މާބަނޑު ދުވަސްވަރު: އުފަންވާއިރު ބަރުދަން ލުއިވުން

އުފަންވާއިރު ބަރުދަން ލުއިވުން(low birth weight)  މާނަކުރެވެނީ އުފަންވާއިރު ބަރުދަން 2.5 ކިލޯގްރާމް އަށްވުރެ ލުއިވުމަށެވެ.  އާންމު ގޮތެއްގައި ތުއްތު ކުއްޖަކު އުފަންވާއިރު ބަރުދަނުގައި އެވްރެޖްކޮށް 3.5 ކިލޯ ވަރު ހުންނާނެ އެވެ. އުފަންވާއިރު ބަރުދަން ލުއިވުމުން ތުއްތު ދަރިފުޅު ނިސްބަތުން ކުޑަޔަސް، އެއީ އެހެން މައްސަލައެއް ނެތް، ދުޅަހެޔޮ ކުއްޖަކަށްވުމަކީ ގާތް ކަމެކެވެ. ނަމަވެސް އުފަންވާއިރު ބަރުދަން ލުއިވުމަކީ ނުރައްކާތެރި ޞިއްޙީ މައްސަލަތައް މެދުވެރި ކުރުވައިފާނެ ކަމެކެވެ. ސަބަބު އުފަންވާއިރު ބަރުދަން ލުއިވާ އެންމެ އާންމު ސަބަބަކީ ދުވަސްނުފުރާ […]

އިތުރަށް ވިދާޅުވުމަށް

މާބަނޑުވުމާއި ޞިއްޙަތު

1.  މާބަނޑު މީހާގެ ސިއްޙަތު ރަނގަޅު ގޮތެއްގައި ދެމެހެއްޓުން މާބަނޑުވުމަކީ ޚާއްސަ އުފާތަކަކާއި ތަފާތު އިޙްސާސްތަކެއް ތަޖުރިބާ ކުރެވޭ ވަރަށް މުހިއްމު ދުވަސްވަރެކެވެ. އެކީ އަންހެނުންނަށް މާބަނޑުވުމާއި ކުރިމަތިލާން ދިމާވަނީ އެކި ޢުމުރުގައެވެ. އެހެން ނަމަވެސް ސިއްޙީ މާހިރުން ދެކޭ ގޮތުގައި މާބަނޑުވުމަށް އެންމެ ރަގަޅު ދުވަސްވަރަކީ ޢުމުރުން 20-35 އަހަރާއި ދެމެދުގައެވެ. މި “ރޭންޖް“ން ބޭރުވި ނަމަވެސް ސަލާމަތުން މާބަނޑުވުމުގެ ދުވަސްތައް ހޭދަކޮށް ސިއްޙަތު ރަގަޅު ދަރިން ދުނިޔެއަށް އުފަން ކުރުމުގެ ނަސީބު ބައެއް މައިންނަށް […]

އިތުރަށް ވިދާޅުވުމަށް

މާބަނޑު ދުވަސްވަރު މޭނުބައިކޮށް ހޮޑުލުން

ހެދުނުގެ ބަލި ނިސްބަތްކުރެވެނީ މާބަނޑުވާތާ ކުރީކޮޅު ކުރިމަތިވާ މޭނުބައިކުރުމަށެވެ. ގިނަފަހަރު މޭނުބައިކުރުމާއެކު ހޮނޑުލެވޭނެ އެވެ. ބަލިވެއިންނަތާ ކުރީކޮޅު މޭނުބައިކުރުމާއި، އެކު ހޮޑުލެވުމަކީ ވަރަށް ޢާންމުކަމެކެވެ. ބަލިވެ އިންނަ %90 އިންސައްތަ އަންހެނުންނަށް މިކަމުގެ އުދަގޫ ފޯރައެވެ. އެކިމީހުން ހޮނޑުލާ މިންވަރު ތަފާތު ވުމަކީ ވެދާނެ ގޮތެކެވެ. ގިނަމީހުންނަށް މިކަން ކުރިމަތިވަނީ ހެދުނުކޮޅުއެވެ. ހެދުނުގެ ބަލި ކިޔަނީ މިސަބަބާހުރެއެވެ.ނަމަވެސް ހައިބަނޑާ ހުރިކަމުގައި ވާނަމަ ދުވާލުގެ ކޮންމެ ވަގުތަކުވެސް މިއުދަގޫތައް ކުރިމަތިވުމަކީ ވެދާނެކަމެކެވެ. މިއީ ބަލިވެ އިންކަން އެނގޭ ނިޝާންތަކުގެ […]

އިތުރަށް ވިދާޅުވުމަށް

މާބަނޑު ދުވަސްވަރު މެއިން ދިލަނެގުން

މާބަނޑުދުވަސްވަރު ވަރަށް ގިނަ އަންހެނުންނަށް މިމައްސަލަ ކުރިމަތިވެއެވެ. ބައެއް އަންހެނުންނަށް މެއިން ދިލަނެގުން ފުރަތަމަ ވެސް ކުރިމަތިވަނީ މާބަނޑުވުމަށްފަހު ގައި ކަމަށްވުމަކީ ވެދާނެ ގޮތެކެވެ. މާބަނޑު ދުވަސްވަރު ގިނަ މީހުންނަށް މެއިން ދިލަނެގުމުގެ އުނދަގޫތައް ވާންފަށަނީ އާންމުކޮށް ބަނޑަށް 3 މަސްވުމަށްފަހު ގައެވެ. ނޫނީ ބަނޑަށް ފުރަތަމަ 3 މަސް ފާއިތުވެ ދިއުމަށްފަހު ގައެވެ. ނަމަވެސް ފުރަތަމަ 3 މަހުގެ ތެރޭގައި ވެސް މެއިން ދިލަނެގުމަކީ މަދުން ނަމަވެސް ދިމާވެދާނެ ކަމެކެވެ. ބަލިވެ އިންނަ ކޮންމެ 10 […]

އިތުރަށް ވިދާޅުވުމަށް

މާބަނޑު ދުވަސްވަރު އަވަސްއަވަހަށް ކުޑަކަމުދާންޖެހުން

ބަލިވެއިނުމާއި ގުޅިގެން އާންމުކޮށް ކުޑަކަމުދާންޖެހޭ މިންވަރަށްވުރެ ގިނައިން ކުޑަކަމުދާންޖެހުމަކީ ވަރަށް އާންމުކަމެކެވެ. ބަލިވެއިންކަން އެނގުމުގެ ކުރިން ވެސް މާގިނައިން ކުޑަކަމުދާންޖެހުމަކީ ވެދާނެ ކަމެކެވެ. އެހެނީ ބަލިވެއިންކަން ކުރީކޮޅު އެނގޭ ނިޝާންތަކުގެ ތެރޭގައި އަވަސް އަވަހަށް ކުޑަކަމުދާންޖެހުން (މާގިނައިން ކުޑަކަމުދާންޖެހުން) ހިމެނެއެވެ. އާންމުކޮށް މާގިނައިން ކުޑަކަމުދާން ޖެހުން ކުރިމަތިވަނީ ފުރަތަމަ 3 މަހާއި، ފަހު 3 މަހުގެ ތެރޭގައެވެ. ނުވަތަ މާބަނޑުވާތާ ކުރީކޮޅާއި، ވިހަން ކައިރިވެގެން އަންނަ ދުވަސްވަރުގައެވެ. މިކަން ބަލިވެ އިންނަތާ ކުރީކޮޅު ދިމާވެފައި، މެދުތެރެއިން ރަނގަޅުވެފައި، […]

އިތުރަށް ވިދާޅުވުމަށް

މާބަނޑު ދުވަސްވަރު އަނގައިގައި ކުޅުދިޔާވުން

މާބަނޑު ދުވަސްވަރު އަނގައިގެ ތެރޭގައި ކުޅު އުފެއްދުން އިތުރުވެ، ކުޅުދިޔާވުމަކީ ވެދާނެ ކަމެކެވެ. މިއީ ވަރަށް ގިނަ މާބަނޑު މީހުންނަށް އިހުސާސްކުރެވޭ ކަމެކެވެ. ޚާއްޞަކޮށް މާބޮޑަށް ހޮނޑުލެވޭނަމަ މިކަން އިހުސާސްވާލެއް ބޮޑުވެއެވެ. އާންމުކޮށް މިކަން ކުރިމަތިވަނީ މާބަނޑުވާތާ ކުރީކޮޅުގައެވެ. މާބަނޑުވާތާ ކުރީކޮޅު މޭނުބައިކޮށް ހޮނޑުލެވުން ކުރިމަތިވާ ދުވަސްވަރު، ކުޅު އުފެއްދުން އިތުރުވާކަން ފާހަގަކުރެވެއެވެ. ގިނަ ފަހަރު މިކަން ކުރިމަތިވަނީ ބަލިވެއިނުމުން އާދަޔާ ޚިލާފަށް ގިނައިން މޭނުބައިކޮށް ހޮނޑުލެވޭ މީހުންނަށްކަން ފާހަގަ ކުރެވެއެވެ.ޞިއްޙީގޮތުން ބަލާއިރު މިއީ ނުރައްކާތެރި ކަމެއް […]

އިތުރަށް ވިދާޅުވުމަށް

މާބަނޑު ދުވަސްވަރު ފޮއްސިވެ ދުޅަވުން

މާބަނޑު ދުވަސްވަރު މޫނާއި، ފަޔާއި، ފައިތިލަ ފޮއްސިވެ ދުޅަވުން ބަނޑަށް 7 މަސް ފުރުމަށް ފަހު ވިހެއުމާއި، ދޭތެރޭގައި މޫނާއި،ފަޔާއި،ފައިތިލަ ފޮއްސިވެ ދުޅަވުމަކީ ވަރަށް ގިނަ މީހުންނަށް ކުރިމަތިވާ ކަމެކެވެ. ފައިތިލައާއި، ފައިގެ ކުޑަހުޅު ދުޅަވާގޮތް ވަރަށް ގިނަ މީހުންނަށް ދިމާވެއެވެ. ޚާއްޞަކޮށް ދުވަސްފުރެން ކައިރިވާއިރު އެވެ. މިހެންވަނީ ހަށިގަނޑުގައި ފެން ހިފެހެއްޓޭތީ އެވެ. ޕްރެޝަރު ބަލާ ކުޑަކަމުދާ އެއްޗެހި ޓެސްޓުކުރާއިރު މައްސަލައެއް ނެތްނަމަ މިއީ ކަމެއް ނޫނެވެ.  ސަބަބު   މާބަނޑު ދުވަސްވަރު ހަށިގަނޑު ފޮއްސިވެ […]

އިތުރަށް ވިދާޅުވުމަށް

މާބަނޑު ދުވަސްވަރު ކުރިމަތި ފަރާތުން ލޭފޭބުން

މާބަނޑުވުމަކީ ހަށިގަނޑުގައި ލޭދައުރުވާ މިންވަރު އިތުރުވާނެ ކަމެކެވެ. ނޫނީ ލޭގެ މިންވަރު އިތުރުވާނެ ކަމެކެވެ. މާބަނޑު ދުވަސްވަރު ކުރިމަތި ފަރާތުން ލޭފޭބުމަކީ ވެސް ބައެއް މީހުންނަށް ދިމާވެދާނެ ކަމެކެވެ. އެގޮތުން ފައިބާ ލޭގެ ކުލަ ހުންނަނީ ރަތްކުލައިން ފެށިގެން ގޮސް، މުށިކުލަ އާއި އެއްގޮތް ގޮތަކަށެވެ. ގިނަ ފަހަރު މިލޭކުލަ އާންމުކޮށް މައްސަރު ޖެހުމުން އަންނަ ލޭގެ ކުލައަށްވުރެ އަލިވާނެ އެވެ. މާބަނޑުވާތާ ކުރީކޮޅު ކުރިމަތި ފަރާތުން ލޭފޭބުމަކީ އާންމު ކަމެކެވެ. މާބަނޑުވާ ކޮންމެ 5 އަންހެނުންގެ […]

އިތުރަށް ވިދާޅުވުމަށް