ގުރުދާގެ ކެންސަރު

ގުރުދާ ކޮންމެ މީހެއްގެ ވެސް ދެގުރުދާ(Kidney) އޮވެއެވެ. މިއީ ތޮޅިއޮށެއްގެ ސިފައިގައި އޮންނަ ގުނަވަނެކެވެ. ގުރުދާގެ ބޮޑުމިނަކީ އަތްމުށެއްގެ މިންވަރެވެ. މިއީ އެތެރެހަށީގައި ބުރަކައްޓާއި ކައިރީގައި ބަނޑުގެ ފަހަތުން ތިރީގައި އޮންނަ ގުނަވަނެކެވެ. ކޮންމެ ގުރުދާއެއް ވެސް އޮންނަނީ އެތެރެ ހަށީގެ ފަހަތު ބައިގައި މައިބަދައިގެ ދެފަރާތުގައެވެ. މާނައަކީ އެއް ގުރުދާ މައިބަދައިގެ ކަނާތް ފަރާތުގައެވެ. އަދި އަނެއް ގުރުދާ މައިބަދައިގެ ވާތް ފަރާތުގައެވެ. ކޮންމެ ގުރުދާއެއްގެ މަތީގައި ކުޑަކުޑަ ގޮށެއް ނޫނީ ގްލޭންޑް އެއް އޮވެއެވެ. […]

އިތުރަށް ވިދާޅުވުމަށް