މިއީ ބަލިވެއިންނަ %50 އިންސައްތަ އަންހެނުން ކުރާ ޝަކުވާއެކެވެ. ބަލިވެ އިނުމަށްފަހު ކޮންމެވެސް ދުވަސްވަރެއްގައި މާބަނޑު މީހުންނަށް ބަނޑުހަރުވުން ކުރިމަތިވާކަން ފާހަގަ ކުރެވެއެވެ. ބަނޑުހިކުމަކީ އޭގެ ސަބަބުން މާބޮޑު ނުރައްކާތަކެއް ކުރިމަތިވާ ކަމެއް ނޫނެވެ. ނަމަވެސް ފުރަގަސް ފަރާތް ފައިބައިފައިވާ މީހުންނަށް ބަނޑުހަރުވުމަކީ އިތުރު އުދަނގޫތައް ތަހައްމަލުކުރަންޖެހޭނެ ކަމެކެވެ. ސަބަބުތައް އާންމު ނަޒަރަކުން ބަލާއިރު، ހާސްވެކަންބޮޑުވުމާއި، ފިކުރުބޮޑުވުން، ހެލިފެލިވެއުޅުން މަދުވުން، އަދި ކާނާގައި ފައިބަރު ހިމެނޭ މިންވަރު މަދުވުމަކީ ބަނޑުހިކުން ކުރިމަތިކޮށްފާނެ ކަންތައްތަކެވެ. ބަލިވެއިނުމާއި ވިދިގެން ރަހިމު […]
މާބަނޑު ދުވަސްވަރު ބުރަކަށީގައި ރިހުން
ބުރަކަށީގައި ރިހުމަކީ ބަލިވެއިނުމަށްފަހު ވިހެއުމާއި، ދޭތެރޭ ކޮންމެ ދުވަސްވަރެއްގައި ވެސް ކުރިމަތިވެދާނެ ކަމެކެވެ. ބަލިވެއިންނަ %70 -50 އަންހެނުންނަށް ބަލިވެއިނުމާއި ގުޅިގެން ބުރަކަށީގައި ރިހުމުގެ އުދަގުލާއި ކުރިމަތިލާން ޖެހެއެވެ. ބަލިވެއިނުމުގެ ކުރިން ބުރަކަށީގައި ރިހުން ހުރުން، ކުރިން ބަލިވެއިންއިރު، ބުރަކަށީގައި ރިހުން ކުރިމަތިވެފައިވާނަމަ، އެކަން ތަކުރާރުކޮށް، ޖެހިގެން އަންނަ ފަހަރު ބަލިވެއިނުމުން ވެސް ކުރިމަތިވެދާނެ އެވެ. މާބަނޑުވުމުގެ ކުރިން ހެލިފެލިވެއުޅުން މަދުވުމަކީ ވެސް މާބަނޑުވުމުން ބުރަކަށީގައި ރިހުން ކުރިމަތިވުމުގެ ފުރުޞަތު އިތުރުކުރާ ކަމެކެވެ. އެއްމާބަނޑު ދެކުދިންނަށް ބަލިވެއިނުމާއި، […]