ލޮލުރޯގާ(Conjunctivitis) އަކީ ލޮލަށް އެންމެ އާންމުކޮށް ދިމާވާ އެއް މައްސަލަ އެވެ. ލޮލުރޯގާ އޭ ކިޔަނީ ލޮލުގެ ހުދުކަޅީގެ މަތީގައިވާ ތުނި ދުލި ދުޅަވެ ރަތްވެ ޖަރާސީމު އެޅުމަށެވެ. ފަސޭހައިން ގައިންގަޔަށްއަރާ މިބަލިކޮންމެ އުމުރު ފުރައެއްގެ ކޮންމެ މީހަކަށްވެސް ޖެހިދާނެ އެވެ. ވަރަށް ތުއްތު ކުދިންނަށް ވެސް ލޮލުރޯގާ ޖެހޭ ފަހަރު އާދެއެވެ. ގިނަ ފަހަރު ގޭގެ ކޮންމެ ވެސް ބޮޑުމީހަކަށް ޖެހުމުން ނޫނީ ރޯގާޖެހިފައިވާ މީހުންނާއެކީގައި ވަގުތު ހޭދަކުރުމުން ވެސް ރޯގާ ޖެހޭގޮތް މެދުވެރިވެއެވެ. ލޮލުރޯގާ […]
މާބަނޑު ދުވަސްވަރު މެއިން ދިލަނެގުން
މާބަނޑުދުވަސްވަރު ވަރަށް ގިނަ އަންހެނުންނަށް މިމައްސަލަ ކުރިމަތިވެއެވެ. ބައެއް އަންހެނުންނަށް މެއިން ދިލަނެގުން ފުރަތަމަ ވެސް ކުރިމަތިވަނީ މާބަނޑުވުމަށްފަހު ގައި ކަމަށްވުމަކީ ވެދާނެ ގޮތެކެވެ. މާބަނޑު ދުވަސްވަރު ގިނަ މީހުންނަށް މެއިން ދިލަނެގުމުގެ އުނދަގޫތައް ވާންފަށަނީ އާންމުކޮށް ބަނޑަށް 3 މަސްވުމަށްފަހު ގައެވެ. ނޫނީ ބަނޑަށް ފުރަތަމަ 3 މަސް ފާއިތުވެ ދިއުމަށްފަހު ގައެވެ. ނަމަވެސް ފުރަތަމަ 3 މަހުގެ ތެރޭގައި ވެސް މެއިން ދިލަނެގުމަކީ މަދުން ނަމަވެސް ދިމާވެދާނެ ކަމެކެވެ. ބަލިވެ އިންނަ ކޮންމެ 10 […]
އުރަމަތީގެ ކެންސަރު
އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުޞަތު ކޮންމެ މީހަކަށްމެ އޮވެއެވެ. އުރަމަތީގެ ކެންސަރަކީ އަންހެނުންނަށްޖެހޭ އެންމެ އާންމު ކެންސަރެވެ. އުރަމަތި އުފެދިފައިވަނީ މިލިޔަނަށްވުރެ ގިނަ ސެލް ތަކަކުންނެވެ. ހަށިގަނޑުގައިވާ ހުރިހާ ސެލްތަކެއް ވެސް މަސައްކަތް ކުރަމުންދަނީ ވަކި ހަމަތަކެއްގެ މަތިންނެވެ. މިގޮތުން ހަށިގަނޑުގައިވާ ސެލްތައް އެއްވެސް ކޮންޓްރޯލެއްނެތި އިތުރުވާ އިތުރުވުމަށް “ކެންސަރޭ” ކިޔައެވެ. އުރަމަތީގައި ވެސް މިފަދަ ގޮތަކަށް އެއްވެސް ކޮންޓްރޯލެއްނެތި އުރަމަތީގެ ސެލްތައް އިތުރުވާ އިތުރުވުމަކީ “އުރަމަތީގެ ކެންސަރު” އެވެ. މިގޮތަށް ބަދަލުވާ ސެލްތައް ހަށިގަނޑުގެ އެހެން […]
ސިކުނޑި ދުޅަވުން
ސިކުނޑި ދުޅަވު(encephalitis)މަކީ ސިކުނޑީގައި ޖަރާސީމު އަޅައި ދުޅަވުމެވެ. ސިކުނޑި ދުޅަވުމަކީ ނުރައްކާތެރި އެތައް މައްސަލަތަކެއް ފެންމަތިކުރުވަފާނެ ބައްޔެކެވެ. މިއީ އެހާ އާންމު ބައްޔެއް ނޫނެވެ. ބަލިޖެހުމުގެ ފުރުޞަތު އެންމެ ބޮޑީ ކުޑަކުދިންނާ، މުސްކުޅިން، އަދި ހަށިގަނޑުގެ ދިފާއީ ބާރު ދަށްވެފައިވާ މީހުންނަށެވެ. އާންމު ގޮތެއްގައި ސިކުނޑި ދުޅަވުން ކުރިމަތިވަނީ ކޮންމެ ވެސް ކަހަލަ ވައިރަސް އެއްގެ ސަބަބުންނެވެ. ބަލިޖެހޭ ގިނަ މީހުން އެއްކޮށް ރަގަޅުވެއެވެ. ބަލިން ރަގަޅުވުމުގެ ފުރުޞަތު ބަރޯސާވަނީ ބަލިޖެހެން މެދުވެރިވި ވައިރަސް އަދި ބަލީގެ […]
މާބަނޑު ދުވަސްވަރު އަވަސްއަވަހަށް ކުޑަކަމުދާންޖެހުން
ބަލިވެއިނުމާއި ގުޅިގެން އާންމުކޮށް ކުޑަކަމުދާންޖެހޭ މިންވަރަށްވުރެ ގިނައިން ކުޑަކަމުދާންޖެހުމަކީ ވަރަށް އާންމުކަމެކެވެ. ބަލިވެއިންކަން އެނގުމުގެ ކުރިން ވެސް މާގިނައިން ކުޑަކަމުދާންޖެހުމަކީ ވެދާނެ ކަމެކެވެ. އެހެނީ ބަލިވެއިންކަން ކުރީކޮޅު އެނގޭ ނިޝާންތަކުގެ ތެރޭގައި އަވަސް އަވަހަށް ކުޑަކަމުދާންޖެހުން (މާގިނައިން ކުޑަކަމުދާންޖެހުން) ހިމެނެއެވެ. އާންމުކޮށް މާގިނައިން ކުޑަކަމުދާން ޖެހުން ކުރިމަތިވަނީ ފުރަތަމަ 3 މަހާއި، ފަހު 3 މަހުގެ ތެރޭގައެވެ. ނުވަތަ މާބަނޑުވާތާ ކުރީކޮޅާއި، ވިހަން ކައިރިވެގެން އަންނަ ދުވަސްވަރުގައެވެ. މިކަން ބަލިވެ އިންނަތާ ކުރީކޮޅު ދިމާވެފައި، މެދުތެރެއިން ރަނގަޅުވެފައި، […]
މާބަނޑު ދުވަސްވަރު އަނގައިގައި ކުޅުދިޔާވުން
މާބަނޑު ދުވަސްވަރު އަނގައިގެ ތެރޭގައި ކުޅު އުފެއްދުން އިތުރުވެ، ކުޅުދިޔާވުމަކީ ވެދާނެ ކަމެކެވެ. މިއީ ވަރަށް ގިނަ މާބަނޑު މީހުންނަށް އިހުސާސްކުރެވޭ ކަމެކެވެ. ޚާއްޞަކޮށް މާބޮޑަށް ހޮނޑުލެވޭނަމަ މިކަން އިހުސާސްވާލެއް ބޮޑުވެއެވެ. އާންމުކޮށް މިކަން ކުރިމަތިވަނީ މާބަނޑުވާތާ ކުރީކޮޅުގައެވެ. މާބަނޑުވާތާ ކުރީކޮޅު މޭނުބައިކޮށް ހޮނޑުލެވުން ކުރިމަތިވާ ދުވަސްވަރު، ކުޅު އުފެއްދުން އިތުރުވާކަން ފާހަގަކުރެވެއެވެ. ގިނަ ފަހަރު މިކަން ކުރިމަތިވަނީ ބަލިވެއިނުމުން އާދަޔާ ޚިލާފަށް ގިނައިން މޭނުބައިކޮށް ހޮނޑުލެވޭ މީހުންނަށްކަން ފާހަގަ ކުރެވެއެވެ.ޞިއްޙީގޮތުން ބަލާއިރު މިއީ ނުރައްކާތެރި ކަމެއް […]
މާބަނޑު ދުވަސްވަރު ފޮއްސިވެ ދުޅަވުން
މާބަނޑު ދުވަސްވަރު މޫނާއި، ފަޔާއި، ފައިތިލަ ފޮއްސިވެ ދުޅަވުން ބަނޑަށް 7 މަސް ފުރުމަށް ފަހު ވިހެއުމާއި، ދޭތެރޭގައި މޫނާއި،ފަޔާއި،ފައިތިލަ ފޮއްސިވެ ދުޅަވުމަކީ ވަރަށް ގިނަ މީހުންނަށް ކުރިމަތިވާ ކަމެކެވެ. ފައިތިލައާއި، ފައިގެ ކުޑަހުޅު ދުޅަވާގޮތް ވަރަށް ގިނަ މީހުންނަށް ދިމާވެއެވެ. ޚާއްޞަކޮށް ދުވަސްފުރެން ކައިރިވާއިރު އެވެ. މިހެންވަނީ ހަށިގަނޑުގައި ފެން ހިފެހެއްޓޭތީ އެވެ. ޕްރެޝަރު ބަލާ ކުޑަކަމުދާ އެއްޗެހި ޓެސްޓުކުރާއިރު މައްސަލައެއް ނެތްނަމަ މިއީ ކަމެއް ނޫނެވެ. ސަބަބު މާބަނޑު ދުވަސްވަރު ހަށިގަނޑު ފޮއްސިވެ […]
ޢަރަބި ބަހުގެ ލުއި ޤަވާޢިދު – 10
ޖުމުލަ (الجُمْلَةُ) މުޞަންނިފު: އަލްއުސްތާޛު ޢަބްދުލްމުޢީދު ޙަސަން ޖުމުލަ (الجُمْلَةُ) ޖުމުލަ ބެހިގެންވަނީ ދެބަޔަކަށެވެ. އެއީ: އިސްމިއްޔަ ޖުމުލަ (الاِسْمِيَّةُ) ފިޢުލިއްޔަ ޖުމުލަ (الفِعْلِيَّةُ) އިސްމިއްޔަ ޖުމުލަ އިސްމިއްޔަ ޖުމުލައަކީ، އިސްމަކުން (ނަމަކުން) ފެށޭ ޖުމުލައެވެ. އޭގެތެރޭގައި ހިމެނެނީ، ފެށުމާއި ޚަބަރުގެ މައްޗަށް އެކުލެވޭ ޖުމުލައާއި، إِنَّ وأخواتها ހިމެނޭ ޖުމުލައެވެ. ފެށުމާއި ޚަބަރުގެ މައްޗަށް އެކުލެވޭ ޖުމުލަ: مبتدأ (ފެށުން) އާއި، خبر (ޚަބަރު) ގެ މައްޗަށް އެކުލެވޭ ޖުމުލައިގެ މިސާލު: المَطَرُ غَزِيرٌ ވާރޭ […]