ބަނޑުގައި ވައި ހެދުން ނުވަތަ ގެސްޓްރައިޓިސް އަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ މައްސަލައެކެވެ. މިމައްސަލަ އާންމުކޮށް ދިމާވަނީ ދިރިއުޅުމުގެ އާދަތައް ބައްޓަން ކުރެވޭ ގޮތުންނެވެ.މީގެ އިތުރުން ހަށިގަނޑުގައި ހުންނަ މައްސަލައެއްގެ ސަބަބުންވެސް މިކަން މެދުވެރި ވެދާނެއެވެ. ގިނަ މީހުންނަށް ގެސްޓްރައިޓިސް އަކީ މާބޮޑު ކަމެއް ނޫނެވެ. ބޭސް ބޭނުންކުރުމުން ލުއިކަން ލިބިގެން ދެއެވެ. ބަނޑުގައި ވައިހެދުން ނުވަތަ ގެސްޓްރައިޓިސް އަކީ މައިދާގެ ފާރު ދުޅަވުމެވެ. ނުވަތަ މައިދާގެ ފާރުގައި ދުޅައެއް އުފެއްދުމާއި، ބަނޑުގައި ވައިހެދި، އެކަމުގެ […]
ފުރަގަސްފަރާތު ބަލި
ފުރަގަސްފަރާތު ބައްޔޭ ބުނެވެނީ ބޮޑުކަމުދާ ދޮރު ނުވަތަ ފުރަގަސްފަރާތު ދޮރު ހިމެނޭ ހިސާބުގައިވާ ލޭހޮޅިތައް ނުވަތަ ލޭނާރުތައް ދެމި، ފުޅާވެ ފުއްޕުމަށް ނިސްބަތް ކޮށެވެ. މިބަލީގެ އުދަގޫ އާންމުކޮށް ކުރިމަތިވަނީ 20އަހަރާއި 50އަހަރާއި ދެމެދުގެ މީހުންނަށެވެ. އާބާދީގެ 50އިންސައްތަ މީހުންނަށް ފުރަގަސްފަރާތު ބަލީގެ އުދަގުލާއި އެމީހުންގެ ހަޔާތުގެ ކޮންމެ ވެސް ދުވަސްވަރެއްގައި ކުރިމަތިލާންޖެހޭ ކަމަށް ބައެއް ދިރާސާތަކުން ދައްކައެވެ. ފުރަގަސްފަރާތު ބަލި ޖެހުމަށް މެދުވެރިވާ ސަބަބުތައް މިބަލި ޖެހޭ ވަކި ސަބަބެއް ކަނޑައެޅިގެން ބުނާކަން ނޭގެއެވެ. ނަމަވެސް […]
ބަނޑުހިކުން
ބަނޑުހިކުމަކީ ކޮބާ؟ އާންމުގޮތެއްގައި ބޮޑުކަމުދިއުމުގެ އާދަ އަދި ދެވޭ މިންވަރު އެކިމީހުންނަށް ތަފާތެވެ. ބައެއްމީހުން ދުވާލަކު އެއްފަހަރު، ނުވަތަ ދެފަހަރު ނުވަތަ ތިން ފަހަރު ބޮޑުކަމުދާން ޖެހޭއިރު، އަނެއްބައި މީހުންނަށް 2 ދުވަހުން އެއްފަހަރު ދެވެއެވެ. މަދުން ނަމަވެސް ހަފްތާއަކު ގިނަވެގެން 3 ފަހަރު ބޮޑުކަމުދާންޖެހޭ މީހުން ވެސް އުޅެއެވެ. ނަމަވެސް އުދަނގޫތަކެއް މެދުވެރި ނުވާކަމުގައި ވާނަމަ މިގޮތަށް ބޮޑުކަމުދާން ޖެހުމަކީ މައްސަލައެއް ނޫނެވެ. ބޮޑުކަމުދާންޖެހޭ ނިސްބަތް، މީހާގެ އުމުރާ، ކާންބޭނުންކުރާ ކާނާ، ހަރަކާތްތެރިވެ އުޅޭ މިންވަރާ […]
ސަރުބީ މަތިވުން
ސަރުބީ މަތިވުމަ(hyperlipidemia)ކީ ލޭގައި ހުންނަ ސަރުބީ ގެ މިންވަރު ހުންނަންޖެހޭ މިންގަނޑަށްވުރެ މަތިވުމެވެ. އާންމު ގޮތެއްގައި ސަރުބީ މަތިވުން ނިސްބަތް ކުރެވެނީ ލޭގައި ސަރުބީގެ ވައްތަރުތައް ކަމުގައިވާ ކޮލެސްޓްރޯލް(cholesterol) އަދި “ޓްރައިގްލިސެރައިޑް”(triglyceride) ގެ މިންވަރު ހުންނަންޖެހޭ މިންގަނޑަށްވުރެ މަތިވުމަށެވެ. ލޭގައި ސަރުބީ ގެ މިންވަރު މަތިވުމަކީ ހިތުގެ ބަލިތަކާއި ލޭހޮޅިތައް ހަރުވުން ފަދަ ބަލިތަކަށް ފުރުޞަތު ހުޅުވިގެންދާނެ ކަމެކެވެ. މިދެންނެވި ބަލިތަކުގައި ލޭހޮޅިތަކުގެ ތެރޭގައި ކޮލެސްޓްރޯލް ނުވަތަ ސަރުބީ ޖަމާވެ، ލޭހޮޅިތަކުގައި ލޭދައުރުކުރުމުގައި ހުރަސްތަކާއި ކުރިމަތި ކުރުވައެވެ. […]
ސްޓްރޯކް ޖެހުން
ލިޔުނީ: ޑރ. ޢަބުދުލް ޢަޒީޒު ޙަމީދު ސްޓްރޯކް ޖެހު(stroke)މަކީ ނުވަތަ އެއްފަޅި ވާގިނެތުމަކީ މުޅި ހަށިގަނޑުން(ހަށިގަނޑުގެ ބަޔަކުން) ބާރުކެނޑޭ ބައްޔެކެވެ. މިބައްޔަށް ބައެއް ފަހަރު އެއްފަޅި ވާގިނެތޭ ބައްޔޭ ވެސް ކިޔައެވެ. ލޭމައްޗަށް ދިއުމުގެ ސަބަބުން ސިކުނޑީގެ ލޭހޮޅިއެއް ފެޅުން ނުވަތަ ބެދުމަށް ބޭސްވެރިކަމުގެ ބަހުރުވައިގައި ކިޔަނީ ”ސްޓްރޯކް”(stroke) އެވެ. އަދި ބައެއް ފަހަރު މަދުން ނަމަވެސް ”ބްރެއިން އެޓޭކް”(brain attack) އޭ ވެސް ކިޔައެވެ. ސްޓްރޯކްގެ ސަބަބުން ސިކުނޑީގެ ވަކި ހިސާބަކަށް ލޭގެންގޮސްދޭ ހޮޅި ބަންދުވެ، […]
ތައިރޮއިޑް މަތިވުން – ހައިޕަތައިރޮއިޑިޒަމް
ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް އިތުރުވުން ތައިރޮއިޑް މަތިވުން ނުވަތަ ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް ހަލުވިވެ އިތުރުވު(Hyperthyroidism)މަކީ ވަރަށް އާންމު ޞިއްހީ މައްސަލަ އެކެވެ. ތައިރޮއިޑް ގްލޭންޑް އަކީ ދަތްދޮޅިއަށްވުރެ ތިރިން ކަރުގެ ކުރިމަތި ފަރާތުގައި އިންނަ ގްލޭންޑް އެކެވެ. ހަށިގަނޑުގައި ހިނގާ ވަރަށް ގިނަ މަސައްކަތްތަކަށް އެހީތެރިވެދީ އަދި އެމަސައްކަތްތަކުގައި ބައިވެރިވާ ހޯރމޯންތައް (ތައިރޮކްސިން ހޯރމޯން އަދި ޓްރައިއަޔޯޑޯ ތައިރޮނީން ހޯރމޯން) މިގްލޭންޑް އިން އުފައްދައެވެ. ވުމާއެކު މިގްލޭންޑްގެ މަސައްކަތަށް ބުރޫއަރާ ކޮންމެ […]
ޕްރޮސްޓޭޓް ދުޅަވެ ބޮޑުވުން
ޕްރޮސްޓޭޓް ދުޅަވެ ބޮޑުވުން(BPH) ނުވަތަ ޕްރޮސްޓޭޓް ގްލޭންޑް އާދަޔާ ޚިލާފަށް ބޮޑުވުމަކީ ޢުމުރުން ދުވސްވުމުގެ ސަބަބުން ފިރިހެނުންނަށް ދިމާވާ އެންމެ އުނދަގޫ އެއް މައްސަލަ އެވެ.ނުވަތަ މިއީ ޕްރޮސްޓޭޓް ގްލޭންޑް ދުޅަވެ ސައިޒުން ބޮޑުވުމުގެ މައްސަލައެވެ. ޕްރޮސްޓޭޓް ގްލޭންޑަކީ ޢުމުރުގެ ދެ ދުވަސްވަރެއްގައި އޭގެ ސައިޒަށް ބޮޑެތި ބަދަލުތަކެއް އަންނަ ގުނަވަނެކެވެ. އެގޮތުން އެންމެ ފުރަތަމަ ބާލިޣުވާ އުމުރަށް އެޅޭ އިރު ޕްރޮސްޓޭޓް ގްލޭންޑްގެ ސައިޒު ދެގުނައަށް ބޮޑުވެއެވެ. ދެން ޢުމުރުން 25 އަހަރުގަ އަނެއްކާވެސް ޕްރޮސްޓޭޓް […]
ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް ދަށްވުން
ތައިރޮއިޑް ގްލޭންޑް އަކީ ދަތްދޮޅިއަށްވުރެ ތިރިން ކަރުގެ ކުރިމަތި ފަރާތުގައި އިންނަ ގްލޭންޑް އެކެވެ. ހަށިގަނޑުގައި ހިނގާ ވަރަށް ގިނަ މަސައްކަތްތަކަށް އެހީތެރިވެދީ އަދި އެމަސައްކަތްތަކުގައި ބައިވެރިވާ ހޯރމޯންތައް މިގްލޭންޑް އިން އުފައްދައެވެ. ވުމާއެކު މިގްލޭންޑްގެ މަސައްކަތަށް ބުރޫއަރާ ކޮންމެ ކަމަކީ އޭގެ ސަބަބުން ހަށިގަނޑުގެ ގިނަ މަސައްކަތްތަކަށް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމެކެވެ. ކާތަކެތިން ހަށިގަނޑުގެ ސެލްތަކަށް ބޭނުންވާ ހަކަތަ ހޯދުމަށް ހިންގާ މަސައްކަތް (metabolism) ކޮންޓްރޯލް ކުރަނީ ތައިރޮއިޑް ގްލޭންޑުންނެވެ. ތައިރޮއިޑް ގްލޭންޑް […]