އިރިޓަބަލް ބަވަލް ސިންޑްރޯމް

އިރިޓަބަލް ބަވަލް ސިންޑްރޯމް(IBS) އަކީ ދެނެގަނެވޭފަދަ އެއްވެސް ކަހަލަ ބައްޔަކާ ނުލައި ބޮޑު ގޮހޮރަށް ދިމާވާ އުދަނގޫތަކަށް ކިޔާ ނަމެކެވެ. މިއީ ބޮޑު ގޮހޮރަށްޖެހޭ ބައްޔެކޭ ވެސް ބުނެވިދާނެ އެވެ. މިއީ ކުޑަކުދިންނާ ބޮޑެތިމީހުންނަށް ވެސް ކުރިމަތިވާ ގޮތްނޭނގޭ އުދަނގޫތަކެއް ކަމަށް ބައެއް މީހުން ސިފަކުރެއެވެ. ބައެއް ފަހަރު މިމައްސަލައާ ބަލިމީހާގެ ނަފްސާނީ ހާލަތާ ގުޅުވޭ ފަހަރު ވެސް އާދެއެވެ. އިރިޓަބަލް ބަވަލް ސިންޑްރޯމް އަކީ އެބަލީގެ ސަބަބުން ގޮހޮރު ދުޅަކޮށް، ގޮހޮރުގެ ކެންސަރު ޖެހުމަށް މަގުފަހިކުރާ […]

އިތުރަށް ވިދާޅުވުމަށް

ޢަރަބި ބަހުގެ ލުއި ޤަވާޢިދު – 11

ޖުމުލަ (الجُمْلَةُ) މުޞަންނިފު: އަލްއުސްތާޛު ޢަބްދުލްމުޢީދު ޙަސަން ޖުމުލަ (الجُمْلَةُ) ޖުމުލަ ބެހިގެންވަނީ ދެބަޔަކަށެވެ. އެއީ: އިސްމިއްޔަ ޖުމުލަ (الاِسْمِيَّةُ) ފިޢުލިއްޔަ ޖުމުލަ (الفِعْلِيَّةُ) ފިޢުލިއްޔަ ޖުމުލަ ފިޢުލިއްޔަ ޖުމުލައިގެ ތެރޭގައި ހިމެނެނީ، فعل (ކަން) އިން ފެށޭ ޖުމުލައެވެ. އޭގައި ހިމެނެނީ، فعل (ކަން) فاعل (ކަންކުރާ ފަރާތް) ގެ މައްޗަށް އެކުލެވޭ ޖުމުލައާއި، فعل (ކަން) އާއި نائب فاعل (ކަމުގެ ނައިބު) ގެ މައްޗަށް އެކުލެވޭ ޖުމުލައެވެ. ފިޢުލާއި ފާޢިލުގެ މައްޗަށް އެކުލެވޭ […]

އިތުރަށް ވިދާޅުވުމަށް

ސަރުބީ މަތިވުން

ސަރުބީ މަތިވުމަ(hyperlipidemia)ކީ ލޭގައި ހުންނަ ސަރުބީ ގެ މިންވަރު ހުންނަންޖެހޭ މިންގަނޑަށްވުރެ މަތިވުމެވެ. އާންމު ގޮތެއްގައި ސަރުބީ މަތިވުން ނިސްބަތް ކުރެވެނީ ލޭގައި ސަރުބީގެ ވައްތަރުތައް ކަމުގައިވާ ކޮލެސްޓްރޯލް(cholesterol) އަދި “ޓްރައިގްލިސެރައިޑް”(triglyceride) ގެ މިންވަރު ހުންނަންޖެހޭ މިންގަނޑަށްވުރެ މަތިވުމަށެވެ. ލޭގައި ސަރުބީ ގެ މިންވަރު މަތިވުމަކީ ހިތުގެ ބަލިތަކާއި ލޭހޮޅިތައް ހަރުވުން ފަދަ ބަލިތަކަށް ފުރުޞަތު ހުޅުވިގެންދާނެ ކަމެކެވެ. މިދެންނެވި ބަލިތަކުގައި ލޭހޮޅިތަކުގެ ތެރޭގައި ކޮލެސްޓްރޯލް ނުވަތަ ސަރުބީ ޖަމާވެ، ލޭހޮޅިތަކުގައި ލޭދައުރުކުރުމުގައި ހުރަސްތަކާއި ކުރިމަތި ކުރުވައެވެ. […]

އިތުރަށް ވިދާޅުވުމަށް

ޕެނިކް ޑިސްއޯޑަރ

ޕެނިކް ޑިސްއޯޑަރ (panic disorder)އަކީ “ކުއްލިއަކަށް ބިރުގަތުމާއި ހިތް ނުތަނަވަސްވުމުގެ ޙާލަތެ”ވެ. ޕެނިކްވުމަކީ ކުއްލިއަކަށް ވަރަށް ބޮޑަށް ބިރުގަތުމާއެކު ހިތް ނުތަނަވަސްވެ، ހަދާނެގޮތް ހުސްވުމެވެ. ޕެނިކްވާ މީހާއަށް ހީކުރެވޭނީ އޭނާއަށް އިހްސާސްކުރެވޭ ބިރަކީ ހަގީގަތުގައި ވެސް އޭނާއަށް ދިމާވެފައިވާ ވަރަށް ނުރައްކާތެރި ކަމެއްކަމަށެވެ. ވުމާއެކު މިއިހްސާސް ތަކާއި އެއްގޮތަށް ހަށިގަނޑުވެސް އެއަށް އިޖާބަދީ އަމަލީގޮތުން އޭގައި ބައިވެރިވެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ނޭވާލުމާއި ހިތުގެ ވިންދަށް ބަދަލުއައުމުގެ އިތުރުން، ހަށީގަނޑުގެ އެހެން ގުނަވަންތަކުގެ މަސައްކަތްތަކަށް ވެސް ބަދަލުއާދެއެވެ. […]

އިތުރަށް ވިދާޅުވުމަށް

މާބަނޑު ދުވަސްވަރު މޭނުބައިކޮށް ހޮޑުލުން

ހެދުނުގެ ބަލި ނިސްބަތްކުރެވެނީ މާބަނޑުވާތާ ކުރީކޮޅު ކުރިމަތިވާ މޭނުބައިކުރުމަށެވެ. ގިނަފަހަރު މޭނުބައިކުރުމާއެކު ހޮނޑުލެވޭނެ އެވެ. ބަލިވެއިންނަތާ ކުރީކޮޅު މޭނުބައިކުރުމާއި، އެކު ހޮޑުލެވުމަކީ ވަރަށް ޢާންމުކަމެކެވެ. ބަލިވެ އިންނަ %90 އިންސައްތަ އަންހެނުންނަށް މިކަމުގެ އުދަގޫ ފޯރައެވެ. އެކިމީހުން ހޮނޑުލާ މިންވަރު ތަފާތު ވުމަކީ ވެދާނެ ގޮތެކެވެ. ގިނަމީހުންނަށް މިކަން ކުރިމަތިވަނީ ހެދުނުކޮޅުއެވެ. ހެދުނުގެ ބަލި ކިޔަނީ މިސަބަބާހުރެއެވެ.ނަމަވެސް ހައިބަނޑާ ހުރިކަމުގައި ވާނަމަ ދުވާލުގެ ކޮންމެ ވަގުތަކުވެސް މިއުދަގޫތައް ކުރިމަތިވުމަކީ ވެދާނެކަމެކެވެ. މިއީ ބަލިވެ އިންކަން އެނގޭ ނިޝާންތަކުގެ […]

އިތުރަށް ވިދާޅުވުމަށް