ގުރުދާ ފޭލްވު(kidney failure)މުގެ މާނައަކީ ދެގުރުދާގެ ތެރެއިން އެއްވެސް ގުރުދާއެއް އޭގެ ޒާތުގައި އަމިއްލައަށް މަސައްކަތް ނުކުރެވުމެވެ. އެހެން ގޮތަކަށް ބުނާނަމަ ދެގުރުދާގެ ވެސް %90-85 މަސައްކަތް ނުކުރުމެވެ. ގުރުދާ ފޭލްވުން ބައެއް ފަހަރު އެކިޔުޓް ކަމެއްގެ ގޮތުގައި ނޫނީ ކްރޯނިކް ކަމެއްގެ ގޮތުގައި ވެސް ކުރިމަތި ވެދާނެ އެވެ. ގުރުދާ ފޭލްވުމަކަށް ފަރުވާއެއް ނޯވެއެވެ. ނަމަވެސް ފަރުވާއާއެކު އުފާވެރި ދިރިއުޅުމެއް ހޭދަކުރެވިދާނެއެވެ. ދުނިޔޭގެ އާބާދީގެ 2 މިލިޔަން މީހުންނަށް ގުރުދާ ފޭލްވުން ކުރިމަތިވެފައި ވެއެވެ. […]
ހުދުބަލި
ހުދުބަލި(vitiligo) ހުދު ބައްޔަކީ ހަށިގަނޑުގެ ހަން ހުދުވާ ބައްޔެކެވެ. ނުވަތަ ހަމުގެ ހަގީގީ ކުލަދާ ބައްޔެކެވެ. މިބަލިޖެހުމުން ހަމުގެ އެކި ހިސާބުތަކުގައި ހުދުކުލައިގެ ލައްތަކެއް ޖަހައެވެ. މިލައްތައް ހުންނަނީ ހުދުކުލައިގެ ތިކިތަކެއް ނޫނީ ޕެޗްތަކެއްގެ ގޮތުގައެވެ. އަދި މިހުދުކުލައިގެ ލައްތައް ހުންނާނީ އާދައިގެ ހަންގަނޑެކޭ އެއްގޮތަކަށެވެ. މިގޮތަށް ހަން ހުދުވަނީ އެހިސާބުގައި ހުންނަ މުށިކުލަ ފިލައިދިއުމުންނެނެވެ. ނުވަތަ އެހިސާބުގައި ހުންނަ މެލަނިން ޕިގްމެންޓްތައް ފިލައި ދިއުމުންނެވެ. ހުދުބަލީގައި ބައެއް މީހުންގެ ހަމުގައި ކުދިކުދި ތިކިތަކެއްގެ މިންވަރަށް ހަން ހުދުވިޔަސް […]
މާބަނޑު ދުވަސްވަރު: އުފަންވާއިރު ބަރުދަން ލުއިވުން
އުފަންވާއިރު ބަރުދަން ލުއިވުން(low birth weight) މާނަކުރެވެނީ އުފަންވާއިރު ބަރުދަން 2.5 ކިލޯގްރާމް އަށްވުރެ ލުއިވުމަށެވެ. އާންމު ގޮތެއްގައި ތުއްތު ކުއްޖަކު އުފަންވާއިރު ބަރުދަނުގައި އެވްރެޖްކޮށް 3.5 ކިލޯ ވަރު ހުންނާނެ އެވެ. އުފަންވާއިރު ބަރުދަން ލުއިވުމުން ތުއްތު ދަރިފުޅު ނިސްބަތުން ކުޑަޔަސް، އެއީ އެހެން މައްސަލައެއް ނެތް، ދުޅަހެޔޮ ކުއްޖަކަށްވުމަކީ ގާތް ކަމެކެވެ. ނަމަވެސް އުފަންވާއިރު ބަރުދަން ލުއިވުމަކީ ނުރައްކާތެރި ޞިއްޙީ މައްސަލަތައް މެދުވެރި ކުރުވައިފާނެ ކަމެކެވެ. ސަބަބު އުފަންވާއިރު ބަރުދަން ލުއިވާ އެންމެ އާންމު ސަބަބަކީ ދުވަސްނުފުރާ […]
ދުރުފުސްވުން
ދުރުފުސްވުން (myopia) މިއީ ކައިރީގައި ހުންނަ އެއްޗެހި/ތަންތަން ސާފުކޮށް ފެނިފައި ދުރުގައި ހުންނަ އެއްޗެހި/ތަންތަން ފުސްކޮށް ފެނުމެވެ. ނޫނީ ދުރުގައި ހުންނަ އެއްޗެހި ،ތަންތަން ރަނގަޅަށް ނުފެނުމެވެ. އެހެންކަމުން ދުރުފުސްވުމަށް ބައެއް ފަހަރު “ކައިރި ރަނގަޅަށް ފެނުން”(nearsightedness) މިހެން ވެސް ކިޔައި އުޅެއެވެ. ދުރުފުސްވުމަކީ މީހާގެ ފެނުމަށް އަސަރުކުރުވާ ވަރަށް އާންމު ހާލަތެކެވެ. ދުރުފުސްވުމަކީ މަޑުމަޑުން ގޮސް ކުރިމަތިވެދާނެ ހާލަތެކެވެ. ނޫނީ ކުއްލިއަކަށް ވެސް ކުރިމަތިވެދާނެ ހާލަތެކެވެ. އާންމު ގޮތެއްގައި ދުރުފުސްވުން ކުރިމަތިވެ، އެކަން ގޯސްވެގެންދަނީ ކުޑައިރުގައެވެ. […]
އުމުރާއި ގުޅިގެން ކައިރިފުސްވުން
އުމުރާއި ގުޅިގެން ކައިރިފުސްވުން (presbyopia) މިއީ އުމުރާއި ގުޅިގެން ފެނުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ކައިރި ފުސްވުމެވެ. ނޫނީ ލޮލުގެ ލެންސް ދުވަސްވެ، މުސްކުޅިވުމެވެ. މިއީ ރިފެރިކުރު(refract)މުގައި ހުންނަ އުނިކަމެކެވެ. މިއީ މެދުއުމުރުގެ މީހުންނާއި، އުމުރުން ދުވަސްވީ މީހުންނަށް ކައިރި ފެނުމަށް ދަތިވާ ހާލަތެކެވެ. އުމުރާއިގުޅިގެން ކައިރިފުސްވުމަކީ ކައިރީގައި ހުންނަ އެއްޗިއްސަށް ލޯއަމާޒުކުރުމަށް ހުންނަ ކުޅަދާނަކަށް އުމުރުން ދުވަސްވާވަރަކަށް މަޑުމަޑުން ގެއްލެމުން ދިއުމެވެ. ނޫނީ ގެއްލުމެވެ. އާންމު ގޮތެއްގައި މިއީ އުމުރުން ދުވަސްވާވަރަކަށް ތަބީޢީ ގޮތުން ވެސް ކުރިމަތި ވެދާނެ […]
މާބަނޑު ދުވަސްވަރު: އާދަޔާ ޚިލާފަށް ގިނައިން ހޮޑުލެވުން
މާބަނޑު ދުވަސްވަރު އާދަޔާ ޚިލާފަށް ގިނައިން ހޮޑުލެވުން (hyperemesis gravidarum) މާނަކުރެވެނީ މާބަނޑު ދުވަސްވަރު ދިގުމުއްދަތަށް ދެމިހުންނަ މޭނުބައިކުރުމާއި ހޮޑުލުމަށެވެ. ނޫނީ ހޮޑުލެވުމަށެވެ. މާބަނޑު ދުވަސްވަރު އާދަޔާ ޚިލާފަށް ގިނައިން ހޮޑުލެވުމަކީ އެކަމުގެ ސަބަބުން މައިމީހާގެ ގައިން ފެނާއި ލޮނުގެ ބައި މަދުވުން، ބަރުދަން ލުއިވުން، އަދި ހަށިގަނޑުގައިވާ ކަރައިވަރުގެ ހަމަހަމަކަން ގެއްލުން ފަދަ ކަންތައްތައް މެދުވެރި ކުރުވައިފާނެ ކަމެކެވެ. މާބަނޑު ދުވަސްވަރު ކުރީކޮޅުގައި އާދައިގެ މިންވަރަކަށް ކުރިމަތިވާ މޭނުބައިކުރުމާއި ހޮޑުލެވުމަށް “ހެދުނުގެ ބަލި”(morning sickness) މިހެން ކިޔައި އުޅެއެވެ. މާބަނޑު […]
ތައިރޮއިޑް ނޮޑިއުލް (ތައިރޮއިޑް ގްލޭންޑްގައި ގަނޑުލުން)
ތައިރޮއިޑް ނޮޑިއުލް (ތައިރޮއިޑް ގްލޭންޑްގައި ގަނޑުލުން) ތައިރޮޑް ނޮޑިއުލް (thyroid nodule) އަކީ ތައިރޮއިޑް ގްލޭންޑް ގައި އުފެދޭ ކުދި ދުޅައެކެވެ. ނުވަތަ ތައިރޮއިޑް ގްލޭންޑްގައި ލާ ގަނޑެކެވެ. ތައިރޮއިޑް ނޮޑިއުލްސް އަކީ ތައިރޮއިޑް ގްލޭންޑްގެ ތެރޭގައިވާ ދިރުތައް (thyroid cells) އާދަޔާ ޚިލާފަށް ހެދިބޮޑުވުމުން (unusual growth) އުފެދޭ ހަރު ނުވަތަ ދިޔައިން-ފުރިފައިވާ ލަމްޕް (lump) ތަކެކެވެ. ނުވަތަ ދުޅަތަކެކެވެ. ނޫނީ ގަނޑުތަކެކެވެ. ތައިރޮއިޑް ގްލޭންޑް އަކީ ކޮކާލެއްގެ ސިފަޔަށް ކަރުގެ ކުރިމަތިން އިންނަ ކުޑަ […]
ތައިރޮއިޑް ދުޅަވުން
ތައިރޮއިޑް ދުޅަވުން(thyroiditis) ނިސްބަތްކުރެވެނީ އެއްވެސް ސިފައެއްގައި ތައިރޮއިޑް ގްލޭންޑް ދުޅަވުމަށެވެ. ތައިރޮއިޑް ދުޅަވުމުގެ ވަރަށް ގިނަ ވައްތަރުތައް ހުރެއެވެ. އެެންމެ އާންމު ވައްތަރަކީ ހަޝިމޮޓޮސް ތައިރޮއިޑައިޓިސް އެވެ. ތަފާތު ވައްތަރުތަކުގެ ފެންނަ އަލާމާތްތަކާއި، ކުރިމަތިވާ އުދަނގޫތައް އަދި ފާހަގަވާ ކަންތައްތައް ކޮންމެވެސް މިންވަރަކަށް ތަފާތު ވުމަކީ އެކަށީގެންވާ ކަމެކެވެ. ތައިރޮއިޑް ގްލޭންޑް އަކީ ކޮކާލެއްގެ ސިފަޔަށް ކަރުގެ ކުރިމަތިން އިންނަ ކުޑަ ގްލޭންޑް އެކެވެ. ތައިރޮއިޑް ގްލޭންޑް އިން ދޫކުރާ ތައިރޮއިޑް ހޯރމޯން ތަކަކީ ހަށިގަނޑުގެ މުހިއްމު މަސައްކަތްތައް […]