ލިޔުނީ: އުސްތާޛު ޢިޔާޒު ނަސީމް
ޖުމްލަ އިސްމިއްޔާ
ޖުމްލަ އިސްމިއްޔާއަކީ އިސްމަކުން ފެށޭ ޖުމްލައެވެ. ޖުމްލަ އިސްމިއްޔާގައި އެކުލެވިގެންވަނީ މައިގަނޑު 2 އެއްޗަކުންނެވެ.
އެއީ:- 1. މުބްތަދާ އާއި 2. ޚަބަރެވެ.
– މުބްތަދާ މަޢުރިފާ ވެއްޖެ ނަމަ އަންނާނީ ޖުމްލަ ފެށޭ ތަނަށެވެ.
– މުބްތަދާ ނަކިރާ ވެއްޖެ ނަމަ އަންނާނީ ޚަބަރުގެ ފަހަތަށެވެ.
– މުބްތަދާ އާއި ޚަބަރު ޖިންސާއި ޢަދަދުގައި އެއްގޮތްވާނެއެވެ.
– މުބްތަދާގެ ފަހު އަކުރުގެ އިޢުރާބީ ޙާލަތަކީ ރަފްޢެވެ.
– ޚަބަރުގެ ފަހު އަކުރުގެ އިޢުރާބީ ޙާލަތަކީ ވެސް ރަފްޢެވެ.
ޖުމްލަ އެކުލެވިގެންވާ ގޮތާއި، ފިލި ޖެހުނު ގޮތުގެ ތަފްޞީލު ކިޔައިދިނުން ނުވަތަ އިޢުރާބު ކުރުން:
ﻫﺬا ﺑﻴﺖ
هذا މިއީ އިސްމުއިޝާރާއެކެވެ. އަދި މިއީ މަބްނީ ކަލިމައެކެވެ. މި ކަލިމަ މި އޮތީ މުބްތަދާގެ ރަފްޢުގެ މަޙައްލުގައެވެ. بيت މިއީ ޚަބަރެވެ. މި ކަލިމަމި އޮތީ ރަފްޢުގެ ޙާލަތުގައެވެ. އަދި މީގެ ރަފްޢުގެ ޢަލާމާތަކީ ފާޅު އުބުފިއްޔެވެ. هَذَا بَيْتٌ
محمَّد مدرّس
محمَّد މިއީ މުބްތަދާއެވެ. މި ކަލިމަ މި އޮތީ ރަފްޢުގެ ޙާލަތުގައެވެ. އަދި މީގެ ރަފްޢުގެ ޢަލާމާތަކީ ފާޅު އުބުފިއްޔެވެ. مدرّس މިއީ ޚަބަރެވެ. މި ކަލިމަ މި އޮތީ ރަފްޢުގެ ޙާލަތުގައެވެ. އަދި މީގެ ރަފްޢުގެ ޢަލާމާތަކީ ފާޅު އުބުފިއްޔެވެ. مُحَمَّدٌ مُدَرِّسٌ
ޖުމްލަ ފިޢުލިއްޔާ
ޖުމްލަ ފިޢުލިއްޔާގައި ސަމާލުވާން ޖެހޭ ބައެއް ހަމަ:
– ފިޢުލު ތަބާވާނީ ފާޢިލުގެ ޖިންސަށެވެ. ފާޢިލުގެ ޢަދަދަކަށް ނޫނެވެ.
– ލާޒިމް ފިޢުލެއް ނަމަ އެ ފިޢުލާ ގުޅޭ ޙަރްފުޖައްރުގެ ފަހަތަށް ނޫނީ ރައްދުވާ ފަރާތް ނުގެނެވޭނެއެވެ.
– މުތަޢައްދީ ފިޢުލެއް ނަމަ ރައްދުވާ ފަރާތަށް ކިޔާނީ މަފްޢޫލުން ބިހީއެވެ.
– ފާޢިލު (ކަންކުރާ ފަރާތް ނުވަތަ ފިޢުލު ނިސްބަތްވާ ފަރާތު)ގެ ފަހު އަކުރުގެ އިޢުރާބީ ޙާލަތަކީ ރަފްޢެވެ.
– މަފްޢޫލުން ބިހީ (ކަން ރައްދުވާ ފަރާތު)ގެ ފަހު އަކުރުގެ އިޢުރާބީ ޙާލަތަކީ ނަޞްބެވެ.
ވަރަށް މުހިއްމު ނުކުތާއެއް:
ޢަރަބި ބަހަކީ އާއްމު އުސޫލުން ބަލާއިރު ފިލި ޖަހައިގެން ލިޔާ ބަހަކަށް ނުވާތީ، ފިލިތައް އެނގުމަކީ އެންމެ މުހިއްމު ކަމެވެ. ވީމާ ކޮންމެ ކަލިމައެއް ކިޔާ އިރު މި 4 ސުވާލުގެ ޖަވާބު ހޯދަން މަސައްކަތް ކުރާށެވެ. ފަހު އަކުރުގައި ކޮން ފިއްޔެއް؟ އެއީ ކީއްވެ؟ ފަހު އަކުރުގައި ކިތައް ފިލި؟ އެއީ ކީއްވެ؟
މި ހިސާބުން މިސިލްސިލާގެ ގެނެސްދޭން ހަމަޖެހިފައިވާ މިންވަރު ގެނެސްދީ ނިމުނީއެވެ. ޝައުޤުވެރިކަމާއިއެކު ކިއުއްވީތީ ވަރަށްބޮޑަށް ޝުކުރުދަންނަވަމެވެ.
– ނިމުނީ –
ކިޔާފައިވާ ޢަދަދު:276,206
މިސިލްސިލާގެ އެހެން ބައިތައް
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (1)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (2)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (3)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (4)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (5)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (6)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (7)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (8)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (9)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (10)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (11)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (12)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (13)