މާބަނޑު ދުވަސްވަރު ނޭފަތުން ފެންއައުން، ނޭފަތް ބެދި، ނޭފަތުތެރެ ހިރުވައި، ކިނބިހިއެޅި، ރޯގާ ޖެހުން ފަދަ ކަންކަން ކުރިމަތިވުމަކީ ބައެއް ފަހަރު ވެދާނެ ކަމެކެވެ. ބައެއް ފަހަރު ނޭވާލާ ނިޒާމަށް އެލާޖީގެ އުނދަގޫތައް ވެސް ކުރިމަތިވެދާނެ އެވެ. ކުރިން ނޭވާލާ ނިޒާމަށް ދިމާވާ އެލާޖީ (މިސާލަކަށް ހިރަފުހަށް އެލާޖީވުން) ގެ މައްސަލަ ދިމާނުވާ މީހަކަށް ވެސް މާބަނޑުވުމުން މިފަދަ އެލާޖީ ކުރިމަތިވުމަކީ ވެދާނެ ކަމެކެވެ. މާބަނޑު އަންހެނުންގެ ތެރެއިން %30 މީހުންނަށް މިމައްސަލަ ދިމާވާކަން ފާހަގަ ކުރެވެއެވެ. […]
މާބަނޑު ދުވަސްވަރު ހަމަށް އަންނަ ބަދަލުތައް
މާބަނޑު ދުވަސްވަރު ހަމަށް ވަރަށް ގިނަ ބަދަލުތައް އާދެއެވެ. އެގޮތުން މާބަނޑު ދުވަސްވަރު ހަމަށް އަތުވެދާނެ ބަދަލުތަކުގެ ތެރޭގައި ނޫނީ ހަމުން ފާހަގަވެދާނެ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ. ސްޓްރެޗް މާކު އުފެދުން ހަމުގެ ކުލައަށް ބަދަލުއައުން ހަމުގެ ލޭނާރުތައް ފާޅުވެ، ފެންނަން ހުރުން ހަމުގައި ލައްޖެހުން ނޫނީ އޮށާޅަނެގުން ހަމުގެ ނާޒުކުކަން އިތުރުވެ، ހިރުވައި ކެހުން ސަބަބު މާބަނޑު ދުވަސްވަރު ހަމަށް ބަދަލު އަންނަނީ ބަލިވެ އިނުމާއި ގުޅިގެން، ހޯރމޯންތަކާއި، ހަށިގަނޑުގެ ދިފާޢީ ބާރާއި، […]
ކިޑުނީގެ ބަލިތައް
ކިޑުނީގެ ބަލި ކިޑްނީ ބަލީގެ މައްސަލަތައް އަންނަނީ ދިވެހި މުޖުތަމަޢުގައި ވެސް ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އުމުރުން ދުވަސްވީ ވަރަށް ގިނަ ބޭފުޅުންނާއި ޒުވާނުންގެ ތެރޭގައި ވެސް، ދުވަސްވީ ކިޑްނީ ބަލީ (Chronic Kidney Disease / CKD) ގެ އުދަނގޫ ތަހައްމަލުކުރަމުން ގެންދާ މީހުން އުޅެއެވެ. ކޮންމެ އަހަރަކު ކިޑްނީ ބަލިތައް ޖެހިގެން އެތައް ބަޔަކު ދުނިޔެ ދޫކުރެއެވެ. ކިޑްނީ ބަލީގެ އަސާސީ ފަރުވާގައި ދެވޭ ޑަޔަލިސިސް ހެދުމާއި، ކިޑްނީ ޓްރާންޕްލާންޓޭޝަން އަކީ ފަގީރު ގައުމުތަކުގައި […]
މާބަނޑު ދުވަސްވަރު ނޭފަތުން ލޭއައުން
މާބަނޑު ދުވަސްވަރު ނޭފަތުން ލޭއައުމަކީ އާންމު ކަމެކެވެ. މިކަން ބޮޑަށް ކުރިމަތިވަނީ ބަނޑަށް 4 މަސް ވުމަށްފަހު ވިހެއުމާއި ދޭތެރޭގައެވެ. ބަލިވެއިންނަ ކޮންމެ 5 އަންހެނުންގެ ތެރެއިން 1 މީހަކަށް ނޭފަތުން ލޭއައުމުގެ މައްސަލަ ދިމާވެއެވެ. މާބަނޑު ދުވަސްވަރު ނޭފަތުން ލޭއައުމަކީ އާންމުކޮށް އެހާ ސީރިއަސް މައްސަލައެއް ނޫނެވެ. މިކަން ބައެއް ފަހަރު ފާހަގަ ނުވެވެސް ހިނގައިދާނެއެވެ. ސަބަބު ސަބަބު ނޭފަތުން ލޭއައުން، ނޭފަތު އެތެރެހިކުން، ނޭފަތް ބެދުން، ފަދަ އުދަގޫތައް ކުރިމަތިވަނީ ނޭފަތާއި، އަނގަޔާއި، އަދި […]
މާބަނޑު ދުވަސްވަރު ނޭވާ ކުރުވުން
މާބަނޑު ދުވަސްވަރު ނޭވާކުރުވުމަކީ އާންމު ކަމެކެވެ. މާބަނޑު ވުމަށްފަހު ފުރަތަމަ 3 މަހާއި، އަދި ދެވަނަ 3 މަހުގެ ތެރޭގައި ވެސް ނޭވާކުރުވެ، ނޭވާލާން އުނދަގޫވުމަކީ ވެދާނެ ގޮތެކެވެ. ސަބަބު މާބަނޑު ދުވަސްވަރު ހަށިގަނޑަށް އޮކްސިޖަން ބޭނުންވާ މިންވަރު އިތުރުވާނެއެވެ. މިކަން (އޮކްސިޖަން އިތުރަށް ބޭނުންވާ ބޭނުންވުން) ހަށިގަނޑުން ހަމައަކަށް އަޅުވަނީ ތަފާތު ގޮތްތަކުންނެވެ. ބަލިވެއިނުމުން ޕްރޯޖެސްޓަރޯން ހޯރމޯން އިތުރުވުމުން، އޭގެ އަސަރު ސީދާ ފުއްޕާމެޔަށް ކުރާގޮތްވެއެވެ. އަދި ސިކުނޑީގައިވާ ނޭވާލުމަށް އެހީތެރިވެދޭ މަރުކަޒު ހީވާގިކޮށް ހަރަކާތްތެރި […]
ކީރިތި ޤުރްއާނުގެ މާނައިގެ ދިވެހި ތަރުޖަމާ
ތަރުޖަމާ ކުރެއްވީ: ފަޟީލަތުއްޝައިޚް އަބޫބަކުރު އިބްރާހީމް ޢަލީ ކުރު ޚުލާޞާ: މިއީ ދިވެހި ބަހުން ޤުރްއާނުގެ މާނައިގެ ތަރުޖަމާ އެކުލަވާލެއްވުމަށް ފަޟީލަތުއްޝައިޚް އަބޫބަކުރު އިބްރާހީމް ކުރައްވާފައިވާ އަގުހުރި މަސައްކަތެކެވެ. މިފޮތް ޑައުންލޯޑުކުރައްވައި ބޭނުންކުރައްވާ ކޮންމެ ބޭފުޅަކުމެ، ޝޭޚަށް ދެދުނިޔޭގެ ބާއްޖަވެރިކަމަށް އެދި ދުޢާކޮށްދެއްވުން އެދެމެވެ. މި ތަރުޖަމާ ނޫރުލްއިސްލާމުން ނަގާފައިވަނީ އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވްސްގެ ވެބްސައިޓްގައި ތިން ފައިލެއްގެ ގޮތުގައި އަޕްލޯޑުކުރެވިފައިވަނިކޮށްނެވެ. ނޫރުލްއިސްލާމް ލައިބްރަރީގެ ފަރާތުން މިފައިލްތައް ނަގައި، އެއް ޕީޑީއެފް ފައިލްގެ ގޮތުގައި ޝާއިޢުކުރަނީ، […]
ޕްރޮފެސަރު ހަސަން އުގެއިލްގެ – ސިއްހީ ހަދިޔާ
ޕްރޮފެސަރު ހަސަން އުގެއިލްގެ “ސިއްހީ ހަދިޔާ”ގެ އީބުކް ޑައުންލޯޑު ކިޔާފައިވާ ޢަދަދު: