ބުޅަލުގެ ޒަރީޢާއިން ފެތުރިދާނެ ބަލިތައް ބުޅަލުގެ ޒަރީޢާއިން ފެތުރޭ ބަލިތައް މާނަކުރެވެނީ ބުޅަލުގައި ނަޖިހުގައި އެކުލެވޭ ޖަރާސީމުތަކުގެ ސަބަބުން ފެތުރޭ ބަލިތަކަށެވެ. ބުޅަލުގެ ފުށުން އިންސާނުންނަށް ޖެހެނީ ވަރަށް މަދު ބަލިތަކެކެވެ. އެގޮތުން ޖެހޭ ބަލިތަކުގެ ތެރެއިން ވެސް އިންސާނުންގެ ފުރާނައަށް ނުރައްކާވާ ފަދަ ހާލަތްތަކެއް މެދުވެރިކުރުވަނީ އެންމެ ދެބަލީގެ ސަބަބުންނެވެ. އެއީ ރޭބީޒް އަދި ޓޮކްސޯޕްލާޒްމޯސިސް އެވެ. ބުޅަލުގެ ނަޖިހަކީ ވަރަށް ގިނަ ގައިންގަޔަށްއަރާ ބަލިތަކުގެ މަސްދަރަކަށްވުމަކީ އެކަށީގެންވާ ކަމެކެވެ. ބުޅަލުގެ ޒަރީޢާއިން ބަލިފެތުރިދާނެ ގޮތްތައް […]
ޕްރޮސްޓޭޓް ދުޅަވެ ބޮޑުވުން
ޕްރޮސްޓޭޓް ދުޅަވެ ބޮޑުވުން(BPH) ނުވަތަ ޕްރޮސްޓޭޓް ގްލޭންޑް އާދަޔާ ޚިލާފަށް ބޮޑުވުމަކީ ޢުމުރުން ދުވސްވުމުގެ ސަބަބުން ފިރިހެނުންނަށް ދިމާވާ އެންމެ އުނދަގޫ އެއް މައްސަލަ އެވެ.ނުވަތަ މިއީ ޕްރޮސްޓޭޓް ގްލޭންޑް ދުޅަވެ ސައިޒުން ބޮޑުވުމުގެ މައްސަލައެވެ. ޕްރޮސްޓޭޓް ގްލޭންޑަކީ ޢުމުރުގެ ދެ ދުވަސްވަރެއްގައި އޭގެ ސައިޒަށް ބޮޑެތި ބަދަލުތަކެއް އަންނަ ގުނަވަނެކެވެ. އެގޮތުން އެންމެ ފުރަތަމަ ބާލިޣުވާ އުމުރަށް އެޅޭ އިރު ޕްރޮސްޓޭޓް ގްލޭންޑްގެ ސައިޒު ދެގުނައަށް ބޮޑުވެއެވެ. ދެން ޢުމުރުން 25 އަހަރުގަ އަނެއްކާވެސް ޕްރޮސްޓޭޓް […]
ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް ދަށްވުން
ތައިރޮއިޑް ގްލޭންޑް އަކީ ދަތްދޮޅިއަށްވުރެ ތިރިން ކަރުގެ ކުރިމަތި ފަރާތުގައި އިންނަ ގްލޭންޑް އެކެވެ. ހަށިގަނޑުގައި ހިނގާ ވަރަށް ގިނަ މަސައްކަތްތަކަށް އެހީތެރިވެދީ އަދި އެމަސައްކަތްތަކުގައި ބައިވެރިވާ ހޯރމޯންތައް މިގްލޭންޑް އިން އުފައްދައެވެ. ވުމާއެކު މިގްލޭންޑްގެ މަސައްކަތަށް ބުރޫއަރާ ކޮންމެ ކަމަކީ އޭގެ ސަބަބުން ހަށިގަނޑުގެ ގިނަ މަސައްކަތްތަކަށް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމެކެވެ. ކާތަކެތިން ހަށިގަނޑުގެ ސެލްތަކަށް ބޭނުންވާ ހަކަތަ ހޯދުމަށް ހިންގާ މަސައްކަތް (metabolism) ކޮންޓްރޯލް ކުރަނީ ތައިރޮއިޑް ގްލޭންޑުންނެވެ. ތައިރޮއިޑް ގްލޭންޑް […]