އަތްދޮވުމަކީ ބަލިތަކުން ރައްކާތެރިވެ، ސަލާމަތުން ހުރުމަށްޓަކައި ކުރެވިދާނެ މުހިއްމު ކަމެކެވެ. މިއީ ފަސޭހައިން ކުރެވޭ އަތުން ލާރިތަކެއް ޚަރަދުކުރަންޖެހޭ ކަމެއް ނޫނެވެ. ސައިބޯނި ލައިގެން އަތްދޮވުމަކީ ކުޑަކުދިން އެންމެ ގިނައިން މަރުވާ ބަލިތައް ޖެހުމުގެ ހިރާސް ކުޑަކޮށްދޭނެ ކަމެކެވެ. އަތްދޮންނަށްޖެހެނީ ކީއްވެ؟ ސައިބޯނިލައިގެން އަތްދޮވުމަކީ ގައިންގަޔަށްއަރާ ތަފާތު އެތައް ބަލިތަކެއް ހުއްޓުވޭނެ އެންމެ ފަސޭހަ އަދި އެންމެ ރަނގަޅު އެއްގޮތެވެ. އެހެނީ ސައިބޯނިލައިގެން އަތްނުދޮވުމަކީ ގައިންގަޔަށްއަރާ ވަރަށް ގިނަ ބަލިތައް ފެތުރެން ދިމާވާ ކަމެކެވެ. ތަފާސް ހިސާބުތައް […]
މާބަނޑު ދުވަސްވަރު ނޭފަތުން ލޭއައުން
މާބަނޑު ދުވަސްވަރު ނޭފަތުން ލޭއައުމަކީ އާންމު ކަމެކެވެ. މިކަން ބޮޑަށް ކުރިމަތިވަނީ ބަނޑަށް 4 މަސް ވުމަށްފަހު ވިހެއުމާއި ދޭތެރޭގައެވެ. ބަލިވެއިންނަ ކޮންމެ 5 އަންހެނުންގެ ތެރެއިން 1 މީހަކަށް ނޭފަތުން ލޭއައުމުގެ މައްސަލަ ދިމާވެއެވެ. މާބަނޑު ދުވަސްވަރު ނޭފަތުން ލޭއައުމަކީ އާންމުކޮށް އެހާ ސީރިއަސް މައްސަލައެއް ނޫނެވެ. މިކަން ބައެއް ފަހަރު ފާހަގަ ނުވެވެސް ހިނގައިދާނެއެވެ. ސަބަބު ސަބަބު ނޭފަތުން ލޭއައުން، ނޭފަތު އެތެރެހިކުން، ނޭފަތް ބެދުން، ފަދަ އުދަގޫތައް ކުރިމަތިވަނީ ނޭފަތާއި، އަނގަޔާއި، އަދި […]
ބުޅަލުގެ ޒަރީޢާއިން ފެތުރޭ ބަލިތައް
ބުޅަލުގެ ޒަރީޢާއިން ފެތުރިދާނެ ބަލިތައް ބުޅަލުގެ ޒަރީޢާއިން ފެތުރޭ ބަލިތައް މާނަކުރެވެނީ ބުޅަލުގައި ނަޖިހުގައި އެކުލެވޭ ޖަރާސީމުތަކުގެ ސަބަބުން ފެތުރޭ ބަލިތަކަށެވެ. ބުޅަލުގެ ފުށުން އިންސާނުންނަށް ޖެހެނީ ވަރަށް މަދު ބަލިތަކެކެވެ. އެގޮތުން ޖެހޭ ބަލިތަކުގެ ތެރެއިން ވެސް އިންސާނުންގެ ފުރާނައަށް ނުރައްކާވާ ފަދަ ހާލަތްތަކެއް މެދުވެރިކުރުވަނީ އެންމެ ދެބަލީގެ ސަބަބުންނެވެ. އެއީ ރޭބީޒް އަދި ޓޮކްސޯޕްލާޒްމޯސިސް އެވެ. ބުޅަލުގެ ނަޖިހަކީ ވަރަށް ގިނަ ގައިންގަޔަށްއަރާ ބަލިތަކުގެ މަސްދަރަކަށްވުމަކީ އެކަށީގެންވާ ކަމެކެވެ. ބުޅަލުގެ ޒަރީޢާއިން ބަލިފެތުރިދާނެ ގޮތްތައް […]