މާބަނޑު ދުވަސްވަރު ނޭފަތުން ފެންއައުން، ނޭފަތް ބެދި، ނޭފަތުތެރެ ހިރުވައި، ކިނބިހިއެޅި، ރޯގާ ޖެހުން ފަދަ ކަންކަން ކުރިމަތިވުމަކީ ބައެއް ފަހަރު ވެދާނެ ކަމެކެވެ. ބައެއް ފަހަރު ނޭވާލާ ނިޒާމަށް އެލާޖީގެ އުނދަގޫތައް ވެސް ކުރިމަތިވެދާނެ އެވެ. ކުރިން ނޭވާލާ ނިޒާމަށް ދިމާވާ އެލާޖީ (މިސާލަކަށް ހިރަފުހަށް އެލާޖީވުން) ގެ މައްސަލަ ދިމާނުވާ މީހަކަށް ވެސް މާބަނޑުވުމުން މިފަދަ އެލާޖީ ކުރިމަތިވުމަކީ ވެދާނެ ކަމެކެވެ. މާބަނޑު އަންހެނުންގެ ތެރެއިން %30 މީހުންނަށް މިމައްސަލަ ދިމާވާކަން ފާހަގަ ކުރެވެއެވެ. […]
މާބަނޑު ދުވަސްވަރު ހަމަށް އަންނަ ބަދަލުތައް
މާބަނޑު ދުވަސްވަރު ހަމަށް ވަރަށް ގިނަ ބަދަލުތައް އާދެއެވެ. އެގޮތުން މާބަނޑު ދުވަސްވަރު ހަމަށް އަތުވެދާނެ ބަދަލުތަކުގެ ތެރޭގައި ނޫނީ ހަމުން ފާހަގަވެދާނެ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ. ސްޓްރެޗް މާކު އުފެދުން ހަމުގެ ކުލައަށް ބަދަލުއައުން ހަމުގެ ލޭނާރުތައް ފާޅުވެ، ފެންނަން ހުރުން ހަމުގައި ލައްޖެހުން ނޫނީ އޮށާޅަނެގުން ހަމުގެ ނާޒުކުކަން އިތުރުވެ، ހިރުވައި ކެހުން ސަބަބު މާބަނޑު ދުވަސްވަރު ހަމަށް ބަދަލު އަންނަނީ ބަލިވެ އިނުމާއި ގުޅިގެން، ހޯރމޯންތަކާއި، ހަށިގަނޑުގެ ދިފާޢީ ބާރާއި، […]
މާބަނޑު ދުވަސްވަރު ނޭވާ ކުރުވުން
މާބަނޑު ދުވަސްވަރު ނޭވާކުރުވުމަކީ އާންމު ކަމެކެވެ. މާބަނޑު ވުމަށްފަހު ފުރަތަމަ 3 މަހާއި، އަދި ދެވަނަ 3 މަހުގެ ތެރޭގައި ވެސް ނޭވާކުރުވެ، ނޭވާލާން އުނދަގޫވުމަކީ ވެދާނެ ގޮތެކެވެ. ސަބަބު މާބަނޑު ދުވަސްވަރު ހަށިގަނޑަށް އޮކްސިޖަން ބޭނުންވާ މިންވަރު އިތުރުވާނެއެވެ. މިކަން (އޮކްސިޖަން އިތުރަށް ބޭނުންވާ ބޭނުންވުން) ހަށިގަނޑުން ހަމައަކަށް އަޅުވަނީ ތަފާތު ގޮތްތަކުންނެވެ. ބަލިވެއިނުމުން ޕްރޯޖެސްޓަރޯން ހޯރމޯން އިތުރުވުމުން، އޭގެ އަސަރު ސީދާ ފުއްޕާމެޔަށް ކުރާގޮތްވެއެވެ. އަދި ސިކުނޑީގައިވާ ނޭވާލުމަށް އެހީތެރިވެދޭ މަރުކަޒު ހީވާގިކޮށް ހަރަކާތްތެރި […]
މާބަނޑު ދުވަސްވަރު ހިރުގަނޑުން ލޭއައުން
ހިރުގަނޑުން ލޭއައުމަކީ މާބަނޑު ދުވަސްވަރު އާންމު ކަމެކެވެ. ބަލިވެއިނުމާއި ގުޅިގެން %50އިންސައްތަ އަންހެނުންނަށް ހިރުގަނޑުން ލޭއައުމުގެ މައްސަލަ ކުރިމަތިވެއެވެ. ސަބަބު މާބަނޑުދުވަސްވަރު ހަށިގަނޑުގައި ޕްރޯޖެސްޓަރޯންއާއި، އެސްޓްރަޖަން ހޯރމޯންގެ މިންވަރު އިތުރުވުމުގެ ސަބަބުން ހިރުގަނޑު ދުޅަވެ، ރަތްވެ، ދަތްއުގުޅާއިރު ފަސޭހައިން ލޭއަންނަގޮތް ވެއެވެ. ހަމަމިހެން ހަށިގަނޑުގައި އެކުލެވޭ ވިޓަމިންސީގެ މިންވަރު ދަށްވުމަކީ ވެސް ހިރުގަނޑުގައި ރިހި، ފަސޭހައިން ލޭއައުމަށް މަގުފަހިކޮށްދޭ ކަމެކެވެ. ދިމާވެދާނެ މައްސަލަތައް ހިރުގަނޑު ދުޅަވެ، ހިރުގަނޑުން ލޭއަންނަ މައްސަލައަށް ފަރުވާނުކޮށް ދޫކޮށްލުމަކީ އޭގެ ސަބަބުން ދަތުގެ […]
މާބަނޑު ދުވަސްވަރު ނިދިނައުން
މިއީވެސް ވަރަށް ގިނަ އަންހެނުން މާބަނޑު ދުވަސްވަރު ކުރާ ޝަކުވާއެކެވެ. މިއީ ވަރަށް އާންމު ކަމެކެވެ. އާންމު ގޮތެއްގައި މާބަނޑު އަންހެނުންނަށް ރޭގަނޑު ނިދޭ މިންވަރު މަދުކަން ފާހަގަކުރެވެއެވެ. އާންމުކޮށް ނިދިނައުމުގެ މައްސަލަ ކުރިމަތިވަނީ ފުރަތަމަ 3މަހާއި، ފަހު 3މަހުގެ ތެރޭގައެވެ. ޚާއްޞަކޮށް ފަހު 3 މަހުގެ ތެރޭގައި މާބަނޑު އަންހެނުންގެ ތެރެއިން %50 މީހުންނަށް ނިދިނައުމުގެ މައްސަލަ (ނިދިމަދުވުން) ކުރިމަތިވާކަން ފާހަގަ ކުރެވެއެވެ. ބައެއް ހޯދުންތައް ހެކިދޭގޮތުގައި ބަލިވެއިންނަ ކޮންމެ 10 މީހުންގެ ތެރެއިން 8 […]
މާބަނޑު ދުވަސްވަރު އައްސިވުން
މާބަނޑު ދުވަސްވަރު – އަތްތިލައާއި، އިނގިލިތައް އައްސިވުން ބަލިވެއިންނަ %70 އަންހެނުންނަށް ދެއަތްތިލައާއި، އިނގިލިތައް އައްސިވުން މާބަނޑުވުމަށްފަހު ކޮންމެވެސް ދުވަސްވަރެއްގައި ކުރިމަތިވެއެވެ. ނަމަވެސް އާންމުކޮށް ގިނަ މީހުންނަށް މިކަން ކުރިމަތިވަނީ ބަލިވެއިނުމަށްފަހު، އެންމެ ފަހު6 މަހުގެ ތެރޭގައި ޚާއްޞަކޮށް އެންމެ ފަހު 3 މަހުގެ ތެރޭގައެވެ. ޚާއްޞަކޮށް އަތްފައި ފޮއްސިވާން ފެށުމަށްފަހުގައެވެ. ސަބަބު މާބަނޑު ދުވަސްވަރު ދެއަތްތިލައާއި، އިނގިލިތަކަށް ތަދުވެ، ކަށިހަރާހެންހީވެ، އައްސިވުން ކުރިމަތިވަނީ ”ކާޕަލް ޓަނެލް ސިންޑްރޯމް”(Carpal tunnel syndrome)ކިޔާ ބައްޔެއްގެ ސަބަބުންނެވެ. ”ކާރޕަލް ޓަނެލް” […]
މާބަނޑު ދުވަސްވަރު – ބޮލުގައި ރިހުން
ލިޔުނީ: ޑރ. ޢަބުދުލް ޢަޒީޒު ޙަމީދު ބޮލުގައި ރިހުމަކީ ވެސް ބަލިވެއިނުމަށްފަހު ވިހެއުމާއި، ދޭތެރޭ ކޮންމެ ދުވަސްވަރެއްގައި ވެސް ކުރިމަތިވެދާނެ ކަމެކެވެ. މިއީ މާބަނޑު އަންހެނުންގެ އެންމެ އާންމު އެއް ޝަކުވާ އެވެ. އާންމުގޮތެއްގައި މިއީ އެހާ ސީރިއަސް މައްސަލައެއް ނޫނެވެ. އެކިމީހުންނަށް ބޮލުގައި ރިހުން ކުރިމަތިވާ މިންވަރާއި، ގިނަމަދުމިން ތަފާތެވެ. އެންމެ އާންމުކޮށް މާބަނޑު ދުވަސްވަރު ވެސް ކުރިމަތިވަނީ ދިރިއުޅުމުގައި ދިމާވާ ފިއްތުންތަކާއި، ފިކުރުބޮޑުވުމުގެ ސަބަބުން ކުރިމަތިވާ ބޮލުގައި ރިހުމެވެ. ސަބަބު ފުރަތަމަ 3 މަހުގައި […]
މާބަނޑު ދުވަސްވަރު – ވަރުބަލިވުން
ލިޔުނީ: ޑރ. ޢަބުދުލް ޢަޒީޒު ޙަމީދު މިއީ އެންމެ އާންމުކޮށް ދިމާވާ އެއް މައްސަލައެވެ. ބައެއް އަންހެނުންނަށް މާބަނޑުވާ ހިސާބުން ފެށިގެން ގޮސް، ވިހަންދެން ވެސް ވަރުބަލިކަން އިހުސާސްވުމަކީ ވެދާނެގޮތެކެވެ. ނަމަވެސް އާންމުކޮށް ގިނަ މީހުންނަށް ފުރަތަމަ ތިންމަހާއި، ފަހުތިންމަހުގައި ވަރުބަލިކަން މާބޮޑަށް އިހްސާސްވެއެވެ. އެކި މީހުންނަށް ވަރުބަލިކަން އިހުސާސްވާވަރު ތަފާތުވުމަކީ ވެދާނެ ގޮތެކެވެ. ފުރަތަމަ 3 މަހުގެ ތެރޭގައި ވަރުބަލިކަން ހުރުމަށްފަހު، ދެވަނަ 3 މަހުގެ ތެރޭގައި ވަރުބަލިކަން ކުޑަވެ، ފިލައިދާގޮތްވެއެވެ. ނަމަވެސް އަނެއްކާވެސް ފަހު […]