ގުރުދާ ފޭލްވު(kidney failure)މުގެ މާނައަކީ ދެގުރުދާގެ ތެރެއިން އެއްވެސް ގުރުދާއެއް އޭގެ ޒާތުގައި އަމިއްލައަށް މަސައްކަތް ނުކުރެވުމެވެ. އެހެން ގޮތަކަށް ބުނާނަމަ ދެގުރުދާގެ ވެސް %90-85 މަސައްކަތް ނުކުރުމެވެ. ގުރުދާ ފޭލްވުން ބައެއް ފަހަރު އެކިޔުޓް ކަމެއްގެ ގޮތުގައި ނޫނީ ކްރޯނިކް ކަމެއްގެ ގޮތުގައި ވެސް ކުރިމަތި ވެދާނެ އެވެ. ގުރުދާ ފޭލްވުމަކަށް ފަރުވާއެއް ނޯވެއެވެ. ނަމަވެސް ފަރުވާއާއެކު އުފާވެރި ދިރިއުޅުމެއް ހޭދަކުރެވިދާނެއެވެ. ދުނިޔޭގެ އާބާދީގެ 2 މިލިޔަން މީހުންނަށް ގުރުދާ ފޭލްވުން ކުރިމަތިވެފައި ވެއެވެ. […]
ހުދުބަލި
ހުދުބަލި(vitiligo) ހުދު ބައްޔަކީ ހަށިގަނޑުގެ ހަން ހުދުވާ ބައްޔެކެވެ. ނުވަތަ ހަމުގެ ހަގީގީ ކުލަދާ ބައްޔެކެވެ. މިބަލިޖެހުމުން ހަމުގެ އެކި ހިސާބުތަކުގައި ހުދުކުލައިގެ ލައްތަކެއް ޖަހައެވެ. މިލައްތައް ހުންނަނީ ހުދުކުލައިގެ ތިކިތަކެއް ނޫނީ ޕެޗްތަކެއްގެ ގޮތުގައެވެ. އަދި މިހުދުކުލައިގެ ލައްތައް ހުންނާނީ އާދައިގެ ހަންގަނޑެކޭ އެއްގޮތަކަށެވެ. މިގޮތަށް ހަން ހުދުވަނީ އެހިސާބުގައި ހުންނަ މުށިކުލަ ފިލައިދިއުމުންނެނެވެ. ނުވަތަ އެހިސާބުގައި ހުންނަ މެލަނިން ޕިގްމެންޓްތައް ފިލައި ދިއުމުންނެވެ. ހުދުބަލީގައި ބައެއް މީހުންގެ ހަމުގައި ކުދިކުދި ތިކިތަކެއްގެ މިންވަރަށް ހަން ހުދުވިޔަސް […]
ތައިރޮއިޑް ނޮޑިއުލް (ތައިރޮއިޑް ގްލޭންޑްގައި ގަނޑުލުން)
ތައިރޮއިޑް ނޮޑިއުލް (ތައިރޮއިޑް ގްލޭންޑްގައި ގަނޑުލުން) ތައިރޮޑް ނޮޑިއުލް (thyroid nodule) އަކީ ތައިރޮއިޑް ގްލޭންޑް ގައި އުފެދޭ ކުދި ދުޅައެކެވެ. ނުވަތަ ތައިރޮއިޑް ގްލޭންޑްގައި ލާ ގަނޑެކެވެ. ތައިރޮއިޑް ނޮޑިއުލްސް އަކީ ތައިރޮއިޑް ގްލޭންޑްގެ ތެރޭގައިވާ ދިރުތައް (thyroid cells) އާދަޔާ ޚިލާފަށް ހެދިބޮޑުވުމުން (unusual growth) އުފެދޭ ހަރު ނުވަތަ ދިޔައިން-ފުރިފައިވާ ލަމްޕް (lump) ތަކެކެވެ. ނުވަތަ ދުޅަތަކެކެވެ. ނޫނީ ގަނޑުތަކެކެވެ. ތައިރޮއިޑް ގްލޭންޑް އަކީ ކޮކާލެއްގެ ސިފަޔަށް ކަރުގެ ކުރިމަތިން އިންނަ ކުޑަ […]
ތައިރޮއިޑް ދުޅަވުން
ތައިރޮއިޑް ދުޅަވުން(thyroiditis) ނިސްބަތްކުރެވެނީ އެއްވެސް ސިފައެއްގައި ތައިރޮއިޑް ގްލޭންޑް ދުޅަވުމަށެވެ. ތައިރޮއިޑް ދުޅަވުމުގެ ވަރަށް ގިނަ ވައްތަރުތައް ހުރެއެވެ. އެެންމެ އާންމު ވައްތަރަކީ ހަޝިމޮޓޮސް ތައިރޮއިޑައިޓިސް އެވެ. ތަފާތު ވައްތަރުތަކުގެ ފެންނަ އަލާމާތްތަކާއި، ކުރިމަތިވާ އުދަނގޫތައް އަދި ފާހަގަވާ ކަންތައްތައް ކޮންމެވެސް މިންވަރަކަށް ތަފާތު ވުމަކީ އެކަށީގެންވާ ކަމެކެވެ. ތައިރޮއިޑް ގްލޭންޑް އަކީ ކޮކާލެއްގެ ސިފަޔަށް ކަރުގެ ކުރިމަތިން އިންނަ ކުޑަ ގްލޭންޑް އެކެވެ. ތައިރޮއިޑް ގްލޭންޑް އިން ދޫކުރާ ތައިރޮއިޑް ހޯރމޯން ތަކަކީ ހަށިގަނޑުގެ މުހިއްމު މަސައްކަތްތައް […]
ތައިރޮއިޑް ކެންސަރު
ތައިރޮއޑް ކެންސަރު(thyroid cancer) ނުވަތަ ތައިރޮއިޑް ގްލޭންޑް ގެ ކެންސަރަކީ ތައިރޮއިޑް ގްލޭންޑްގެ ސެލް/ދިރު ތަކުން އުފެދިގެން އަންނަ ކެންސަރެކެވެ. ވަރަށް ގިނަ ވައްތަރުތަކުގެ ކެންސަރު ތައިރޮއިޑް ގްލޭންޑް އަށް ޖެހެއެވެ. ތައިރޮއިޑް ގްލޭންޑް ގައި އުފެދޭ ކޮންމެ ޓިއުމަރެއް ކެންސަރަކަށް ބަދަލެއް ނުވެއެވެ. ކެންސަރު އުފައްދަނީ ގާތްގަނޑަކަށް އެންމެ %5 ޓިއުމަރެވެ. ބައެއް ވައްތަރުގެ ތައިރޮއިޑް ކެންސަރު ވަރަށް ލަސްލަހުން ހެދިބޮޑުވާއިރު، އަނެއްބައި ވައްތަރުތައް ވަރަށް އަވަހަށް ހެދިބޮޑުވެ، އޭގެ ސަބަބުން ނުރައްކާތައް ކުރިމަތިކުރުވާކަން ފާހަގަ ކުރެވެއެވެ. […]
އާތުރައިޓިސް
އާތުރައިޓިސް: އާންމު ނަޒަރެއް އާތުރައިޓިސްގެ މާނައަކީ “ހުޅުދުޅަވުމެވެ” މިއީ ހުޅުތައް ދުޅަވާ ބައްޔެކެވެ. އާތުރައިޓިސް އާންމު ގޮތެއްގައި ނިސްބަތްކުރެވެނީ އިންސާނާގެ ހަށިގަނޑުގައިވާ ހުޅުތަކުގެ ތެރެއިން ހުޅެއް( އެންމެ ހުޅެއް) ނުވަތަ އެއް ހުޅަށްވުރެ ގިނަ ހުޅުތައް ދުޅަވެ، ހުޅުގައި ބީހިލުމުން ތަދު އިހުސާސްވުމަށެވެ. އާތުރައިޓިސް އެންމެ މައިގަނޑު އަލާމާތަކީ ހުޅުދުޅަވުން، ހުޅުހަރުއެރުމެވެ. އާންމު ގޮތެއްގައި އުމުރުން ދުވަސްވާ ވަރަކަށް ހުޅުދުޅަވުމުގެ މައްސަލަ ގޯސްވަމުންދާނެ އެވެ. ހަތަރު ހުޅަށްވުރެ ގިނަ ހުޅު އެއްފަހަރާ ދުޅަވެ، އުދަނގޫތައް ކުރިމަތިވެއްޖެނަމަ “ޕޮލީ […]
ގުރުދާގައި އުފެދޭ ހިލަ
ގުރުދާގައި އުފެދޭ ހިލަ(kidney stone) އަކީ ތަފާތު މަޢުދަން ތަކާއި، ލޮނު ނޫނީ ކްރިސްޓަލް ތައް އެއްވެގެން އުފެދޭ ހަރު މާއްދާ އެކެވެ. ގުރުދާގައި ހިލަ އުފެދެނީ މައުދަންތަކާއި، ލޮނުގެ ބާވަތްތައް އެއްވެ، ގުރުދާގައި ޖަމާވާގޮތްވުމުންނެވެ. ކުޑަކަމުދާއިރު ލޭއައުން، ދަށްބަނޑުން އެއްފަޅިއެއްގައި ރިހުން ފަދަ ކަންކަމަކީ ގުރުދާގައި ހިލައުފެދުމުން ފެނިދާނެ ބައެއް އަލާމާތްތަކެވެ. އާބާދީގެ ކޮންމެ 20 މީހަކުން 1 އަށް އުމުރުގެ ކޮންމެ ވެސް ދުވަސްވަރެއްގައި ގުރުދާގައި ހިލައުފެދުން ކުރިމަތިވާ ކަމަށް ތަފާސް ހިސާބު ތަކުން […]
ހާނިއާ: އާންމު ނަޒަރަކުން ހާނިއާ
(Hernia) ކުރިމަތިވަނީ އެތެރެ ހަށީގެ ގުނަވަނެއް ނުވަތަ ގުނަވަނެއްގެ ބައެއް ނޫނީ ހަށިގަނޑުގެ އެހެން ބައެއް (މިސާލަކަށް ސަރުބީ ސެލޯށި) ، ހަށިގަނޑުގައި ހާނިއާ ނިކުންނަ ހިސާބެއްގެ ވަށައިގެންވާ މަސްތަކުގެ ނޫނީ މަސްގަނޑެއްގެ ފާރުގައި ނޫނީ ފޭޝިއާ ފަދަ ގުޅުވައިދެނިވި ސެލޯށި ތަކުގައި ހުންނަ ބާރުދެރަ ތަންކޮޅެއް ތެރެއިން ނުވަތަ މަސްތަކުގެ ފާރުގައި ހުންނަ ދެރަކަމެއްގެ ސަބަބުން ބޭރަށް ނިކުތުމުންނެވެ. ހާނިއާގެ ސަބަބުން ބަނޑުގައި ނޫނީ އުކުޅުވަޅުގައި ފުއްޕުމެއް ނުވަތަ ނިކުތުމެއް ނިކުމެފައި އިނަސް، ގިނަ ފަހަރު […]