ތައިރޮއޑް ކެންސަރު(thyroid cancer) ނުވަތަ ތައިރޮއިޑް ގްލޭންޑް ގެ ކެންސަރަކީ ތައިރޮއިޑް ގްލޭންޑްގެ ސެލް/ދިރު ތަކުން އުފެދިގެން އަންނަ ކެންސަރެކެވެ. ވަރަށް ގިނަ ވައްތަރުތަކުގެ ކެންސަރު ތައިރޮއިޑް ގްލޭންޑް އަށް ޖެހެއެވެ. ތައިރޮއިޑް ގްލޭންޑް ގައި އުފެދޭ ކޮންމެ ޓިއުމަރެއް ކެންސަރަކަށް ބަދަލެއް ނުވެއެވެ. ކެންސަރު އުފައްދަނީ ގާތްގަނޑަކަށް އެންމެ %5 ޓިއުމަރެވެ. ބައެއް ވައްތަރުގެ ތައިރޮއިޑް ކެންސަރު ވަރަށް ލަސްލަހުން ހެދިބޮޑުވާއިރު، އަނެއްބައި ވައްތަރުތައް ވަރަށް އަވަހަށް ހެދިބޮޑުވެ، އޭގެ ސަބަބުން ނުރައްކާތައް ކުރިމަތިކުރުވާކަން ފާހަގަ ކުރެވެއެވެ. […]
މައްސަރު ތެރޭގައި ބަނޑުގައި ރިހުން
މައްސަރު ތެރޭގައި ބަނޑުގައި ރިހުން(Dysmennorrhea) ނިސްބަތް ކުރެވެނީ ހައިޟުގެ ދުވަސްވަރު (މައްސަރުގެ ތެރޭގައި) ދަށްބަނޑުގައި ރިހުމަށެވެ. ވަރަށް ގިނަ އަންހެނުންނަށް މައްސަރު ކަންތައް ޖެހުމުގެ ކުރިންނާއި، މައްސަރުގެ ތެރޭގައި ބަނޑުގައި ރިއްސައި ތަދުވާގޮތް ދިމާވެއެވެ. ބައެއް އަންހެނުންނަށް މައްސަރު ތެރޭގައި މިގޮތަށް ދަށްބަނޑުގައި ރިހުމަކީ މާބޮޑު ކަމަކަށް ނުވެދާނެ އެވެ. ނަމަވެސް އަނެއްބައި އަންހެނުންނަށް މައްސަރުގެ ތެރޭގައި ދަށްބަނޑުގައި ރިހުމަކީ، (އޭގެ ވޭން ބޮޑުވުމުގެ ސަބަބުން) އާންމުކޮށް ކޮށްއުޅޭ ކަންތައްތައް ކޮށްއުޅުމަށް ހުރަސްއަޅާ ކަމަކަށް އޮންނަނީ ވެފައެވެ. […]
އާތުރައިޓިސް
އާތުރައިޓިސް: އާންމު ނަޒަރެއް އާތުރައިޓިސްގެ މާނައަކީ “ހުޅުދުޅަވުމެވެ” މިއީ ހުޅުތައް ދުޅަވާ ބައްޔެކެވެ. އާތުރައިޓިސް އާންމު ގޮތެއްގައި ނިސްބަތްކުރެވެނީ އިންސާނާގެ ހަށިގަނޑުގައިވާ ހުޅުތަކުގެ ތެރެއިން ހުޅެއް( އެންމެ ހުޅެއް) ނުވަތަ އެއް ހުޅަށްވުރެ ގިނަ ހުޅުތައް ދުޅަވެ، ހުޅުގައި ބީހިލުމުން ތަދު އިހުސާސްވުމަށެވެ. އާތުރައިޓިސް އެންމެ މައިގަނޑު އަލާމާތަކީ ހުޅުދުޅަވުން، ހުޅުހަރުއެރުމެވެ. އާންމު ގޮތެއްގައި އުމުރުން ދުވަސްވާ ވަރަކަށް ހުޅުދުޅަވުމުގެ މައްސަލަ ގޯސްވަމުންދާނެ އެވެ. ހަތަރު ހުޅަށްވުރެ ގިނަ ހުޅު އެއްފަހަރާ ދުޅަވެ، އުދަނގޫތައް ކުރިމަތިވެއްޖެނަމަ “ޕޮލީ […]
ގުރުދާގައި އުފެދޭ ހިލަ
ގުރުދާގައި އުފެދޭ ހިލަ(kidney stone) އަކީ ތަފާތު މަޢުދަން ތަކާއި، ލޮނު ނޫނީ ކްރިސްޓަލް ތައް އެއްވެގެން އުފެދޭ ހަރު މާއްދާ އެކެވެ. ގުރުދާގައި ހިލަ އުފެދެނީ މައުދަންތަކާއި، ލޮނުގެ ބާވަތްތައް އެއްވެ، ގުރުދާގައި ޖަމާވާގޮތްވުމުންނެވެ. ކުޑަކަމުދާއިރު ލޭއައުން، ދަށްބަނޑުން އެއްފަޅިއެއްގައި ރިހުން ފަދަ ކަންކަމަކީ ގުރުދާގައި ހިލައުފެދުމުން ފެނިދާނެ ބައެއް އަލާމާތްތަކެވެ. އާބާދީގެ ކޮންމެ 20 މީހަކުން 1 އަށް އުމުރުގެ ކޮންމެ ވެސް ދުވަސްވަރެއްގައި ގުރުދާގައި ހިލައުފެދުން ކުރިމަތިވާ ކަމަށް ތަފާސް ހިސާބު ތަކުން […]
އުރަމަތި ދުޅަވެ ދޮސްގަތުން
އުރަމަތި ދުޅަވެ ދޮސްގަތުން(Mastitis) ނުވަތަ އުރަމަތި ދުޅަވުމަކީ އުރަމައްޗާއި، އޭގެ ވަށައިގެންވާ ޓިޝޫ ތަކުގައި އިންފްލެމޭޝަން އުފެދި، ދުޅަވުމެވެ. ތުއްތު ދަރިފުޅަށް ކިރުދޭން ފެށުމާއި އެކު އުރަމަތި ދުޅަވެ ދޮސްގަތުމަކީ އަލަތު މައިންނަށް ވަރަށް ގިނައިން ދިމާވާ ކަމެކެވެ. ފަރުވާ ކުރުމުގައި ދިމާވާ މައްސަލައެއްގެ ސަބަބުން ވަރަށް ގިނަ ޒުވާން އަންހެނުންގެ އުރަމަތި ޢައިބުވެ، އަދި ކުޑަކުއްޖާއަށް އުރަމަތިން ކިރުނުދެވޭ ހިސާބަށް ވެސް ބައެއް ފަހަރު ކަންތައް ދެއެވެ. ނަމަވެސް މިމައްސަލަ ދެނެގަނެ ދޭންޖެހޭ ފަރުވާ ލަސްނުކޮށް […]
ހާނިއާ: އާންމު ނަޒަރަކުން ހާނިއާ
(Hernia) ކުރިމަތިވަނީ އެތެރެ ހަށީގެ ގުނަވަނެއް ނުވަތަ ގުނަވަނެއްގެ ބައެއް ނޫނީ ހަށިގަނޑުގެ އެހެން ބައެއް (މިސާލަކަށް ސަރުބީ ސެލޯށި) ، ހަށިގަނޑުގައި ހާނިއާ ނިކުންނަ ހިސާބެއްގެ ވަށައިގެންވާ މަސްތަކުގެ ނޫނީ މަސްގަނޑެއްގެ ފާރުގައި ނޫނީ ފޭޝިއާ ފަދަ ގުޅުވައިދެނިވި ސެލޯށި ތަކުގައި ހުންނަ ބާރުދެރަ ތަންކޮޅެއް ތެރެއިން ނުވަތަ މަސްތަކުގެ ފާރުގައި ހުންނަ ދެރަކަމެއްގެ ސަބަބުން ބޭރަށް ނިކުތުމުންނެވެ. ހާނިއާގެ ސަބަބުން ބަނޑުގައި ނޫނީ އުކުޅުވަޅުގައި ފުއްޕުމެއް ނުވަތަ ނިކުތުމެއް ނިކުމެފައި އިނަސް، ގިނަ ފަހަރު […]
އަނދުންހުލި
އަނދުންހުލި(sty) އަކީ ލޮލުގެ ބޮޑީގެ މަތީގައި (ލޮލުގެ މަތީބޮޑި ނުވަތ ތިރީ ބޮޑީގައި) ނުވަތަ ބޮޑީގެ ތެރޭގައި ނުވަތަ ލޮލުގެ ވަށައިގެން ޖަހާ ނުވަތަ ނަގާ ކުޑަ، ރިހުން އެކުލެވޭ ރަތްކުލައިގެ ބިއްސެކެވެ. ނުވަތަ މުލިއްސެއްގެ ސިފަޔަށް އިންނަ/ ނަގާ / އުފެދޭ ފުއްޕުމެކެވެ. އާންމު ގޮތެއްގައި އަނދުންހުލި ނަގަނީ އެސްފިޔަތަކުގެ ބުޑުންނެވެ. ނުވަތަ ލޮލުގެ ރަވައިގައެވެ.ނުވަތަ ލޮލުގެ ބޮޑީގައެވެ. މިއީ ވަރަށް އާންމުކޮށް ލޮލުގެ ބޮޑީގައި އުފެދޭ އެއްޗެކެވެ. ގިނަ ފަހަރު އެއްވެސް ކަމެއް ނުކުރިކަމުގައި […]
ބިސްރަވައިގައި ސިސްޓް އުފެދޭ ބަލި
ބިސްރަވަ ނުވަތަ އޯވަރީގައި ސިސްޓް އުފެދޭ ބަލި (Polycystic Ovary Syndrome)ނުވަތަ ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމް އަކީ ދަރިމައިވުމުގެ އުމުރުފުރާގެ އަންހެނުންގެ މެދުގައި އާންމު ހޯރމޯނަލް ޑިސްއޯޑަރ އެކެވެ. ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމް ހުންނަ މީހުންނަށް ބައެއް ފަހަރު މައްސަރުކަންތައް ވަރަށް ކުޑަކޮށް ޖެހިދާނެ އެވެ. އަނެއްބައި ފަހަރު މައްސަރު ކަންތައް ޖެހުމަށްފަހު ރަނގަޅުނުވެ ދިގުލައި ހިނގައިދާނެ އެވެ. މިމައްސަލަ ހުންނަ އަންހެނުންގެ ހަށިގަނޑުގައި ފިރިހެން ހޯރމޯން ” އެންޑްރޯޖަން” ގެ ނިސްބަތް މަތިވެދާނެ އެވެ. ސަބަބު […]