ތައިރޮއިޑް ނޮޑިއުލް (ތައިރޮއިޑް ގްލޭންޑްގައި ގަނޑުލުން)

ތައިރޮއިޑް ނޮޑިއުލް (ތައިރޮއިޑް ގްލޭންޑްގައި ގަނޑުލުން) ތައިރޮޑް ނޮޑިއުލް (thyroid nodule) އަކީ ތައިރޮއިޑް ގްލޭންޑް ގައި އުފެދޭ ކުދި ދުޅައެކެވެ. ނުވަތަ ތައިރޮއިޑް ގްލޭންޑްގައި ލާ ގަނޑެކެވެ. ތައިރޮއިޑް ނޮޑިއުލްސް އަކީ ތައިރޮއިޑް ގްލޭންޑްގެ ތެރޭގައިވާ ދިރުތައް (thyroid cells) އާދަޔާ ޚިލާފަށް ހެދިބޮޑުވުމުން (unusual growth) އުފެދޭ ހަރު ނުވަތަ ދިޔައިން-ފުރިފައިވާ ލަމްޕް (lump) ތަކެކެވެ. ނުވަތަ ދުޅަތަކެކެވެ. ނޫނީ ގަނޑުތަކެކެވެ. ތައިރޮއިޑް ގްލޭންޑް އަކީ ކޮކާލެއްގެ ސިފަޔަށް ކަރުގެ ކުރިމަތިން އިންނަ ކުޑަ […]

އިތުރަށް ވިދާޅުވުމަށް

ތައިރޮއިޑް ދުޅަވުން

ތައިރޮއިޑް ދުޅަވުން(thyroiditis)  ނިސްބަތްކުރެވެނީ އެއްވެސް ސިފައެއްގައި ތައިރޮއިޑް ގްލޭންޑް ދުޅަވުމަށެވެ. ތައިރޮއިޑް ދުޅަވުމުގެ ވަރަށް ގިނަ ވައްތަރުތައް ހުރެއެވެ. އެެންމެ އާންމު ވައްތަރަކީ ހަޝިމޮޓޮސް ތައިރޮއިޑައިޓިސް އެވެ. ތަފާތު ވައްތަރުތަކުގެ ފެންނަ އަލާމާތްތަކާއި، ކުރިމަތިވާ އުދަނގޫތައް އަދި ފާހަގަވާ ކަންތައްތައް ކޮންމެވެސް މިންވަރަކަށް ތަފާތު ވުމަކީ އެކަށީގެންވާ ކަމެކެވެ. ތައިރޮއިޑް ގްލޭންޑް އަކީ ކޮކާލެއްގެ ސިފަޔަށް ކަރުގެ ކުރިމަތިން އިންނަ ކުޑަ ގްލޭންޑް އެކެވެ. ތައިރޮއިޑް ގްލޭންޑް އިން ދޫކުރާ ތައިރޮއިޑް ހޯރމޯން ތަކަކީ ހަށިގަނޑުގެ މުހިއްމު މަސައްކަތްތައް […]

އިތުރަށް ވިދާޅުވުމަށް

ތައިރޮއިޑް ކެންސަރު

ތައިރޮއޑް ކެންސަރު(thyroid cancer) ނުވަތަ ތައިރޮއިޑް ގްލޭންޑް ގެ ކެންސަރަކީ ތައިރޮއިޑް ގްލޭންޑްގެ ސެލް/ދިރު ތަކުން އުފެދިގެން އަންނަ ކެންސަރެކެވެ. ވަރަށް ގިނަ ވައްތަރުތަކުގެ ކެންސަރު ތައިރޮއިޑް ގްލޭންޑް އަށް ޖެހެއެވެ. ތައިރޮއިޑް ގްލޭންޑް ގައި އުފެދޭ ކޮންމެ ޓިއުމަރެއް ކެންސަރަކަށް ބަދަލެއް ނުވެއެވެ. ކެންސަރު އުފައްދަނީ ގާތްގަނޑަކަށް އެންމެ %5 ޓިއުމަރެވެ. ބައެއް ވައްތަރުގެ ތައިރޮއިޑް ކެންސަރު ވަރަށް ލަސްލަހުން ހެދިބޮޑުވާއިރު، އަނެއްބައި ވައްތަރުތައް ވަރަށް އަވަހަށް ހެދިބޮޑުވެ، އޭގެ ސަބަބުން ނުރައްކާތައް ކުރިމަތިކުރުވާކަން ފާހަގަ ކުރެވެއެވެ. […]

އިތުރަށް ވިދާޅުވުމަށް

މައްސަރު ތެރޭގައި ބަނޑުގައި ރިހުން

މައްސަރު ތެރޭގައި ބަނޑުގައި ރިހުން(Dysmennorrhea) ނިސްބަތް ކުރެވެނީ ހައިޟުގެ ދުވަސްވަރު (މައްސަރުގެ ތެރޭގައި) ދަށްބަނޑުގައި ރިހުމަށެވެ. ވަރަށް ގިނަ އަންހެނުންނަށް މައްސަރު ކަންތައް ޖެހުމުގެ ކުރިންނާއި، މައްސަރުގެ ތެރޭގައި ބަނޑުގައި ރިއްސައި ތަދުވާގޮތް ދިމާވެއެވެ. ބައެއް އަންހެނުންނަށް މައްސަރު ތެރޭގައި މިގޮތަށް ދަށްބަނޑުގައި ރިހުމަކީ މާބޮޑު ކަމަކަށް ނުވެދާނެ އެވެ. ނަމަވެސް އަނެއްބައި އަންހެނުންނަށް މައްސަރުގެ ތެރޭގައި ދަށްބަނޑުގައި ރިހުމަކީ، (އޭގެ ވޭން ބޮޑުވުމުގެ ސަބަބުން) އާންމުކޮށް ކޮށްއުޅޭ ކަންތައްތައް ކޮށްއުޅުމަށް ހުރަސްއަޅާ ކަމަކަށް އޮންނަނީ ވެފައެވެ. […]

އިތުރަށް ވިދާޅުވުމަށް

ކެޕްސްލޮކް ފިތަށް އޮބޭއިރަށް އެނގޭގޮތަށް ހަދާނީ ކިހިނެއް؟

ކޮމްޕިޔުޓަރުން ލިޔަމުންގެންދާއިރު، ބައެއްފަހަރު އޮޅިގެން “ކެޕްސް ލޮކް” ފިތަށް އޮބޭނަމަ، އެކަން ޙައްލުކުރާނީ ކިހިނެއް؟ ޖަވާބު: އަނދިރިތަނެއްގައި ލިޔާއިރު، ނުވަތަ ކޮޕްމިޔުޓަރުން ލިޔަމުންގެންދާއިރު، ކެޕްސް ލޮކް ފިތަށް އޮބިއްޖެނަމަ އެނގޭގޮތަށް ހެދިދާނެއެވެ.   > “ކޮންޓްރޯލް ޕެނަލް” ހުޅުވާށެވެ. > “އެކްސެސިބިލިޓީ އޮޕްޝަންސް” އަށް ޑަބަލް ކްލިކްކޮއްލާށެވެ. > ދެން ފެންނަ ވިންޑޯގެ ތިރީގައިވާ “ޔޫސް ޓޮގަލްކީސް” ލިޔެފައިވާ ދިމާލުގައިވާ ގޮޅިއަށް ކްލިކްކޮއްލާށެވެ. އޭރުން، “ކެޕްސް ލޮކް”، “ނަމްލޮކް” އަދި “ސްކްރޯލްލޮކް” މިއިން ކޮންމެ ފިތަކަށް އޮބައިލެވުނަސް […]

އިތުރަށް ވިދާޅުވުމަށް

ވިންޑޯސް ފިތުގެ ކުރުމަގުތައް

މިލިޔުމުގައި މިބަލާލަނީ، ކީބޯރޑުގައިވާ ވިންޑޯސް ފިތް ބޭނުންކޮށްގެން، ކަންތައްތައް ކުރާނޭ ކުރުމަގުތައް (ޝޯރޓް ކަޓް) ބޭނުންކުރާނެ ގޮތްތަކެވެ. ވިންޑޯސް ފިތަށް އޮބާލުމުން، ނުވަތަ ވިންޑޯސްފިތާއި އެހެން ފިތަކަށް އެއްފަހަރާ އޮބާލުމުންވެސް ތަފާތު ކުރުމަގުތައް ވެއެވެ. މިކުރުމަގުތައް ބޭނުންކުރާއިރު، އޮބަންވީ ފިތްތަކުގެ ފަހަތުން ފެންނަ ކޯލޯން ” : ” އަކީ ކޮމާންޑުގެ ބައެއް ނޫންކަން ހަނދުމައިގައި ބަހައްޓާށެވެ. އަދި ބޭނުންކޮށްފައިވާ ” + ” އަކީވެސް ކޮމާންޑުގެ ބައެއްނޫނެވެ. ވިންޑޯސް : ސްޓާރޓް މެނޫ ހުޅުވޭނެއެވެ. ވިންޑޯސް […]

އިތުރަށް ވިދާޅުވުމަށް

އީމެއިލް އެޑްރެހުގައިވާ “@” ނިޝާނަކީ ކޯއްޗެއް؟

ބޮޅެއްގެ ތެރޭގައިވާ @ ނިޝާނަކީ، އީމެއިލް އެޑްރެސްތަކުގައި ބޭނުންކުރެވޭ ނިޝާނެކެވެ. ޙަޤީޤަތުގައި، މިނިޝާނަށް ކިޔާ ރަސްމީ ނަމެއް ނުވެއެވެ. އެންމެ ގިނައިން ބޭނުންކުރެވޭ ނަމަކީ، “އެޓް” އެވެ. އެހެންނަމަވެސް، މިނިޝާނަށް ކިޔާ ބައިވަރު ނަންތަކެއް ވެއެވެ. ވަރަށް ގިނަ ބަސްތަކުގައި، މި ނިޝާނުގެ ސިފައާ ގުޅުންހުރި ޖަނަވާރުގެ  ނުވަތަ ޖަނަވާރުގެ ގުނަންތަކުގެ ނަންތައް ބޭނުންކުރެއެވެ. ތިރީގައި މިލިޔެލަނީ އޭގެތެރޭން ބައެއް ބަސްބަހުން، “@” ނިޝާނަށް ކިޔާ ބަސްބަހެވެ. apestaart – ޑަޗުބަހުން ރާމާމަކުނުގެ ނަގޫ snabel – […]

އިތުރަށް ވިދާޅުވުމަށް

ވިންޑޯސް ފިތުގެ ކުރު މަގުތައް

މި ލިޔުމުގައި މިބަލައިލަނީ، ކީބޯރޑުގައިވާ ވިންޑޯސް ފިތް ބޭނުންކޮށްގެން، ކަންތައްތައް ކުރާނޭ ކުރުމަގުތައް (ޝޯރޓް ކަޓް) ބޭނުންކުރާނެ ގޮތްތަކެވެ. ވިންޑޯސް ފިތަށް އޮބައިލުމުން، ނުވަތަ ވިންޑޯސްފިތާއި އެހެން ފިތަކަށް އެއްފަހަރާ އޮބައިލުމުން ވެސް ތަފާތު ކުރުމަގުތައް ވެއެވެ. މިކުރުމަގުތައް ބޭނުންކުރާއިރު، އޮބާންވީ ފިތްތަކުގެ ފަހަތުން ފެންނަ ކޯލޯން ” : ” އަކީ ކޮމާންޑުގެ ބައެއް ނޫންކަން ހަނދުމައިގައި ބަހައްޓާށެވެ. އަދި ބޭނުންކޮށްފައިވާ ” + ” އަކީވެސް ކޮމާންޑުގެ ބައެއްނޫނެވެ. •ވިންޑޯސް : ސްޓާރޓް މެނޫ […]

އިތުރަށް ވިދާޅުވުމަށް