ބިސްރަވައިގައި ސިސްޓް އުފެދޭ ބަލި

ބިސްރަވަ ނުވަތަ އޯވަރީގައި ސިސްޓް އުފެދޭ ބަލި (Polycystic Ovary Syndrome)ނުވަތަ ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމް އަކީ ދަރިމައިވުމުގެ އުމުރުފުރާގެ އަންހެނުންގެ މެދުގައި އާންމު ހޯރމޯނަލް ޑިސްއޯޑަރ އެކެވެ. ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމް ހުންނަ މީހުންނަށް ބައެއް ފަހަރު މައްސަރުކަންތައް ވަރަށް ކުޑަކޮށް ޖެހިދާނެ އެވެ. އަނެއްބައި ފަހަރު މައްސަރު ކަންތައް ޖެހުމަށްފަހު ރަނގަޅުނުވެ ދިގުލައި ހިނގައިދާނެ އެވެ. މިމައްސަލަ ހުންނަ އަންހެނުންގެ ހަށިގަނޑުގައި ފިރިހެން ހޯރމޯން ” އެންޑްރޯޖަން” ގެ ނިސްބަތް މަތިވެދާނެ އެވެ. ސަބަބު […]

އިތުރަށް ވިދާޅުވުމަށް

ގެސްޓްރޯ-އީސަފޭޖިއަލް ރިފްލަކްސް ޑިޒީޒް ނުވަތަ މަތިންއަރާ ބަލި

ގެސްޓްރޯ-އީސަފޭޖިއަލް ރިފްލަކްސް ޑިޒީޒް(GERD) އަކީ ބަނޑުގައި ހުންނަ ގޭސް (އެސިޑް) ކާތަކެތި ހިނގާހޮޅިން މައްޗަށް އެރުމުން ކުރިމަތިވާ ހާލަތެކެވެ. މިގޮތަށް ބަނޑުގައި ހުންނަ ގޭސް މައްޗަށް ގޮސް ކާތަކެތި ހިނގާހޮޅިއަށް ވާޞިލްވުމަކީ ކާތަކެތި ހިނގާހޮޅީގެ އެތެރޭގެ ބަތާނަފަށަށް ހިލިގަތުން (irritation) ކުރިމަތިކުރުވާނެ ކަމެކެވެ.މިބައްޔަށް ބައެއް ފަހަރު “މަތިންއަރާބަލި” މިހެން ކިޔައި އުޅެއެވެ. އާންމު ގޮތެއްގައި މަތިންއަރާ ބައްޔަކީ ކާތަކެތި ހިނގާހޮޅީގެ ތިރީގައިވާ ސްފިންކްޓަރ (މައިދާ އާއި، ކާތަކެތި ހިނގާހޮޅިއާއި ދެމެދުގައިވާ ވަށް މަސްގަނޑު) އަށް އަސަރުކުރާ، ހަޖަމުކުރާ […]

އިތުރަށް ވިދާޅުވުމަށް

އަލްސަރޭޓިވް ކޮލައިޓިސް

އަލްސަރޭޓިވް ކޮލައިޓިސް(Ulcerative colitis) އަކީ ދާއިމީ ސިފައެއްގައި ދިގުދެމިގެންދާ ގޮތަށް ބޮޑުގޮހޮރުގެ ބަތާނަ ދުޅަވެ، ފާރު އުފެދޭ ބައްޔެކެވެ. މިއީ ބޮޑުގޮހޮރު ދުޅަވާ ބައްޔެކެވެ. ނުވަތަ ބޮޑު ގޮހޮރ ދުޅަވާ ބަލިތަކުގެ ގޮތުގައި ގުނާލެވޭ “އިންފްލެމޭޓަރީ ބަވަލް ޑިޒީޒް”(Inflammatory bowel disease) އެކެވެ. ލަފްޒީ ގޮތުން ބަލާއިރު “އަލްސަރޭޓިވް” ގެ މާނައަކީ “ފާރު އުފައްދަނިވި/ ފާރުއުފައްދާ” މިއެވެ. “ކޮލައިޓިސް”ގެ މާނައަކީ “ބޮޑުގޮހޮރު ދުޅަވުން” މިއެވެ. މިއީ ހަޖަމުކުރާ ނިޒާމުގައި ޚާއްޞަކޮށް ބޮޑުގޮހޮރާއި ފުރަގަސްފަރާތުގައި ދިގުމުއްދަތަކަށް ދެމިގެންދާ ގޮތަށް […]

އިތުރަށް ވިދާޅުވުމަށް

މުޅިން ފަސޭހަ ނުކުރެވޭ ބަލިތައް ދުރާލާ ދެނެގަތުން – ހަކުރުބަލި

އިންސާނާ ޢުމުރުން ދުވަސްވުމާއި ވިދިގެން ހަށިގަޑުގައި އަށަގަންނަ މުޅި ޢުމުރަށް ދެމިހުންނަ ވަރަށް ގިނަ ބަލިތައް ހުރެއެވެ. މިފަދަ ބަލިތައް ޖެހުމުގައި، ތިމާގެ ދިރިއުޅުމުގެ އާދަކާދަތަކުގެ އިތުރުން، ވިރާސީ ގޮތުން ހަށިގަނޑު އެކުލެވިފައިވާ ގޮތްވެސް މުހިންމު ރޯލެއް އަދާކުރެއެވެ. ވީމާ، ދިރިއުޅުމުގެ އާދަކާދަތައް ސިއްހީ ނަޒަރުން ކިތަންމެ ފުރިހަމައަށް ބައްޓަން ކުރެވުނަސް، ބައެއް ކަހަލަ ބަލި އަށަގަތުމުގެ ފުރުސަތު ހާޒިރުވުމަކީ އަބަދުވެސް އޮންނަ ބިރެކެވެ. މި ނުތަނަވަސް ހަޤީޤަތް ފުރޮޅާލެވޭނެ މަގެއް އޮވެދާނެބާއެވެ؟

އިތުރަށް ވިދާޅުވުމަށް

ކަށިފީވުން

އުމުރުން ދުވަސްވެ މުސްކުޅިވުމުން ވަރަށް ގިނަ މީހުންނަށް ކަށީގެ ޓެސްޓުތައް ހެދުމަށް ޑޮކްޓަރުން ލަފާދެއެވެ. ހަމަ މިހެން ފުރާވަރުގެ އުމުރުގެ ކުޑަކުދިންނަށް ކެލްސިއަމްއާއި، ފޮސްފަރަސް އެކުލެވޭ ކާނާ ބޭނުންކުރުމަށް އިރުޝާދު ދެއެވެ. މިފަދަ އިރުޝާދު ތަކުގެ ބޭނުމަކީ އުމުރުން ދުވަސްވުމުން ކަށިތަކަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ކުރުމެވެ. ކައްޓަކީ އޭގެ ޒާތުގައި އުފެދި ބޮޑުވަމުން އަންނަ ޓިޝޫއެކެވެ. ކަށި އުފެދެނީ ކޮލެޖިން ކިޔާ ޕްރޮޓީން އަކާއި، ކެލްސިއަމް ފޮސްފޭޓް އެއްވެގެންނެވެ. ކަށިތަކުގެ ބާރުގަދަވެ ހަރުކޮށް ހުރުމުގެ ސިއްރަކީ […]

އިތުރަށް ވިދާޅުވުމަށް

ބިސްރަވައިގެ ކެންސަރު

އަންހެނުންގެ ދަރިމައިވުމުގެ ބިސް އުފެދެނީ ބިސްރަވަ (Ovary) ނުވަތަ ބިސްއުފައްދާތަނުގެ ތެރޭގައެވެ. ކޮންމެ އަންހެނެއްގެ ވެސް ދެބިސްރަވަ ވެއެވެ. ބިސްރަވައިގެ ސައިޒަކީ ގާތްގަނޑަކަށް އާމަންޑް މަދެއްގެ ސައިޒެވެ. ބިސްރަވަ އޮންނަނީ ރަހިމުގެ ދެފަރާތުގައި ބިސްދަތުރުކުރާ ހޮޅީގެ ރަހިމާއި ދުރަށްދިޔަކޮޅުގައެވެ. ރަހމާއި، ބިސްރަވަ ގުޅުވައިދޭ ހޮޅިއަކީ ބިސްދަތުރުކުރާ ހޮޅި އެވެ. ބިސްރަވަ އިން ބިސް ދޫކުރުމުގެ އިތުރުން އެސްޓްރަޖަން އަދި ޕްރޮޖެސްޓަރޯން ހޯރމޯން އުފައްދައިދެއެވެ. ބިސްރަވައިގެ ކެންސަރު ނުވަތަ ބިސްއުފައްދާތަނުގެ ކެންސަރަކީ އާންމު ގޮތެއްގައި އުމުރުން ދުވަސްވީ މީހުންނަށްޖެހޭ […]

އިތުރަށް ވިދާޅުވުމަށް

ރަހިމުގެ ދޮރުގެ ކެންސަރު

ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު ނުވަތަ “ސާރވިކަލް ކެންސަރަ”ކީ ރަހިމުގެ ދޮރުގެ ސެލްތަކަށް އަންނަ ބަދަލަކުންޖެހޭ ކެންސަރެކެވެ. ދިވެހިރާއްޖޭގައި އާންމުކޮށް ފެންނަ 10 ބާވަތުގެ ކެންސަރުގެ ތެރޭގައި ރަހިމުގެ ދޮރަށްޖެހޭ ކެންސަރު ހިމެނެއެވެ. މިއީ ކޮންމެ އަންހެނަކަށް ވެސް ޖެހިދާނެ ކެންސަރެކެވެ. ރަހިމުގެ ދޮރުގެ ކެންސަރަކީ ރަހިމުގެ ކަރަށް ނުވަތަ ރަހިމުގެ ދޮރަށް ޖެހޭ ކެންސަރެވެ. އަންހެނުންގެ ދަރިމައިވުމުގެ ނިޒާމް ނުވަތަނަސްލު އުފައްދާ ނިޒާމަށް ޖެހޭކެންސަރުގެ ދެބައިކުޅަ އެއްބައި ކެންސަރު ޖެހެނީ މިގުނަވަނަށެވެ. މިއީ މުޅި ދުނިޔެއަށް […]

އިތުރަށް ވިދާޅުވުމަށް

ފުރަމޭގެ ކެންސަރު

ފުރަމޭގެ ކެންސަރަކީ ދުނިޔޭގައި އެންމެ އާންމު ކެންސަރުގެ ވައްތަރުތަކުގެ ތެރޭގައި ހިމެނޭ ވައްތަރެކެވެ. ފުރަމޭ ގެ ކެންސަރު ޖެހެނީ ފުރަމޭ ދުޅަވުން، އަދި ފުރަމޭ ހަލާކުވުން ފަދަ ކަމެއް މެދުވެރިވެގެންނެވެ. ފުރަމޭގެ ކެންސަރު ޖެހޭމީހުންގެ 20-10 އިންސައްތަ އޮޕަރޭޝަންކޮށްގެން ރަގަޅު ކުރެވެއެވެ. ފުރަމޭ ދުޅަވުން ފަދަ ބަލިތައް އާންމު ނޫން ގައުމުތަކުގައި ފުރަމޭގެ ކެންސަރު ޖެހިފައި ގިނައިން ހުންނަނީ ހަށިގަނޑުގެ ކޮންމެވެސް އެހެން ބަޔަކަށް ކެންސަރު ޖެހި އޭގެ އަސަރުފުރަމޭއަށް ކުރުން ފަދަ ގޮތަކަށެވެ. ފުރަމޭގެ ކެންސަރަށް […]

އިތުރަށް ވިދާޅުވުމަށް