މާބަނޑު ދުވަސްވަރު އާދަޔާ ޚިލާފަށް ގިނައިން ހޮޑުލެވުން (hyperemesis gravidarum) މާނަކުރެވެނީ މާބަނޑު ދުވަސްވަރު ދިގުމުއްދަތަށް ދެމިހުންނަ މޭނުބައިކުރުމާއި ހޮޑުލުމަށެވެ. ނޫނީ ހޮޑުލެވުމަށެވެ. މާބަނޑު ދުވަސްވަރު އާދަޔާ ޚިލާފަށް ގިނައިން ހޮޑުލެވުމަކީ އެކަމުގެ ސަބަބުން މައިމީހާގެ ގައިން ފެނާއި ލޮނުގެ ބައި މަދުވުން، ބަރުދަން ލުއިވުން، އަދި ހަށިގަނޑުގައިވާ ކަރައިވަރުގެ ހަމަހަމަކަން ގެއްލުން ފަދަ ކަންތައްތައް މެދުވެރި ކުރުވައިފާނެ ކަމެކެވެ. މާބަނޑު ދުވަސްވަރު ކުރީކޮޅުގައި އާދައިގެ މިންވަރަކަށް ކުރިމަތިވާ މޭނުބައިކުރުމާއި ހޮޑުލެވުމަށް “ހެދުނުގެ ބަލި”(morning sickness) މިހެން ކިޔައި އުޅެއެވެ. މާބަނޑު […]
ދިވެހިންގެ ލިޔެކިޔުމުގެ ތާރީހަށް ބަލައިލުމެއް
ދުނިޔޭގައި އިންސާނުން ދިރިއުޅެން ފެށިތާ މިހާރު ގާތްގަނޑަކަށް 50000 އަހަރު ވެދާނެ ކަމަށް އިލްމު ވެރީން ގަބޫލުކުރައްވައެވެ. ފުރަތަމަ އިންސާނާއާ އެކު، އިންސާނުންގެ މެދުގައި މުވާސަލާތު ކުރުމުގެ މައި ވަސީލަތެއް ކަމުގައި ވެފައިވަނީ ބަހެވެ. މީގެ އިތުރުން، ވިސްނުމާއި ފިކުރުކުރުމަށް އިންސާނާ ބޭނުން ކުރާ އާލަތަކީ ވެސް ބަހެވެ. ހާއްސަކޮށް އެ މީހެއްގެ މާދަރީ ބަހެވެ. އެމީހެއްގެ މާދަރީ ބަހަށް ކޮށި މީހެއްގެ ވިސްނުން ވެސް ކޮށިވާނެ ކަމަށް ނަފްސާނީ އިލްމުވެރީންނާއި ފަލްސަފާވެރިން ވިދާޅުވެއެވެ. ބަހަކީ އިންސާނާއަށް […]
އަންދާސީހިސާބުން ލިބޭނެ މައުލޫމާތު
ފުރިހަމަ އަންދާސީ ހިސާބެއް ހަދައިގެން ކުރިއަށް ގެންދާ މަސައްކަތް ތައް ކުރުމުގައި އެފަދަ އަންދާސީ ހިސާބެއް ނުހަދާ ކުރުމާ ވަރަށް ބޮޑަށް ފަސޭހަވެއެވެ. އެފަދަ ބައެއް ކަންތައްތައް ފާހަގަ ކޮއްލާނަމެވެ. މަސައްކަތް ކުރުމަށް ހިނގާނެ ޚަރަދު އެގުމުން އެމަސައްކަތުގެ ވެރިފަރާތުން އެކަމަށް ކަނޑައަޅަންޖެހޭ ބަޖެޓު ނުވަތަ ފައިސާ ސާފުވެގެން ދެއެވެ. މަސައްކަތަށް ބޭނުންވާނެ ތަކެތި އަންދާސީކުރެވުމުން އެތަކެތި ބޭނުންވާވަރަށް ގަންނާނެގޮތް ފަސޭހަވުމާއި މަސައްކަތްމެދުނުކެޑި ކުރިއަށް ދާގޮތްވެއެވެ. މަސައްކަތް ހިންގުމުގަޔާއި މަސައްކަތް ކުރުމުގައި ބޭނުންވާނެ މަސައްކަތްތެރިންގެ އަދަދާއި ބޭނުންވާނެ […]
އަންދާސީ ހިސާބާއި އަސްލު މަސައްކަތުގެ އަގު
އަންދާސީ ހިސާބަކީ މަސައްކަތުގެ އަސްލު އަގެއް ނޫނެވެ. އެއީ މަސައްކަތަށް ދާނެކަމަށް ލަފާކުރެވޭ ނުވަތަ މަސައްކަތުގެ އަސްލުއަގާ ގާތް ކުރާ އަގެކެވެ. އަސްލު މަސައްކަތުގެ އަގު އަންދާސީ ހިސާބަށްވުރެ ކުޑަވެސް ވެދާނެއެވެ. ނޫނީ ބޮޑުވެސް ވެދާނެއެވެ. އަސްލުއަގާ ވީހާވެސް ގާތްވާގޮތަށް އަންދާސީ ހިސާބު ހަދާކަމަށް ވަންޏާ ވަރަށް ފުރިހަމައަށް ތައްޔާރު ކޮށްފައިވާ ކުރެހުންސެޓެއް ބޭނުން ވާނެ އެވެ. އިމާރާތުގެ ކޮންމެ ތަނެއް ހުންނަން ވާނެގޮތް ކުރެހުމުން ފެންނަން އޮވެ، ބޭނުން ކުރާނެ ތަކެތީގެ ތަފްސީލު ސާފުވާން އޮވެ، […]
އަންދާސީހިސާބުގެ ކުރު ތައާރަފެއް
މަސައްކަތެއް ކުރަންފެށުމުގެ ކުރިން އެ މަސައްކަތަކަށް ހިނގާނެ ޚަރަދު އެމަސައްކަތުގެ ވެރިފަރާތަށާއި، އަދި އެ މަސައްކަތްކުރާ ފަރާތަށްއެގުން މުހިއްމެވެ. މަސައްކަތަށް ފައިސާހޯދަންވީމިންވަރު ވެރިފަރާތަށް އެގެންޖެހެވެ. އަދި އެމަސައްކަތަށް ހިގާނެ ޚަރަދު އެމަސައްކަތްކުރާފަރާތަށް އެގުމުން ފައިދާލިބޭނެވަރާއި، އަދި އެމަސައްކަތްކުރުމަށް ބޭނުންކުރެވިދާނެ މީހުންގެ އަދަދާއި، ބޭނުންކުރާ ތަކެއްޗަށް އަރާނެ ވަރާއި، ބޭނުންކުރާ އާލާތަށް ހިނގާނެ ޚަރަދު އެގުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެކަށީގެންވާ އަންދާސީހިސާބެއް ނުހަދާ މަސައްކަތެއް ފެށިއްޖެނަމަ، މަސައްކަތުގެ މެދުތެރެއިން، ޖެހެނީ ފައިސާ ނެތުމުގެ ސަބަބުން، ތަކެތި ނުގަނެވުމުގެ […]
އެލުމީނިއަމް ދޮރަށް ލައްވާ ބިއްލޫރި
އެލުމީނިއަމް ދޮރުގައި އާންމުގޮތެއްގައި ބޭނުންކޮށްފައި ހުންނަނީ ފްލޯޓް ގްލާސް ނަމުގައި ތައްޔާރު ކޮށްފައި ހުންނަ އާދައިގެ ބިއްލުރިއެވެ. އެ ބިއްލޫރި ތަޅައިގެން ދާނީ ބޮޑަތި އެތިގަނޑު ގަނޑަށެވެ. ފްލޯޓް ގްލާސް ވަކި މިންވަރެއްގެ ހޫނުކަމުގައި ބަހައްޓައިގެން ބިއްލޫރީވަރުގަދަކުރެއެވެ. އެކަމަށް ކިއަނީ ޓެމްޕަރ ކުރުމެވެ. އެގޮތުން ޓެމްބަރ ބިއްލޫރި ނުވަތަ ޓެމްޕަރ ގްލާސް ޖަހާފައި ހުންނަ ދޮރުގައި ނުވަތަ ކުޑަދޮރުގައި ހުންނަ ބިއްލޫރިގަނޑު ތަޅައިގެން ހިގައްޖެނަމަ އެދާނީ މުޅިން ކުދިކުދި ވެގެންނެވެ. އެއްގޮތަކަށްވެސް ބޮޑު އެތިގަނޑެއް ނުއުފެދޭނެއެވެ. އެހެންވީމާ […]