ބިސްރަވައިގެ ކެންސަރު

އަންހެނުންގެ ދަރިމައިވުމުގެ ބިސް އުފެދެނީ ބިސްރަވަ (Ovary) ނުވަތަ ބިސްއުފައްދާތަނުގެ ތެރޭގައެވެ. ކޮންމެ އަންހެނެއްގެ ވެސް ދެބިސްރަވަ ވެއެވެ. ބިސްރަވައިގެ ސައިޒަކީ ގާތްގަނޑަކަށް އާމަންޑް މަދެއްގެ ސައިޒެވެ. ބިސްރަވަ އޮންނަނީ ރަހިމުގެ ދެފަރާތުގައި ބިސްދަތުރުކުރާ ހޮޅީގެ ރަހިމާއި ދުރަށްދިޔަކޮޅުގައެވެ. ރަހމާއި، ބިސްރަވަ ގުޅުވައިދޭ ހޮޅިއަކީ ބިސްދަތުރުކުރާ ހޮޅި އެވެ. ބިސްރަވަ އިން ބިސް ދޫކުރުމުގެ އިތުރުން އެސްޓްރަޖަން އަދި ޕްރޮޖެސްޓަރޯން ހޯރމޯން އުފައްދައިދެއެވެ. ބިސްރަވައިގެ ކެންސަރު ނުވަތަ ބިސްއުފައްދާތަނުގެ ކެންސަރަކީ އާންމު ގޮތެއްގައި އުމުރުން ދުވަސްވީ މީހުންނަށްޖެހޭ […]

އިތުރަށް ވިދާޅުވުމަށް

ރަހިމުގެ ދޮރުގެ ކެންސަރު

ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު ނުވަތަ “ސާރވިކަލް ކެންސަރަ”ކީ ރަހިމުގެ ދޮރުގެ ސެލްތަކަށް އަންނަ ބަދަލަކުންޖެހޭ ކެންސަރެކެވެ. ދިވެހިރާއްޖޭގައި އާންމުކޮށް ފެންނަ 10 ބާވަތުގެ ކެންސަރުގެ ތެރޭގައި ރަހިމުގެ ދޮރަށްޖެހޭ ކެންސަރު ހިމެނެއެވެ. މިއީ ކޮންމެ އަންހެނަކަށް ވެސް ޖެހިދާނެ ކެންސަރެކެވެ. ރަހިމުގެ ދޮރުގެ ކެންސަރަކީ ރަހިމުގެ ކަރަށް ނުވަތަ ރަހިމުގެ ދޮރަށް ޖެހޭ ކެންސަރެވެ. އަންހެނުންގެ ދަރިމައިވުމުގެ ނިޒާމް ނުވަތަނަސްލު އުފައްދާ ނިޒާމަށް ޖެހޭކެންސަރުގެ ދެބައިކުޅަ އެއްބައި ކެންސަރު ޖެހެނީ މިގުނަވަނަށެވެ. މިއީ މުޅި ދުނިޔެއަށް […]

އިތުރަށް ވިދާޅުވުމަށް

ފުރަމޭގެ ކެންސަރު

ފުރަމޭގެ ކެންސަރަކީ ދުނިޔޭގައި އެންމެ އާންމު ކެންސަރުގެ ވައްތަރުތަކުގެ ތެރޭގައި ހިމެނޭ ވައްތަރެކެވެ. ފުރަމޭ ގެ ކެންސަރު ޖެހެނީ ފުރަމޭ ދުޅަވުން، އަދި ފުރަމޭ ހަލާކުވުން ފަދަ ކަމެއް މެދުވެރިވެގެންނެވެ. ފުރަމޭގެ ކެންސަރު ޖެހޭމީހުންގެ 20-10 އިންސައްތަ އޮޕަރޭޝަންކޮށްގެން ރަގަޅު ކުރެވެއެވެ. ފުރަމޭ ދުޅަވުން ފަދަ ބަލިތައް އާންމު ނޫން ގައުމުތަކުގައި ފުރަމޭގެ ކެންސަރު ޖެހިފައި ގިނައިން ހުންނަނީ ހަށިގަނޑުގެ ކޮންމެވެސް އެހެން ބަޔަކަށް ކެންސަރު ޖެހި އޭގެ އަސަރުފުރަމޭއަށް ކުރުން ފަދަ ގޮތަކަށެވެ. ފުރަމޭގެ ކެންސަރަށް […]

އިތުރަށް ވިދާޅުވުމަށް

ބަނޑުގައި ވައިހެދުން – ގެސްޓްރައިޓިސް

ބަނޑުގައި ވައި ހެދުން ނުވަތަ ގެސްޓްރައިޓިސް އަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ މައްސަލައެކެވެ. މިމައްސަލަ އާންމުކޮށް ދިމާވަނީ ދިރިއުޅުމުގެ އާދަތައް ބައްޓަން ކުރެވޭ ގޮތުންނެވެ.މީގެ އިތުރުން ހަށިގަނޑުގައި ހުންނަ މައްސަލައެއްގެ ސަބަބުންވެސް މިކަން މެދުވެރި ވެދާނެއެވެ. ގިނަ މީހުންނަށް ގެސްޓްރައިޓިސް އަކީ މާބޮޑު ކަމެއް ނޫނެވެ. ބޭސް ބޭނުންކުރުމުން ލުއިކަން ލިބިގެން ދެއެވެ. ބަނޑުގައި ވައިހެދުން ނުވަތަ ގެސްޓްރައިޓިސް އަކީ މައިދާގެ ފާރު ދުޅަވުމެވެ. ނުވަތަ މައިދާގެ ފާރުގައި ދުޅައެއް އުފެއްދުމާއި، ބަނޑުގައި ވައިހެދި، އެކަމުގެ […]

އިތުރަށް ވިދާޅުވުމަށް

ފުރަގަސްފަރާތު ބަލި

ފުރަގަސްފަރާތު ބައްޔޭ ބުނެވެނީ ބޮޑުކަމުދާ ދޮރު ނުވަތަ ފުރަގަސްފަރާތު ދޮރު ހިމެނޭ ހިސާބުގައިވާ ލޭހޮޅިތައް ނުވަތަ ލޭނާރުތައް ދެމި، ފުޅާވެ ފުއްޕުމަށް ނިސްބަތް ކޮށެވެ. މިބަލީގެ އުދަގޫ އާންމުކޮށް ކުރިމަތިވަނީ 20އަހަރާއި 50އަހަރާއި ދެމެދުގެ މީހުންނަށެވެ. އާބާދީގެ 50އިންސައްތަ މީހުންނަށް ފުރަގަސްފަރާތު ބަލީގެ އުދަގުލާއި އެމީހުންގެ ހަޔާތުގެ ކޮންމެ ވެސް ދުވަސްވަރެއްގައި ކުރިމަތިލާންޖެހޭ ކަމަށް ބައެއް ދިރާސާތަކުން ދައްކައެވެ. ފުރަގަސްފަރާތު ބަލި ޖެހުމަށް މެދުވެރިވާ ސަބަބުތައް މިބަލި ޖެހޭ ވަކި ސަބަބެއް ކަނޑައެޅިގެން ބުނާކަން ނޭގެއެވެ. ނަމަވެސް […]

އިތުރަށް ވިދާޅުވުމަށް

އިންފުލުއެންޒާ ވައިރަހާއި އޭގެ ހަގީގަތް

އިންފުލުއެންޒާ އަކީ ތިން މެންބަރެއްގެ މައްޗަށް ބިނާވެގެންވާ އާއިލާއެކެވެ. އެއީ އިންފުލުއެންޒާ ވައިރަސް އޭ ވައިރަސް ބީ އަދި ވައިރަސް ސީ އެވެ. މިދެންނެވި ތިން މެންބަރުން ގިންތިކޮށްފައި ވަނީ އިންފުލުއެންޒާ ވައިރަހުގެ އެތެރޭގައިވާ ޕޮރޮޓީންސްތަކަށް ބިނާކޮށެވެ. ވައިރަހުގެ މަތީ ފަށަލައިގައިވާ ހިމަގުލުޓިނިން ނުވަތަ އެޗް ނަމަކަށް ކިޔާ ގުލައިކޯ ޕްރޮޓީން އަކީ އިންފުލުއެންޒާ ވައިރަސް ބަލިޖެއްސުމަށްޓަކައި ބަނޑަހަޖެހުމަށް ބޭނުންކުރާ ބަހާ އެވެ. އަދި ނިއުރަމިނިޑޭސް ނުވަތަ އެން ނަމަކަށްކިޔާ އެންޒައިމަކީ އިންފުލުއެންޒާ ވައިރަސް ވިހައި ގިނަވެ، […]

އިތުރަށް ވިދާޅުވުމަށް

އަތްދޮވުމުގެ މުހިއްމުކަން

އަތްދޮވުމަކީ ބަލިތަކުން ރައްކާތެރިވެ، ސަލާމަތުން ހުރުމަށްޓަކައި ކުރެވިދާނެ މުހިއްމު ކަމެކެވެ. މިއީ ފަސޭހައިން ކުރެވޭ އަތުން ލާރިތަކެއް ޚަރަދުކުރަންޖެހޭ ކަމެއް ނޫނެވެ. ސައިބޯނި ލައިގެން އަތްދޮވުމަކީ ކުޑަކުދިން އެންމެ ގިނައިން މަރުވާ ބަލިތައް ޖެހުމުގެ ހިރާސް ކުޑަކޮށްދޭނެ ކަމެކެވެ. އަތްދޮންނަށްޖެހެނީ ކީއްވެ؟ ސައިބޯނިލައިގެން އަތްދޮވުމަކީ ގައިންގަޔަށްއަރާ ތަފާތު އެތައް ބަލިތަކެއް ހުއްޓުވޭނެ އެންމެ ފަސޭހަ އަދި އެންމެ ރަނގަޅު އެއްގޮތެވެ. އެހެނީ ސައިބޯނިލައިގެން އަތްނުދޮވުމަކީ ގައިންގަޔަށްއަރާ ވަރަށް ގިނަ ބަލިތައް ފެތުރެން ދިމާވާ ކަމެކެވެ. ތަފާސް ހިސާބުތައް […]

އިތުރަށް ވިދާޅުވުމަށް

ބަނޑުހިކުން

ބަނޑުހިކުމަކީ ކޮބާ؟ އާންމުގޮތެއްގައި ބޮޑުކަމުދިއުމުގެ އާދަ އަދި ދެވޭ މިންވަރު އެކިމީހުންނަށް ތަފާތެވެ. ބައެއްމީހުން ދުވާލަކު އެއްފަހަރު، ނުވަތަ ދެފަހަރު ނުވަތަ ތިން ފަހަރު ބޮޑުކަމުދާން ޖެހޭއިރު، އަނެއްބައި މީހުންނަށް 2 ދުވަހުން އެއްފަހަރު ދެވެއެވެ. މަދުން ނަމަވެސް ހަފްތާއަކު ގިނަވެގެން 3 ފަހަރު ބޮޑުކަމުދާންޖެހޭ މީހުން ވެސް އުޅެއެވެ. ނަމަވެސް އުދަނގޫތަކެއް މެދުވެރި ނުވާކަމުގައި ވާނަމަ މިގޮތަށް ބޮޑުކަމުދާން ޖެހުމަކީ މައްސަލައެއް ނޫނެވެ. ބޮޑުކަމުދާންޖެހޭ ނިސްބަތް، މީހާގެ އުމުރާ، ކާންބޭނުންކުރާ ކާނާ، ހަރަކާތްތެރިވެ އުޅޭ މިންވަރާ […]

އިތުރަށް ވިދާޅުވުމަށް