ކަށިކެޔޮ އަކީ ކަށިކެޔޮ ގަހުގައި އަޅާ މޭވާ އެކެވެ. ކަށިކެޔޮ ހުންނަނީ ވަރުގަދަ ދަޅިގަނޑެއްގައި ވަކަކާ ވަކެއް ޖެހި ފިތި ބާރުވެފައެވެ. ކަށިކޭލުގެ ތަފާތު ވައްތަރުތައް ދިވެހިރާއްޖޭގައި ވެސް ހުރެއެވެ. މިއީ ދިވެހިން ކައިއުޅޭ މޭވާ އެކެވެ. އާންމުކޮށް ކައިއުޅެނީ ފޮތިކޮށް ކޮށައިގެންނެވެ. އަދި ކަށިކެޔޮ ފަނި ކައްކައިގެންނާއި، ބޯހުނި ހިލައިގެންނާއި، މެޓާގަނޑު އަޅައިގެން ވެސް ބޭނުންކުރެއެވެ. ދިވެހި ނަން: ކަށިކެޔޮ އިގިރޭސި ނަން: Screwpine ޢިލްމީ ނަން: Pandanus Tectorius / Pandanus Fascicularis ކަށިކޭލުން […]
ކަޅުހުއްތުމޭވާ
ކަޅުހުއްތުމޭވާ އަކީ ވަރަށް ފޮނި މީރު މޭވާ އެކެވެ. މިމޭވާގައި ކާން ބޭނުންކުރަނީ އެތެރޭގެ އޮށްތަކުގެ ބޭރުން އޮންނަ ބައެވެ. ގިނައިން ބޭނުންކުރަނީ ފަނި ގިރަން ކަމަށްވި ނަމަވެސް މޭވާއެއްގެ ގޮތުގައި ވެސް ބޭނުންކުރެވިދާނެ އެވެ. މިއީ ދޮންވުމުން މަޑު ރީނދޫ ކުލައިގައި ހުންނަ މޭވާ އެކެވެ. ކަޅުހުއްތުމޭވާ ކެއުމުގެ އިތުރުން ޖޭމު ތައްޔާރުކޮށްގެންނާއި،ފަނިގިރައިގެން ވެސް ބޭނުންކޮށް އުޅެއެވެ. ދިވެހި ނަން: ކަޅުހުއްތުމޭވާ އިގިރޭސި ނަން: Pond Apple ޢިލްމީ ނަން: Annona Glabra ކަޅުހުއްތުމޭވާ އިން […]