އުފަންވާއިރު ބަރުދަން ލުއިވުން(low birth weight) މާނަކުރެވެނީ އުފަންވާއިރު ބަރުދަން 2.5 ކިލޯގްރާމް އަށްވުރެ ލުއިވުމަށެވެ. އާންމު ގޮތެއްގައި ތުއްތު ކުއްޖަކު އުފަންވާއިރު ބަރުދަނުގައި އެވްރެޖްކޮށް 3.5 ކިލޯ ވަރު ހުންނާނެ އެވެ. އުފަންވާއިރު ބަރުދަން ލުއިވުމުން ތުއްތު ދަރިފުޅު ނިސްބަތުން ކުޑަޔަސް، އެއީ އެހެން މައްސަލައެއް ނެތް، ދުޅަހެޔޮ ކުއްޖަކަށްވުމަކީ ގާތް ކަމެކެވެ. ނަމަވެސް އުފަންވާއިރު ބަރުދަން ލުއިވުމަކީ ނުރައްކާތެރި ޞިއްޙީ މައްސަލަތައް މެދުވެރި ކުރުވައިފާނެ ކަމެކެވެ. ސަބަބު އުފަންވާއިރު ބަރުދަން ލުއިވާ އެންމެ އާންމު ސަބަބަކީ ދުވަސްނުފުރާ […]
ދުރުފުސްވުން
ދުރުފުސްވުން (myopia) މިއީ ކައިރީގައި ހުންނަ އެއްޗެހި/ތަންތަން ސާފުކޮށް ފެނިފައި ދުރުގައި ހުންނަ އެއްޗެހި/ތަންތަން ފުސްކޮށް ފެނުމެވެ. ނޫނީ ދުރުގައި ހުންނަ އެއްޗެހި ،ތަންތަން ރަނގަޅަށް ނުފެނުމެވެ. އެހެންކަމުން ދުރުފުސްވުމަށް ބައެއް ފަހަރު “ކައިރި ރަނގަޅަށް ފެނުން”(nearsightedness) މިހެން ވެސް ކިޔައި އުޅެއެވެ. ދުރުފުސްވުމަކީ މީހާގެ ފެނުމަށް އަސަރުކުރުވާ ވަރަށް އާންމު ހާލަތެކެވެ. ދުރުފުސްވުމަކީ މަޑުމަޑުން ގޮސް ކުރިމަތިވެދާނެ ހާލަތެކެވެ. ނޫނީ ކުއްލިއަކަށް ވެސް ކުރިމަތިވެދާނެ ހާލަތެކެވެ. އާންމު ގޮތެއްގައި ދުރުފުސްވުން ކުރިމަތިވެ، އެކަން ގޯސްވެގެންދަނީ ކުޑައިރުގައެވެ. […]