ތައިރޮއިޑް ގްލޭންޑް (Thyroid gland) އަކީ އިންސާނާގެ ހަށިގަނޑުގައިވާ ހޯރމޯން އުފައްދައި ދޫކުރާ ގްލޭންޑް ތަކުގެ ތެރެއިން އެންމެ ބޮޑު އެއް ގްލޭންޑް އެވެ. މިއީ ވެސް ހަށިގަނޑުގައި ވަރަށް މުހިއްމު ދައުރެއް އަދާކޮށްދޭ ގްލޭންޑް އެކެވެ. ތައިރޮއިޑް ގްލޭންޑް ހުންނަނީ މައިބަދައިގައި ކަރުގެ ހިސާބުގައިވާ ކަށިތަކުގެ 5،6،7 ވަނަ ކަށިކޮޅާއި އަދި މޭމައްޗާއިވީ ދިމާލުގެ މައިބަދައިގެ ފުރަތަމަ ކަށިކޮޅާއި ދިމާ އެއްހަމައެއްގައެވެ. ތައިރޮއިޑް ގްލޭންޑްގެ ބޮޑުމިން ބޮޑުމީހެއްގެ ތައިރޮއިޑް ގްލޭންޑްގެ ބަރުދަނުގައި ގާތްގަނޑަކަށް 30-20 ގްރާމްގެ […]
މަސްތަކުގެ ނިޒާމު
މަސްތަކުގެ ނިޒާމު މަސްތަކުގެ ނިޒާމް (muscular system) އަކީ އިންސާނާ އަށް ހަރަކާތްތެރިވެ އުޅުމުގެ ގާބިލިއްޔަތު ހޯދައިދޭ ޙަޔަވީ ނިޒާމެވެ. މައިބަދަ ހުންނަ ޖަނަވާރު ތަކުގައި މަސްތަކުގެ ނިޒާމްގެ މަސައްކަތްތައް ކޮންޓްރޯލް ކުރަނީ ނާރުތަކުގެ ނިޒާމުންނެވެ. ނަމަވެސް ބައެއް ކަހަލަ މަސްތަކަކީ މިސާލަކަށް ހިތުގައިވާ މަސްތައް އޭގެ ޒާތުގައި އަމިއްލައަށް މަސައްކަތްކުރާ މަސްތަކެކެވެ. މަސް މަހަކީ އިންސާނާގެ ހަށިގަނޑުގައި ކޮންޓްރެކްޓްވުމުގެ ނުވަތަ ކުރުގެޅުމުގެ ގާބިލިއްޔަތު ލިބިފައިވާ ޓިޝޫ އެކެވެ. މަހުގެ ޓިޝޫ އުފެދެނީ ތުއްތު ދަރިފުޅު އުފެދިގެން […]