ލިޔުނީ: އުސްތާޛު ޢިޔާޒު ނަސީމް
ތަަންވީނު ނުޖެހޭ އިސްމު
ޢަރަބި ބަހުގެ އިސްމުތަކުގެ ތެރެއިން ފަހު އަކުރުގައި ތަންވީނު ނުޖެހޭ އިސްމު ނުވަތަ ޣައިރު މުނައްޥަން އިސްމަކީ އެ އިސްމުތަކުގެ ފަހު އަކުރުގައި އިބިފިލި ޖެހުން ހުއްދަނުކުރާ އިސްމުތަކެވެ. އާންމު ގޮތެއްގައި ފަހު އަކުރުގައި ތަންވީނު ނުޖެހެނީ އަންނަނިވި ހާލަތްތަކުގައެވެ.
1. އަންހެނުންނަށް ކިޔާ ޚާއްޞަ ނަން. މިސާލު: مَرُيَمُ
2. ރަށްރަށަށާއި ޤައުމުޤައުމަށާއި އެއްޗެއްސަށް ކިޔާ ޚާއްޞަ ނަމުގެ ތެރެއިން ” ال” ކުރިޔަށް ނާންނަ ނަންނަން.
މިސާލު: مَكَّةُ
ނޯޓު:-” ال” އައުމަކީ ވެސް ތަންވީނު ކެނޑިގެންދާ ސަބަބެކެވެ. އަދި މިފަދަ ކަލިމަތަކަކީ ” ال” އާ ނުލައި ވެސް ބޭނުން ކުރެވޭ ކަލިމައެވެ. މިފަދަ ކަލިމަތަކުގައި ” ال” އާ ނުލައި އޮންނަ އިރު ތަންވީނު އޮންނާނެއެވެ. އެހެން ނަމަވެސް މިތަނުގައި މި ބުނާ ޙާލަތަކީ ކަލިމައިގެ އަސްލުގައި ތަންވީނު ނުޖެހޭ އިސްމުތަކުގެ ޙާލަތެވެ. އެހެންވީމާ “ال” އައުމުގެ ސަބަބުން ތަންވީނު ކެނޑޭ ކަލިމަތަކަކީ ޣައިރުމުނައްޥަން ކަލިމަތަކުގެ ގޮތުގައި ނުބެލެވެއެވެ. އެހެނީ އެ ކަލިމަތަކަކީ “ال” އާ ނުލައި އޮންނަ އިރު ތަންވީނު ޖެހޭ ކަލިމަތަކެއް ކަމުގައިވާތީއެވެ. އަދި “ال” އައުމުން އިބިފިލި ޖެހުން ހުއްދަވާތީއެވެ.
3. ފިރިހެނުންނަށް ކިޔާ ޚާއްޞަ ނަމުގެ ތެރެއިން “އަކުރުކޮޅުތާ” އަށް ނިމިފައި ހުންނަ ނަންނަން. މިސާލު: طَلْحَةُ
4. “ان” އަށް ނިމިފައި ހުންނަ ޚާއްޞަ ނަންނަން. މިސާލު: عُثْمَانُ
5. “ان” އަށް ނިމިފައި ހުންނަ ސިފަ. މިސާލު: مَلآنُ
6. ” أَفْعَلُ” ގެ ތައްގަނޑަށް އަންނަ ޚާއްޞަ ނަން. މިސާލު: أَحْسَنُ
7. ފިޢުލާ އެއް ތައްގަނޑަށް ހުންނަ ޚާއްޞަ ނަން. މިސާލު: يَذِيْدُ
8. “فْعَلُ” ގެ ތައްގަނޑަށް އަންނަ ސިފަ. މިސާލު: أَحْمَرُ
9. ޢަރަބި ނޫން ޚާއްޞަ ނަމާއި، މިސާލު: إِبْرَاهِيْمُ
10. “أَفْعِلاَءُ” ގެ ތައްގަނޑަށް އަންނަ ޖަމްޢު. މިސާލު: أَغْنِيَاءُ ، أَطِبَّاءُ
11. “فُعَلاَءُ” ގެ ތައްގަނޑަށް އަންނަ ޖަމްޢު. މިސާލު: فُقَراءُ
12. “مَفَاعِلُ” ގެ ތައްގަނޑަށް އަންނަ ޖަމްޢު. މިސާލު: دَقَائِقُ
13. “مَفَاعِيلُ” ގެ ތައްގަނޑަށް އަންނަ ޖަމްޢު. މިސާލު: مَفَاتِيْحُ كَرَاسِيُّ މިއެވެ.
އިޢުރާބުގެ ޙާލަތްތައް
ޢަރަބި ބަހުގައި ޖުމްލައިގައި ނުވަތަ ޢިބާރާތުގައި ކަލިމަ އަދާކުރާ ދައުރާ ގުޅިގެން ކަލިމައިގެ ފަހު އަކުރަށް އަންނަ ބަދަލަށް ނިސްބަތްވާ ޙާލަތްތަކުގެ ޢަދަދަކީ 4 އެވެ. އެއީ ރަފްޢު، ނަޞްބު، ޖައްރު، ޖަޒްމުއެވެ. ރަފްޢަކީ ކަލިމައިގެ އަޞްލު ގޮތެވެ. އެހެންކަމުން މިއީ އަޞްލު ޙާލަތެވެ. އަޞްލު ޙާލަތުގެ ފަހު އަކުރުގެ ހަޤީޤީ ފިއްޔަކީ އުބުފިއްޔެވެ. ނަޞްބަކީ ރައްދުވާ ޙާލަތެވެ. ރައްދުވާ ޙާލަތުގެ ފަހު އަކުރުގެ ހަޤީޤީ ފިއްޔަކީ އަބަފިއްޔެވެ. ޖައްރަކީ ނިސްބީ ޙާލަތެވެ. ނިސްބީ ޙާލަތުގެ ފަހު އަކުރުގެ ހަޤީޤީ ފިއްޔަކީ އިބިފިއްޔެވެ. ޖަޒްމަކީ އުނި ޙާލަތެވެ. މިޙާލަތުގެ ފަހު އަކުރުގައި ފިއްޔެއް ނޯންނާނެއެވެ. މި ޙާލަތުގެ ހަޤީޤީ ނިމުމަކީ ސުކުނެވެ.
މީގެ ތެރެއިން އިސްމުގައި އަންނަނީ ރަފްޢުގެ ޙާލަތާއި، ނަޞްބުގެ ޙާލަތާއި،، ޖައްރުގެ ޙާލަތެވެ. އިސްމުގައި ޖަޒްމުގެ ޙާލަތެއް ނާދެއެވެ. މީގެ ތެރެއިން ފިޢުލުގައި އަންނަނީ ރަފްޢުގެ ޙާލަތާއި، ނަޞްބުގެ ޙާލަތާއި، ޖަޒްމުގެ ޙާލަތެވެ.. ފިޢުލުގައި ޖައްރުގެ ޙާލަތެއް ނާދެއެވެ.
އިޢުރާބުގެ މި ޙާލަތްތަކުގެ އަޞްލު ޢަލާމާތްތަކަކީ އުބުފިއްޔާއި، އަބަފިއްޔާއި، އިބިފިއްޔާއި، ސުކުން ކަމުގައި ވިޔަސް އަކުރުން ވެސް އިޢުރާބުގެ ޙާލަތު ދައްކައިދެއެވެ. މި ގޮތުން އިސްމުގެ އިޢުރާބުގެ ޢަލާމާތްތައް އަންނަ ގޮތަށް ރިޢާޔަތްކޮށް އިސްމު 8 ވައްތަރަކަށް ބަހައިލެވެއެވެ.
(ނުނިމޭ)
ކިޔާފައިވާ ޢަދަދު:285,320
މިސިލްސިލާގެ އެހެން ބައިތައް
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (1)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (2)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (3)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (4)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (5)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (6)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (7)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (8)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (9)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (10)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (11)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (13)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (14)