ފުރިހަމަ އަންދާސީ ހިސާބެއް ހަދައިގެން ކުރިއަށް ގެންދާ މަސައްކަތް ތައް ކުރުމުގައި އެފަދަ އަންދާސީ ހިސާބެއް ނުހަދާ ކުރުމާ ވަރަށް ބޮޑަށް ފަސޭހަވެއެވެ. އެފަދަ ބައެއް ކަންތައްތައް ފާހަގަ ކޮއްލާނަމެވެ. މަސައްކަތް ކުރުމަށް ހިނގާނެ ޚަރަދު އެގުމުން އެމަސައްކަތުގެ ވެރިފަރާތުން އެކަމަށް ކަނޑައަޅަންޖެހޭ ބަޖެޓު ނުވަތަ ފައިސާ ސާފުވެގެން ދެއެވެ. މަސައްކަތަށް ބޭނުންވާނެ ތަކެތި އަންދާސީކުރެވުމުން އެތަކެތި ބޭނުންވާވަރަށް ގަންނާނެގޮތް ފަސޭހަވުމާއި މަސައްކަތްމެދުނުކެޑި ކުރިއަށް ދާގޮތްވެއެވެ. މަސައްކަތް ހިންގުމުގަޔާއި މަސައްކަތް ކުރުމުގައި ބޭނުންވާނެ މަސައްކަތްތެރިންގެ އަދަދާއި ބޭނުންވާނެ […]
އަންދާސީ ހިސާބާއި އަސްލު މަސައްކަތުގެ އަގު
އަންދާސީ ހިސާބަކީ މަސައްކަތުގެ އަސްލު އަގެއް ނޫނެވެ. އެއީ މަސައްކަތަށް ދާނެކަމަށް ލަފާކުރެވޭ ނުވަތަ މަސައްކަތުގެ އަސްލުއަގާ ގާތް ކުރާ އަގެކެވެ. އަސްލު މަސައްކަތުގެ އަގު އަންދާސީ ހިސާބަށްވުރެ ކުޑަވެސް ވެދާނެއެވެ. ނޫނީ ބޮޑުވެސް ވެދާނެއެވެ. އަސްލުއަގާ ވީހާވެސް ގާތްވާގޮތަށް އަންދާސީ ހިސާބު ހަދާކަމަށް ވަންޏާ ވަރަށް ފުރިހަމައަށް ތައްޔާރު ކޮށްފައިވާ ކުރެހުންސެޓެއް ބޭނުން ވާނެ އެވެ. އިމާރާތުގެ ކޮންމެ ތަނެއް ހުންނަން ވާނެގޮތް ކުރެހުމުން ފެންނަން އޮވެ، ބޭނުން ކުރާނެ ތަކެތީގެ ތަފްސީލު ސާފުވާން އޮވެ، […]
އަންދާސީހިސާބުގެ ކުރު ތައާރަފެއް
މަސައްކަތެއް ކުރަންފެށުމުގެ ކުރިން އެ މަސައްކަތަކަށް ހިނގާނެ ޚަރަދު އެމަސައްކަތުގެ ވެރިފަރާތަށާއި، އަދި އެ މަސައްކަތްކުރާ ފަރާތަށްއެގުން މުހިއްމެވެ. މަސައްކަތަށް ފައިސާހޯދަންވީމިންވަރު ވެރިފަރާތަށް އެގެންޖެހެވެ. އަދި އެމަސައްކަތަށް ހިގާނެ ޚަރަދު އެމަސައްކަތްކުރާފަރާތަށް އެގުމުން ފައިދާލިބޭނެވަރާއި، އަދި އެމަސައްކަތްކުރުމަށް ބޭނުންކުރެވިދާނެ މީހުންގެ އަދަދާއި، ބޭނުންކުރާ ތަކެއްޗަށް އަރާނެ ވަރާއި، ބޭނުންކުރާ އާލާތަށް ހިނގާނެ ޚަރަދު އެގުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެކަށީގެންވާ އަންދާސީހިސާބެއް ނުހަދާ މަސައްކަތެއް ފެށިއްޖެނަމަ، މަސައްކަތުގެ މެދުތެރެއިން، ޖެހެނީ ފައިސާ ނެތުމުގެ ސަބަބުން، ތަކެތި ނުގަނެވުމުގެ […]