ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (13)

ލިޔުނީ: އުސްތާޛު ޢިޔާޒު ނަސީމް

އިޢުރާބުގެ މި ޙާލަތްތަކުގެ އަޞްލު ޢަލާމާތްތަކަކީ އުބުފިއްޔާއި، އަބަފިއްޔާއި، އިބިފިއްޔާއި، ސުކުން ކަމުގައި ވިޔަސް އަކުރުން ވެސް އިޢުރާބުގެ ޙާލަތު ދައްކައިދެއެވެ. މި ގޮތުން އިސްމުގެ އިޢުރާބުގެ ޢަލާމާތްތައް އަންނަ ގޮތަށް ރިޢާޔަތްކޮށް އިސްމު 8 ވައްތަރަކަށް ބަހައިލެވެއެވެ.

އިސްމުގައި އަންނަ އިޢުރާބީ ޙާލަތު އަންގައިދޭ ޢަލާމާތްތައް

1. މުފްރަދު މުންޞަރިފު އިސްމު (ރަފްޢު = އުބުފިލި، ނަޞްބު = އަބަފިލި، ޖައްރު = އިބިފިލި)

2. މުފްރަދު ޣައިރު މުންޞަރިފު އިސްމު (ރަފްޢު = އުބުފިލި، ނަޞްބު = އަބަފިލ ި، ޖައްރު = އަބަފިލި)

3. އަސްމާއުއްސިއްތާ (ރަފްޢު = ވާވު، ނަޞްބު = އަލ ިފު، ޖައްރު = ޔާ)

4. މުޘަންނާ އިސްމު (ރަފްޢު = އ ާނި، ނަޞްބު = އައިނި، ޖައްރު = އައިނި)

5. ޖަމްޢު މުޛައްކަރު ސާލިމް އިސްމު (ރަފްޢު = އޫނަ، ނަޞްބު = އީނަ، ޖައްރު = އީނަ()

6. ޖަމްޢު މުއައްނަޘް ސާލިމް އިސްމު (ރަފްޢު = އުބުފިލި، ނަޞްބު = އިބިފިލި، ޖައްރު = އިބިފިލި)

7. ޖަމްޢު ތަކްސީރު މުންޞަރިފު އިސްމު (ރަފްޢު = އުބުފިލި، ނަޞްބު = އަބަފިލ ި، ޖައްރު = އިބިފިލި)

8. ޖަމްޢު ތަކްސީރު ޢައިރު މުންޞަރިފު އިސްމު (ރަފްޢު = އުބުފިލި، ނަޞްބު = އަބަފިލި، ޖައްރު = އަބަފިލި

އިސްމުގެ އިޢުރާބުގެ ޢަލާމާތްތައް

ކަލިމައިގެ އަޞްލު ގޮތުގެ ފަހު އަކުރުގައި އެއް ފިލި އޮތުމަކީ އިބިފިލި ޖެހުން މަނާ ކުރާ ސަބަބެކެވެ. އިބިފިލި ޖެހުން މަނާ ޙާލަތުގައި އޮންނަ ކަލިމައަށް ކިޔަނީ ޣައިރުމުންޞަރިފު ކަލިމަ ނުވަތަ މަމްނޫޢުން މިނައްޞަރްފި ކަލިމައެވެ. މި ޙާލަތުގައި އިބިފިލި ޖަހަން ޖެހިއްޖެ ނަމަ އިބިފިލީގެ ބަދަލުގައި ޖަހާނީ އަބަފިއްޔެވެ.

އަޞްލު ގޮތުގެ ފަހު އަކުރުގައި ތަންވީނު އޮންނަ ކަލިމަތަކުގެ ތަންވީނު ކެނޑިގެންދާ ސަބަބުތަކުގެ ތެރޭގައި “އަލިފްލާމް” ކުރިޔަށް އައުމާއި “މުޟާފަކަށް” ވުން ހިމެނޭތީ، “އަލިފްލާމް” ކުރިޔަށް އައުމާއި “މުޟާފަކަށް” ވުމަކީ އިބިފިލި ހުއްދަ ކުރާ ސަބަބުތަކެވެ. އެހެންކަމުން ޣައިރު މުނައްޥަން ކަލިމައެއްގެ ކުރިޔަށް ވެސް “އަލިފްލާމް” އަތުވެއްޖެ ނަމަ ނުވަތަ އެ ކަލިމަ “މުޟާފަކަށް” ވެއްޖެ ނަމަ އިބިފިލި ޖެހެންވާ ޙާލަތުގައި އިބިފިލި ޖެހޭނެއެވެ. އޭރުން މުންޞަރިފަކަށް ވީއެވެ.

ޖުމްލަ ޚަބަރިއްޔާގެ ވައްތަރުތައް

ޖުމްލަ ޚަބަރިއްޔާ އަކީ ތެދު ދޮގު ކުރެވޭ ޖުމްލައެވެ. މި ވައްތަރުގެ ޖުމްލަ ދެ ބަޔަކަށް ބަހައިލެވެއެވެ. އެއީ:-

1. ޖުމްލަ އިސްމިއްޔާ

2. ޖުމްލަ ފިޢުލިއްޔާ. މިއެވެ.

(ނުނިމޭ)

ކިޔާފައިވާ ޢަދަދު:285,320

މިސިލްސިލާގެ އެހެން ބައިތައް

ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (1)

ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (2)

ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (3)

ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (4)

ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (5)

ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (6)

ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (7)

ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (8)

ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (9)

ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (10)

ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (11)

ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (12)

ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (14)

މިވެސް މުހިންމު