِسْم المَفْعُوْل އުފެދެނީ الفِعْل المَاضِي الثُلَاثِي المُجَرَّد المَبْنِي للمَجْهُول ގެ مَفْعُوْل ވަޒަނުންނެވެ. މިސާލަކަށް: كُسِرَ : مَكْسُوْرٌ ، جُرِحَ : مَجْرُوْحٌ. އަދި الفِعْل غَيْر الثُلَاثِي އަކުންވެސް اِسْم المَفْعُوْل އުފެދެއެވެ. ހަމަ އެފަދައިން الفِعْلُ المُضَارِع للمَجْهُول ގައިވާ […]
ޢަރަބި ބަހުގެ ޤަވާޢިދު – ހަވަނަ ފިލާވަޅު (مَفْعُوْلٌ بِهِ)
الدرس السادس – ހަވަނަ ފިލާވަޅު مَفْعُوْلٌ بِهِ – ކަން ރައްދުވާ مَفْعُوْلٌ بِهِ: މިއީ ކަންކުރިމީހާ ކުރި ކަންތައް އަންގައިދޭ ނަމެކެވެ. مَفْعُوْلٌ بِهِ ގައި އަބަދުވެސް ޖަހާނީ އަބަފިއްޔެވެ. އެއީ فَتْحَةٌ ظَاهِرَة (ފެންނަން އިން އަބަފިއްޔެއް) ވިޔަސް فَتْحَةٌ مُقَدَّرَة (ފޮރުވިފައިވާ އަބަފިއްޔެއް) ވިޔަސް މެއެވެ. އަދި مَفْعُوْلٌ بِهِ އެކައްޗަށް ވުރެ ގިނަވުންވެސް އެކަށީގެންވެއެވެ. ތިރީގައި މިވަނީ މީގެ ބައެއް މިސާލުތަކެވެ. أَلْقَى الشَّاعِرُ قَصِيْدَةً. قصدتُ الجَبَلَ. قُدْتُ […]
ޢަރަބި ބަހުގެ ޤަވާޢިދު – ފަސްވަނަ ފިލާވަޅު (اِسْم الفَاعِل)
الدرس الخامس – ފަސްވަނަ ފިލާވަޅު اِسْم الفَاعِل – ކަންކުރާ ފަރާތް اِسْم الفَاعِل: މިއީ فِعْل އިން ނަގައިފައިވާ، ކަން ކުރީ ކާކުކަން އަންގައިދޭ ނަމެކެވެ. اِسْم الفَاعِل އުފެދެނީ الفِعْل المَاضِي المَعْلُوْم الثُلَاثِي ގެ فَاعِل ވަޒަނުންނެވެ. މިސާލަކަށް: فَعَلَ : فَاعِلٌ ، صَعَدَ : صَاعِدٌ. އަދި الفِعْل غَيْر الثُلَاثِي އަކުންވެސް اِسْم الفَاعِل އުފެދެއެވެ. ހަމަ އެފަދައިން الفِعْلُ المُضَارِع المَعْلُوْم ގައިވާ حَرْفُ المُضَارِعَة، […]
ޢަރަބި ބަހުގެ ޤަވާޢިދު – ހަތަރުވަނަ ފިލާވަޅު (الفَاعِلُ)
الدرس الرابع – ހަތަރުވަނަ ފިލާވަޅު الفَاعِلُ – ކަންކުރާ الفَاعِلُ: މިއީ އުބުފިލީގެ ޙާލަތުގައި އޮންނަ ނަމެކެވެ. އެއީ އޭގެ ކުރިއަށް فِعْل تَامّ އަދި مَبْنِيْ لِلْمَعْلُوْم އަކުން ކާކު ކުރި ކަމެއްކަން ބަޔާންކޮށްދޭ ނަމެކެވެ. އަދި فَاعِل އަންނާނީ فِعْلއެއްގެ ފަހުންނެވެ. فِعْلއެއްގެ ކުރިން فَاعِلއެއް ނާންނާނެއެވެ. ތިރީގައި މިވަނީ މީގެ ބައެއް މިސާލުތަކެވެ. غَرَّدَ العُصْفُوْرُ. يَحْلُوْ السَّمَرُ فِي الصَّيْفِ. تَتَعَاقَبُ السّنونُ. كَتَبَ الكَاتِبُ. تمارين تطبيقية – […]
ޢަރަބި ބަހުގެ ޤަވާޢިދު – ތިންވަނަ ފިލާވަޅު (الفِعْلُ المَاضِي، الفِعْلُ المُضَارِعُ، الفِعْلُ الأَمْرُ)
الدرس الثالث – ތިންވަނަ ފިލާވަޅު الفِعْلُ المَاضِي، الفِعْلُ المُضَارِعُ، الفِعْلُ الأَمْرُ – ނިމުނުކަން، ވޭވޭހުރިކަން، އަމުރު الفِعْلُ المَاضِي: ނިމުނުކަމަކީ، ވޭތުވެދިޔަ ތަނުގައި ކަމެއް ނިމުމުކަން ދޭހަކޮށްދޭ ކޮންމެ ކަމެކެވެ. الفِعْلُ المُضَارِعُ: ޢަރަބި ބަހުގައި ވޭވޭހުރިކަން ނިސްބަތް ކުރަނީ، މިހާރު ވަމުންދާ އަދި މުސްތަޤްބަލުގައި ކުރާނެ ކޮންމެ ކަމަކަށެވެ. الفِعْلُ المُضَارِعُ އަބަދުވެސް ފަށާނީ الحُرُوْفُ المُضَارِعَة އަކުންނެވެ. އެއީ الهَمْزَةُ (أ) ، وَالنُوْنُ (ن) ، وَاليَاءُ (ي) ، وَالتَّاءُ (ت) އިންނެވެ. الفِعْلُ الأَمْرُ: އަމުރަކީ، މުސްތަޤުބަލުގައި ކަމެއް ކުރަން އެދުމަށް ބޭނުންކުރާ […]
ޢަރަބި ބަހުގެ ޤަވާޢިދު – ދެވަނަ ފިލާވަޅު (الجُمْلَةُ المُفِيْدَةُ)
الدرس الثاني – ދެވަނަ ފިލާވަޅު الجُمْلَةُ المُفِيْدَةُ – ފައިދާ ކުރަނިވި ޖުމްލަ الجُمْلَةُ: ޖުމްލައަކީ ފައިދާކުރަނިވި، ގުޅިގެން އަންނަ ބަސްތަކަކަށް ކިޔާ ނަމެކެވެ. މިސާލަކަށް: (قَامَ زَيْدٌ) ، (العِلْمُ كَنْزٌ) ފަދަ ފުރިހަމަ މާނައެއް ދޭހަވާ ކޮންމެ ޖުމްލައެއް ހިމެނެއެވެ. ގުޅިގެން އައުމަކީ، އެއް ބަސް އަނެއް ބަހާއި އެއްވެ ލާމެހުމެވެ. އެއީ ދެގޮތަކަށެވެ. كَلَامِي: އެއީ، ފުރިހަމަ ފައިދާއަކުން ފައިދާ ލިބިދެނިވި ބަސްތަކަކަށް ކިޔޭނަމެކެވެ. އެއަށް جُمْلَةٌ مُفِيْدَةٌ އޭ ކިޔައެވެ. އިސްވެދިޔަ މިސާލުގައި އެވަނީ މީގެ ޖުމްލައެވެ. غَيْر كَلَامِي: އެއީ، އޭގެ مُفْرَدُ ޙާލަތުގައިވާ ބަހެވެ. […]
ޢަރަބި ބަހުގެ ޤަވާޢިދު – ފުރަތަމަ ފިލާވަޅު (الاِسْمُ، الفِعُلُ، الحَرْفُ)
الدرس الأول – ފުރަތަމަ ފިލާވަޅު الاِسْمُ، الفِعُلُ، الحَرْفُ – ނަން، ކަން، އަކުރު الكَلِمَةُ: ކަލިމަ ބެހެނީ ތިން ބަޔަކަށެވެ. އެއީ: اِسْمٌ ނަމާއި فِعْلٌ ކަމާއި حَرْفٌ އަކުރެވެ. މި ތިން ބައި ނޫން އެހެން އެއްޗަކުން ޢަރަބި ބަހުގައި ކަލިމައެއް ނުއުފެދޭނެއެވެ. އެގޮތުން: اِسْمٌ: ނަމަކީ، އިންސާނަކަށް ނުވަތަ ޖަނަވާރަކަށް ނުވަތަ ގަސްގަހާގެއްސަށް ނުވަތަ ތަކެއްޗަށް ނުވަތަ މިނޫންވެސް އެއްޗެއްސަށް ކިޔާ ކޮންމެ ލަފުޒެކެވެ. فِعْلٌ: ކަމަކީ، އެކި ވަގުތުތަކެއްގައި ކަންކަން […]