ތައިރޮއިޑް މަތިވުން – ހައިޕަތައިރޮއިޑިޒަމް

      ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް އިތުރުވުން ތައިރޮއިޑް މަތިވުން ނުވަތަ ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް ހަލުވިވެ އިތުރުވު(Hyperthyroidism)މަކީ ވަރަށް އާންމު ޞިއްހީ މައްސަލަ އެކެވެ. ތައިރޮއިޑް ގްލޭންޑް އަކީ ދަތްދޮޅިއަށްވުރެ ތިރިން ކަރުގެ ކުރިމަތި ފަރާތުގައި އިންނަ ގްލޭންޑް އެކެވެ. ހަށިގަނޑުގައި ހިނގާ ވަރަށް ގިނަ މަސައްކަތްތަކަށް އެހީތެރިވެދީ އަދި އެމަސައްކަތްތަކުގައި ބައިވެރިވާ ހޯރމޯންތައް (ތައިރޮކްސިން ހޯރމޯން އަދި ޓްރައިއަޔޯޑޯ ތައިރޮނީން ހޯރމޯން) މިގްލޭންޑް އިން އުފައްދައެވެ. ވުމާއެކު މިގްލޭންޑްގެ މަސައްކަތަށް ބުރޫއަރާ ކޮންމެ […]

އިތުރަށް ވިދާޅުވުމަށް

އަނގައިގެ ކެންސަރު

އަނގައިގެ ކެންސަރު އެންމެ ގިނައީ ދެކުނު އޭޝިޔާގައެވެ. އެއީ މިގައުމުތަކުގައި ދުންފަތްލައިގެން ދުފާމީހުންނާއި، ދުންފަތުގެ އިސްތިއުމާލުކުރާ މީހުން އާދަޔާ ޚިލާފަށް ގިނަކަމަށްވާތީ އެވެ. އަނގައިގެ ކެންސަރު ފެންނަނީ އަނގައިގެ ތެރޭގައި ފާރުކޮޅެއް ނުވަތަ ދިރުމެއް އުފެދި، ފިލައިނުގޮސް ގިނަ ދުވަސްވުމުންނެވެ. އަނގައިގެ ކެންސަރުގެ ތެރޭގައި ހިމެނެނީ ތުންފަތާއި، ދުލާއި، ކޮލާއި، މަތީ ތައްޔާއި، ތިރީ ތައްޔާއި، އަދި ކަރުގެތެރޭގައި އުފެދޭ ކެންސަރުތަކެވެ. އަނގައިގެ ކެންސަރުތަކަކީ ކުރީކޮޅު ބަލި ނުހޯދި ދިގުލައިފިނަމަ، ފުރާނައަށް ނުރައްކާވެދާނެ ކަންކަމެވެ. ސަބަބު ދުފުން: […]

އިތުރަށް ވިދާޅުވުމަށް

އައު ލަފުޒު

# ދިވެހި އިނގިރޭސި 1 ގެވެށިފަރުވާ Home-remedy 2 ރަތަނި Hemoglobin  3 ހެޔޮ ހެނދުނެއް! !Good morning 4 ބަނަފިނި haze 5 ދުންފިނި mist 6 ބޯދުންފިނި fog 7 ގަނޑުފިނި frost 8 ޝިކާޔަތު grievance 9 ތޫރަ bulletin 10 އެތެރެވެށި indoor 11 ބޭރުވެށި outdoor 12 ޖަގަހަ station   13 ނަރުހުންގެ ޖަގަހަ nurses station 14 ބަސް ޖަގަހަ bus station   15 ދާލަން/ބުރިޖު […]

އިތުރަށް ވިދާޅުވުމަށް

އެޕެންޑިކްސް ދުޅަވުން

އެޕެންޑިކްސް އަކީ ކޮބާ؟ އެޕެންޑިކްސް އަކީ ކުޑަގޮހޮރާއި ބޮޑު ގޮހޮރު ގުޅުވުމައިދޭ “ސީކަމް” ގެ ފަހަތުން ހަށިގަނޑުގެ މެދާ ގާތްވީ ފަރާތުގައި އިލިއޯސީކަލް ވޭޅް އަށްވުރެ 1 އިންޗި ތިރިން ސީކަމްގެ ތެރެއަށް ހުޅުވިފައިވާ އިންނަ ވަރަށް ހަނި ފަންޏެއްފަދަ ހޮޅި އެކެވެ. އާންމު ގޮތެއްގައި މިބުނި ގޮތަށް ސީކަމްގެ ފަހަތުން ސީކަމްގެ ތެރެއަށް އެޕެންޑިކްސް ހުޅުވިފައި އިންނާނީ ގާތްގަނޑަކަށް 74 އިންސައްތަ މީހުންގެ އެވެ. 21 އިންސައްތަ މީހުންގެ އެޕެންޑިކްސް އިންނަނީ ޅިނދުގެ ތެރޭގައެވެ. 3.5 […]

އިތުރަށް ވިދާޅުވުމަށް

ފުއްޕާމޭގެ ކެންސަރު

ފުއްޕާމެޔަކީ ނޭވާލާއިރު ހަށިގަނޑަށް ވަންނަ އޮކްސިޖަން ލޭގެތެރެއަށް ފޮނުވައިދީ، ހަށިގަނޑުގައި އުފެދޭ ކާބަންޑައި އޮކްސައިޑް ހަށިގަނޑުން ބޭރަށް ފޮނުވައި ދިނުމުގެ މަސައްކަތްކުރާ ގުނަވަނެކެވެ. ފުއްޕާމޭގެ ކެންސަރުޖެހިއްޖެނަމަ ފުއްޕާމޭގެ މަސައްކަތް ގަވާއިދުން ކުރުން ހުއްޓާލައެވެ. އަދި ވަރަށް ހަލުވިކަމާއެކު ހަށިގަނޑުގެ ހުރިހާ ހިސާބަކަށް ކެންސަރުގެ ސެލްތައް ފެތުރިގެންދެއެވެ. ފުއްޕާމޭގެ ކެންސަރު ވަރަށް ފަސޭހައިން ހަށިގަނޑުގައިވާ ލިމްފް ގޮށްތައް، އަދި ސިކުނޑި ފަދަ ގުނަވަންތަކަށް ފެތުރިގެންދިއުމަކީ ވެދާނެ ގޮތެކެވެ. ފުއްޕާމޭގެ ކެންސަރުގެ ވައްތަރުތައް މައިގަނޑު ގޮތެއްގައި ދެބާވަތެއްގެ ކެންސަރު ފުއްޕާމޭގައި […]

އިތުރަށް ވިދާޅުވުމަށް

ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (14)

ލިޔުނީ: އުސްތާޛު ޢިޔާޒު ނަސީމް ޖުމްލަ އިސްމިއްޔާ ޖުމްލަ އިސްމިއްޔާއަކީ އިސްމަކުން ފެށޭ ޖުމްލައެވެ. ޖުމްލަ އިސްމިއްޔާގައި އެކުލެވިގެންވަނީ މައިގަނޑު 2 އެއްޗަކުންނެވެ. އެއީ:- 1. މުބްތަދާ އާއި 2. ޚަބަރެވެ. – މުބްތަދާ މަޢުރިފާ ވެއްޖެ ނަމަ އަންނާނީ ޖުމްލަ ފެށޭ ތަނަށެވެ. – މުބްތަދާ ނަކިރާ ވެއްޖެ ނަމަ އަންނާނީ ޚަބަރުގެ ފަހަތަށެވެ. – މުބްތަދާ އާއި ޚަބަރު ޖިންސާއި ޢަދަދުގައި އެއްގޮތްވާނެއެވެ. – މުބްތަދާގެ ފަހު އަކުރުގެ އިޢުރާބީ ޙާލަތަކީ ރަފްޢެވެ. – […]

އިތުރަށް ވިދާޅުވުމަށް

ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (13)

ލިޔުނީ: އުސްތާޛު ޢިޔާޒު ނަސީމް އިޢުރާބުގެ މި ޙާލަތްތަކުގެ އަޞްލު ޢަލާމާތްތަކަކީ އުބުފިއްޔާއި، އަބަފިއްޔާއި، އިބިފިއްޔާއި، ސުކުން ކަމުގައި ވިޔަސް އަކުރުން ވެސް އިޢުރާބުގެ ޙާލަތު ދައްކައިދެއެވެ. މި ގޮތުން އިސްމުގެ އިޢުރާބުގެ ޢަލާމާތްތައް އަންނަ ގޮތަށް ރިޢާޔަތްކޮށް އިސްމު 8 ވައްތަރަކަށް ބަހައިލެވެއެވެ. އިސްމުގައި އަންނަ އިޢުރާބީ ޙާލަތު އަންގައިދޭ ޢަލާމާތްތައް 1. މުފްރަދު މުންޞަރިފު އިސްމު (ރަފްޢު = އުބުފިލި، ނަޞްބު = އަބަފިލި، ޖައްރު = އިބިފިލި) 2. މުފްރަދު ޣައިރު މުންޞަރިފު […]

އިތުރަށް ވިދާޅުވުމަށް