އިމާރާތުގެ ބިންގަލުގެ ވައްތަރުތައް

އިމާރާތައް އަރާބަރުތައް ރައްކާތެރިކަމާއެކު ބިމާހަމައަށް ގެންނަނީ އިމާރާތުގެ ފާރުތަކާއި، ތަނބުތަކުންނެވެ. ތަނބުތަކުގެ އެންމެތިރި ގުޅިފައި ހުންނަނީ އިމާރާތުގެ ބިންގަލާއެވެ. ބިންގަލަކީ ތަނބުތަކުން ގެނައިބާރު އިމާރާތް ނުނގަބާނެގޮތަށް ބިމަށް ފޯރުކޮށްދިނުމުގައި ބޭނުންކުރާ ވަސީލަތެވެ.  ކޮންމެ އިމާރާތެއްގައިވެސް އެ އިމާރާތަކާ އެކަށީގެންވާވަރުގެ ބިންގަލެއް އަޅަންޖެހެއެވެ. މި ލިޔުމާއި އަދި މިލިޔުމާއި ވިދިގެން ލިޔެވޭ އިތުރު ލިޔުންތައް މެދުވެރިކޮށް ބިންގަލުގެ 3 ވައްތަރެއްގެ މައުލޫމާތު ބަޔާންކޮށްދިނުމަށް ގަސްދުކުރަމެވެ. އެ ތިން ވައްތަރަކީ ސްޕްރެޑް ފުޓިންއާއި، ކޮމްބައިންޑް ފުޓިން އާއި ރާފްޓް ފުޓިން […]

އިތުރަށް ވިދާޅުވުމަށް

އަންދާސީހިސާބުން ލިބޭނެ މައުލޫމާތު

ފުރިހަމަ  އަންދާސީ ހިސާބެއް ހަދައިގެން ކުރިއަށް ގެންދާ މަސައްކަތް ތައް ކުރުމުގައި އެފަދަ އަންދާސީ ހިސާބެއް ނުހަދާ ކުރުމާ ވަރަށް ބޮޑަށް ފަސޭހަވެއެވެ. އެފަދަ ބައެއް ކަންތައްތައް ފާހަގަ ކޮއްލާނަމެވެ. މަސައްކަތް ކުރުމަށް ހިނގާނެ ޚަރަދު އެގުމުން އެމަސައްކަތުގެ ވެރިފަރާތުން އެކަމަށް ކަނޑައަޅަންޖެހޭ ބަޖެޓު ނުވަތަ ފައިސާ ސާފުވެގެން ދެއެވެ. މަސައްކަތަށް ބޭނުންވާނެ ތަކެތި އަންދާސީކުރެވުމުން އެތަކެތި ބޭނުންވާވަރަށް ގަންނާނެގޮތް ފަސޭހަވުމާއި މަސައްކަތްމެދުނުކެޑި ކުރިއަށް ދާގޮތްވެއެވެ. މަސައްކަތް ހިންގުމުގަޔާއި މަސައްކަތް ކުރުމުގައި ބޭނުންވާނެ މަސައްކަތްތެރިންގެ އަދަދާއި ބޭނުންވާނެ […]

އިތުރަށް ވިދާޅުވުމަށް

އަންދާސީ ހިސާބާއި އަސްލު މަސައްކަތުގެ އަގު

އަންދާސީ ހިސާބަކީ މަސައްކަތުގެ އަސްލު އަގެއް ނޫނެވެ. އެއީ މަސައްކަތަށް ދާނެކަމަށް ލަފާކުރެވޭ ނުވަތަ މަސައްކަތުގެ އަސްލުއަގާ ގާތް ކުރާ އަގެކެވެ. އަސްލު މަސައްކަތުގެ އަގު އަންދާސީ ހިސާބަށްވުރެ ކުޑަވެސް ވެދާނެއެވެ. ނޫނީ ބޮޑުވެސް ވެދާނެއެވެ. އަސްލުއަގާ ވީހާވެސް ގާތްވާގޮތަށް އަންދާސީ ހިސާބު ހަދާކަމަށް ވަންޏާ ވަރަށް ފުރިހަމައަށް ތައްޔާރު ކޮށްފައިވާ ކުރެހުންސެޓެއް ބޭނުން ވާނެ އެވެ. އިމާރާތުގެ ކޮންމެ ތަނެއް ހުންނަން ވާނެގޮތް ކުރެހުމުން ފެންނަން އޮވެ، ބޭނުން ކުރާނެ ތަކެތީގެ ތަފްސީލު ސާފުވާން އޮވެ، […]

އިތުރަށް ވިދާޅުވުމަށް

އަންދާސީހިސާބުގެ ކުރު ތައާރަފެއް

މަސައްކަތެއް ކުރަންފެށުމުގެ ކުރިން އެ މަސައްކަތަކަށް ހިނގާނެ ޚަރަދު އެމަސައްކަތުގެ ވެރިފަރާތަށާއި، އަދި އެ މަސައްކަތްކުރާ ފަރާތަށްއެގުން މުހިއްމެވެ. މަސައްކަތަށް ފައިސާހޯދަންވީމިންވަރު ވެރިފަރާތަށް އެގެންޖެހެވެ. އަދި އެމަސައްކަތަށް ހިގާނެ ޚަރަދު އެމަސައްކަތްކުރާފަރާތަށް އެގުމުން ފައިދާލިބޭނެވަރާއި، އަދި އެމަސައްކަތްކުރުމަށް ބޭނުންކުރެވިދާނެ މީހުންގެ އަދަދާއި، ބޭނުންކުރާ ތަކެއްޗަށް އަރާނެ ވަރާއި، ބޭނުންކުރާ އާލާތަށް ހިނގާނެ ޚަރަދު އެގުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެކަށީގެންވާ  އަންދާސީހިސާބެއް ނުހަދާ މަސައްކަތެއް ފެށިއްޖެނަމަ، މަސައްކަތުގެ މެދުތެރެއިން، ޖެހެނީ ފައިސާ ނެތުމުގެ ސަބަބުން، ތަކެތި ނުގަނެވުމުގެ […]

އިތުރަށް ވިދާޅުވުމަށް

އެލުމީނިއަމް ދޮރަށް ލައްވާ ބިއްލޫރި

އެލުމީނިއަމް ދޮރުގައި އާންމުގޮތެއްގައި ބޭނުންކޮށްފައި ހުންނަނީ ފްލޯޓް ގްލާސް ނަމުގައި ތައްޔާރު ކޮށްފައި ހުންނަ އާދައިގެ ބިއްލުރިއެވެ.  އެ ބިއްލޫރި ތަޅައިގެން ދާނީ ބޮޑަތި އެތިގަނޑު ގަނޑަށެވެ. ފްލޯޓް ގްލާސް ވަކި މިންވަރެއްގެ ހޫނުކަމުގައި ބަހައްޓައިގެން ބިއްލޫރީވަރުގަދަކުރެއެވެ. އެކަމަށް ކިއަނީ ޓެމްޕަރ ކުރުމެވެ. އެގޮތުން ޓެމްބަރ ބިއްލޫރި ނުވަތަ ޓެމްޕަރ ގްލާސް ޖަހާފައި ހުންނަ ދޮރުގައި ނުވަތަ ކުޑަދޮރުގައި ހުންނަ ބިއްލޫރިގަނޑު ތަޅައިގެން ހިގައްޖެނަމަ އެދާނީ މުޅިން ކުދިކުދި ވެގެންނެވެ. އެއްގޮތަކަށްވެސް ބޮޑު އެތިގަނޑެއް ނުއުފެދޭނެއެވެ. އެހެންވީމާ […]

އިތުރަށް ވިދާޅުވުމަށް

ކޮންކްރީޓުގެ ބާރު ޓެސްޓުކުރާ ގޮތް – ފުރަތަމަ ބައި

ތައްޔާރުކޮށްފައިވާ ކޮންކްރީޓްގައި އެކަށީގެންވާ ބާރު ހުރިތޯބަލާ ދެތިން ގޮތެއް އޮވެއެވެ. އެންމެ ރަނގަޅު ގޮތެއްކަމުގައި ގިނަ އިންޖިނޭރުން ދެކެނީ އަސްލު އެ ކޮންކްރީޓަށް ބާރު ދެމުންގޮސް އެ ހަލާކު  ވަންދެން ބާރު ދީ އެ ހަލާކުވީމާ އެއަށް އެރި ބާރު ނޯޓުކޮށް ކޮންކްރީޓުން ހިފާ ބާރަކީ އެއީ ކަމުގައި ކަނޑައެޅުމެވެ. އެގޮތަށް އެކަންކުރުމަށްޓަކައި، އަލަށް އިމާރާތްކުރަމުންދާ އިމާރާތް ތަކުގައި ކޮންކްރީޓްއަޅަމުންދާއިރު އަސްލު އިމާރާތުގެ ކޮންކްރީޓުގެ އިތުރުން، ހުރިހާބިތެއް އެއްވަރު، ދިގުމިން 6 އިންޗި، ފުޅާމިން 6 އިންޗި […]

އިތުރަށް ވިދާޅުވުމަށް