މާބަނޑުވުމާއި ޞިއްޙަތު

1.  މާބަނޑު މީހާގެ ސިއްޙަތު ރަނގަޅު ގޮތެއްގައި ދެމެހެއްޓުން މާބަނޑުވުމަކީ ޚާއްސަ އުފާތަކަކާއި ތަފާތު އިޙްސާސްތަކެއް ތަޖުރިބާ ކުރެވޭ ވަރަށް މުހިއްމު ދުވަސްވަރެކެވެ. އެކީ އަންހެނުންނަށް މާބަނޑުވުމާއި ކުރިމަތިލާން ދިމާވަނީ އެކި ޢުމުރުގައެވެ. އެހެން ނަމަވެސް ސިއްޙީ މާހިރުން ދެކޭ ގޮތުގައި މާބަނޑުވުމަށް އެންމެ ރަގަޅު ދުވަސްވަރަކީ ޢުމުރުން 20-35 އަހަރާއި ދެމެދުގައެވެ. މި “ރޭންޖް“ން ބޭރުވި ނަމަވެސް ސަލާމަތުން މާބަނޑުވުމުގެ ދުވަސްތައް ހޭދަކޮށް ސިއްޙަތު ރަގަޅު ދަރިން ދުނިޔެއަށް އުފަން ކުރުމުގެ ނަސީބު ބައެއް މައިންނަށް […]

އިތުރަށް ވިދާޅުވުމަށް

ކުދިން ތަރުބިއްޔަތު ކުރުމުގައި އެކުދިންގެ ކިބައިގައިވާ ފިޠުރަތީ މާތް ސިފަތަކަށް ސަމާލުވުން

ކުދިން ތަރުބިއްޔަތުކޮށް ހެޔޮ ގޮތުގައި ބައްޓަން ކުރުމަކީ ޒަމާނުއް ސުރެ ދިވެހިރާއްޖޭގައި ގިނަ ބަޔަކު ސަމާލުކަންދޭ ކަމެކެވެ. ތުއްތު ކުދިންނާ ޒުވާނުންގެ އަޚުލާޤާ ދޭތެރޭ ވާހަކަ ދެކެވޭ މިންވަރަށް ބަލައިލިއަސް އަދުގެ ދިވެހިރާއްޖޭގައި ވެސް ކުދިންގެ ތަރުބިއްޔަތަށް ދޭ އަހައްމިއްޔަތު ވަޒަންކޮށް ލެވޭނެއެވެ.

އިތުރަށް ވިދާޅުވުމަށް

މުޅިން ފަސޭހަ ނުކުރެވޭ ބަލިތައް ދުރާލާ ދެނެގަތުން – ހަކުރުބަލި

އިންސާނާ ޢުމުރުން ދުވަސްވުމާއި ވިދިގެން ހަށިގަޑުގައި އަށަގަންނަ މުޅި ޢުމުރަށް ދެމިހުންނަ ވަރަށް ގިނަ ބަލިތައް ހުރެއެވެ. މިފަދަ ބަލިތައް ޖެހުމުގައި، ތިމާގެ ދިރިއުޅުމުގެ އާދަކާދަތަކުގެ އިތުރުން، ވިރާސީ ގޮތުން ހަށިގަނޑު އެކުލެވިފައިވާ ގޮތްވެސް މުހިންމު ރޯލެއް އަދާކުރެއެވެ. ވީމާ، ދިރިއުޅުމުގެ އާދަކާދަތައް ސިއްހީ ނަޒަރުން ކިތަންމެ ފުރިހަމައަށް ބައްޓަން ކުރެވުނަސް، ބައެއް ކަހަލަ ބަލި އަށަގަތުމުގެ ފުރުސަތު ހާޒިރުވުމަކީ އަބަދުވެސް އޮންނަ ބިރެކެވެ. މި ނުތަނަވަސް ހަޤީޤަތް ފުރޮޅާލެވޭނެ މަގެއް އޮވެދާނެބާއެވެ؟

އިތުރަށް ވިދާޅުވުމަށް

ދުންފަތުގެ އިސްތިއުމާލުކުރުން: ހައިރާންކުރުވަނިވި ހަގީގަތްތައް

  ދިވެހި ރާއްޖޭގައި: އެއްދުވަހުގެތެރޭގައި މާލޭގެ މަގުމަތިން 71 ކިލޯ ނުވަތަ 83834 ސިގިރެޓް ހުސްކުރި ފޮށި ފެނިފައިވޭ! އާސަންދައިން ހޭދަކުރެވޭ ބަލިތަކުގެ ތެރެއިން އެންމެ ގިނައިން ހޭދަކުރެވޭ 5 ބައްޔަކީ ސީދާ ދުންފަތުގެ ސަބަބުން ޖެހޭ ބަލިތައްކަން ފާހަގަކުރެވޭ! ދިވެހިރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރަން ފަށާ އެންމެ ޅަ އުމުރަކީ 9 އަހަރު ކަމަށް ދިރާސާތަކުން ދައްކާ! މަސްތުވާތަކެތި ބޭނުން ކޮށްފައިވާ މީހުންގެތެރެއިން % 100 މީހުން މަސްތުވާތަކެތި ބޭނުންކުރަން ފެށީ ދުންފަތުގެ އިސްތިޢުމާލު ކުރުމުން ކަމަށް […]

އިތުރަށް ވިދާޅުވުމަށް

ޢަރަބި ލިޔުމުގެ ފިޔަވަޅު 1

މިއީ، ޢަރަބި ލިޔުމުގެ ފިޔަވަޅު ފޮތްބައިގެ ފުރަތަމަ ފޮތެވެ. މި ފޮތް ތައްޔާރުކޮށްފައިވަނީ ފަސޭހައިން ދޭހަވާނެ ފަދަ ޢިބާރާތުންނެވެ. މި ފޮތުގެ އީނަކަލު ނެރުނީ، 12 އެޕްރީލް 2019 ގައެވެ. މި ފޮތުގެ ޗާޕު ނަކަލެއް ނެރެފައެއް ނުވެއެވެ. މި ފޮތުގެ ޤަވާޢިދުގެ ބައިގައި ވާނީ، ނަސްޚު، ރުޤުޢާ، ކޫފީ ގެ ޤަވާޢިދެވެ. ޢަރަބި ލިޔުމާބެހޭ މުހިންމު މަޢުލޫމާތުތަކެއް މި ފޮތުގައި ވާނެއެވެ. މި ފޮތުގައި ވަނީ އޭފޯ ސައިޒުގެ 79 ޞަފުޙާއެވެ. މި ފޮތް ވަނީ […]

އިތުރަށް ވިދާޅުވުމަށް