ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (10)

ލިޔުނީ: އުސްތާޛު ޢިޔާޒު ނަސީމް

ޖިންސުގެ ގޮތުން އިސްމު ބެހޭ ބައިތައް

ކަލިމައިގެ ޖިންސަށް ރިޢާޔަތްކޮށް ޢަރަބި އިސްމު ބެހެނީ ދެ ބަޔަކަށެވެ. އެ ދެ ބަޔަކީ ﻣﺆﻧّﺚ (އަންހެން) އިސްމާއި ﻣذﻛّر (ފިރިހެން) އިސްމެވެ. މުއައްނަޘް އިސްމެއްކަން ކަނޑަނޭޅޭ ކޮންމެ އިސްމަކީ މުޛައްކަރު އިސްމެކެވެ. އެހެންކަމުން އެންމެ މުހިއްމީ މުއައްނަޘް ނަންތައް ދެނެގަތުމެވެ.

ﻣﺆﻧّﺚ (އަންހެން) އިސްމު

– ﻣﺆﻧّﺚ އިސްމު ބެހެނީ ދެ ބަޔަކަށެވެ. އެއީ ﻣﺆﻧّﺚ ﺣﻘﯾﻘﻲ އާއި ﻣﺆﻧّﺚ ﻣﺠﺎزي (ނުވަތަ ﻣﺆﻧّﺚ ﻏﯿﺮ ﺣﻘﯿﻘﻲ) އެވެ.

– ﻣؤﻧّث ﺣﻘﯾﻘﻲ އިސްމަކީ އިންސާނުން ނުވަތަ ޙަޔާވާނުންގެ ތެރެއިން އަންހެން ޖިންސަށް ނިސްބަތްވާ އިސްމެވެ. އެހެން ގޮތަކުން ބުނާ ނަމަ ދެ ޖިންސުގެ ތެރެއިން ވިހާ ނުވަތަ ބިސް އަޅާ ބާވަތަށް ކިޔާ ނަންނަމެވެ.

– ﻣﺆﻧّﺚ ﻣﺠﺎزي އިސްމު ވެސް ދެ ބަޔަކަށް ބެހެއެވެ. އެއީ ﻣﺆﻧّﺚ ﻣﺠﺎزي ﻟﻔظﻲ (ނުވަތަ ﻣﺆﻧّﺚ ﻣﺠﺎزي ﻋﻼﻣﺗﻲ) އާއި ﻣﺆﻧّﺚ ﻣﺠﺎزي ﺳﻤﺎﻋﻲ އެވެ.

– މީގެ ތެރެއިން ﻣﺆﻧّﺚ ﻟﻔظﻲ އަކީ ﻣﺆﻧّﺚގެ 3 ޢަލާމާތުގެ ތެރެއިން ޢަލާމާތެއް އެކުލެވިގެންވާ ކޮންމެ ކަލިމައެކެވެ. ﻣﺆﻧّﺚގެ 3 ޢަލާމާތަކީ ތާއުލްމަރްބޫޠާ ނުވަތަ އަކުރުކޮޅު ތާ ( ــﺔ ) އާއި އަލިފުލްމަމްދޫދާ ( ـﺎء ) އާއި އަލިފުލްމަޤްޞޫރާ ( ى ) އެވެ. ޢަލާމާތުގެ ސަބަބުން ލަފްޒު މުއައްނަޘް ވާ ގޮތުގެ މިސާލަކީ؛

1. ﺳَﺎﻋَﺔٌ – ގަޑިއެއް (ތާއުލްމަރްބޫޠާ ނުވަތަ އަކުރުކޮޅު ތާ ” ــﺔ ” ގެ ސަބަބުން)

2. ﺳَﻣَﺎءٌ – އުޑެއް (އަލިފުލްމަމްދޫދާ ” ـﺎء ” ގެ ސަބަބުން)

3. ﻛُﺑْرَ ى – އެންމެ ބޮޑު، دﻧﯾﺎ – ދުނިޔެ (އަލިފުލްމަޤްޞޫރާ ” ى، ا ” ގެ ސަބަބުން)

– މުއައްނަޘް ނަންތަކުގެ ތެރެއިން ﻣﺆﻧّﺚ ﺳﻤﺎﻋﻲ އަކީ ޢަރަބީން އަންހެން ނަންތަކުގެ ގޮތުގައި ޒަމާނުއްސުރެ ބަލަމުން އައި ކޮންމެ ނަމެކެވެ.

މި ގޮތަށް އަންހެން ނަންތައް ކަނޑައެޅުމުގައި ވެސް އުޞޫލެއް ގެންގުޅެފައިވާކަން ފާހަގަކޮށްލާން ޖެހެއެވެ. މި އުޞޫލަކީ ތިރީގައި މި ބަޔާން ކުރާ ބައިތަކުގެ ތެރޭގައި ހިމެނޭ ފަރާތްތަކުގެ ނަންތަކަކީ އަންހެން ނަންތައް ކަމުގައި ކަނޑައެޅުމެވެ.

1. އަންހެނުންނަށް ކިޔާ ޚާއްޞަ ނަންތައް. މިސާލު: ﻣَرْ ﯾَمُ

2. ހަށިގަނޑުގެ ގުނަވަންތަކުގެ ތެރެއިން ޖޯޑު ހަމަވާ ގުނަވަންތަކަށް ކިޔާ ނަންތައް. މިސާލު: أُذُنٌ ކަންފަތެއް.

3. ޤައުމު ޤައުމާއި ރަށްރަށުގެ ތެރެއިން ޢަރަބި ބައެއް ޤައުމުތަކުގެ ނަން ފިޔަވައި އެހެން ނަންތައް. މިސާލު فِلَسْطينُ

4. ވަޔަށް ކިޔާ ނަންތައް. މިސާލު: رِ ﯾْﺢٌ، ﺻَرْ ﺻَرٌ

5. އަލިފާނަށް ކިޔާ ނަންތައް. މިސާލު: ﻧَﺎرٌ ، ﺟَﮭَﻧﱠمُ، ﺳَﻌِﯾْرٌ ، ﺟَﺣِﯾْمٌ.

6. ރާގެ ބާވަތްތަކަށް ކިޔާ ނަންތައް. މިސާލު: ﺧَﻣْرٌ ، طِلاءٌ

7. ކަލިމައިގެ ތަޞްޣީރު ގޮތުގައި މުއައްނަޘްގެ ޢަލާމާތް ފާޅުވާ ނަންތައް.

މިސާލު: أَرْضٌ – ބިމެއް. ތަޞްޣީރުގޮތް: أُرَ ﯾْﺿَﺔ ٌ – ކުޑަބިމެއް.

ﺷَﻣْسٌ – އިރެއް. –ތަޞްޣީރުގޮތް: ﺷُﻤَﯿْﺴَﺔٌ – ކުޑައިރެއް.

8. ބަދިގޭގައި ބޭނުން ކުރާ ބައެއް ސާމާނުގެ ނަން. މިސާލު: ﻗِﺪْرٌ – ތެއްޔެއް.

9. މަތީގައިވާ އުޞޫލުތަކަށް ނުފެތުނު ކަމުގައި ވިޔަސް ޒަމާނުއްސުރެ ޢަރަބީން މުއައްނަޘްގެ ގޮތުގައި ބަލާ ނަންތައް. މިސާލު: دَارٌ – ގެއެއް، ﻛَﺄْسٌ – ފެންބޯތަށްޓެއް، ﻧَﻔْﺲٌ – ނަފްސެއް، ﺣَرْ بٌ – ހަނގުރާމައެއް.

ޢަރަބި ބައެއް ޤައުމުތަކުގެ ނަމަކީ މުއައްނަޘުގެ ގޮތުގައި ނުބެލޭ ނަންތަކަށް ވާތީ އެ ފަދަ ނަންތައް ބަލަނީ އިސްތިސްނާއީ މުޛައްކަރު ނަންތަކުގެ ގޮތުގައެވެ. އެ ގޮތުން މުޛައްކަރުގެ ގޮތުގައި ބަލާ ޤައުމުތަކުގެ ނަންތަކަކީ: اﻟﻌﺮاق، ﻟﺒﻨﺎن، اﻟﻤﻐﺮب، اﻟﺴﻮدان، اﻟﺼﻮﻣﺎل، اﻷردن، اﻟﯿﻤﻦ. މި ނަންތަކެވެ. މި ނޫން ހުރިހާ ޤައުމެއްގެ ނަން ވެސް މުއައްނަޘްއެވެ.

ﻣذﻛّر (ފިރިހެން) އިސްމު

– ﻣذﻛر އިސްމު ވެސް ބެހެނީ ދެ ބަޔަކަށެވެ. އެއީ ﻣذﻛر ﺣﻘﯾﻘﻲ އާއި ﻣﺬﻛﺮ ﻣﺠﺎزي (ނުވަތަ ﻣﺬﻛﺮ ﻏﯿﺮ ﺣﻘﯿﻘﻲ) އެވެ.

– ﻣذﻛر ﺣﻘﯾﻘﻲ އިސްމަކީ އިންސާނުން ނުވަތަ ޙަޔާވާނުންގެ ތެރެއިން ފިރިހެން ޖިންސަށް ނިސްބަތްވާ އިސްމެވެ. އެހެން ގޮތަކުން ބުނާ ނަމަ ދެ ޖިންސުގެ ތެރެއިން ނުވިހާ ނުވަތަ ބިސް ނާޅާ ބާވަތަށް ކިޔާ ނަންނަމެވެ.

– ﻣﺬﻛﺮ ﻣﺠﺎزي އިސްމަކީ ދިރުން ނެތް ތަކެތީގެ ތެރެއިން ﻣﺆﻧّﺚ ﻣﺠﺎزي އިސްމަކަށް ނުވާ ކޮންމެ އިސްމެކެވެ. އެހެންކަމުން ﻣﺬﻛﺮ ﻣﺠﺎزي އިސްމު ދެނެގަނެވޭނީ ﻣﺆﻧّﺚ ﻣﺠﺎزي އިސްމުތައް ދެނެގަނެވިގެންނެވެ.

– ޢަރަބި ބަހުގައި ކަލިމަތަކުގެ ޖިންސު ކަނޑައެޅުމުގެ މައިގަނޑު އުޞޫލަކީ މިއީ ކަމުގައި ވިޔަސް، މިޔާ ޚިލާފަށް އަންނަ އިސްތިސްނާ ކަލިމަ ވެސް ހުރޭމެއެވެ. މި ގޮތުން:

o ބައެއް އިސްމުތަކަކީ ދެ ޖިންސަށް ވެސް ހަމަ ގޮތުގައި ބޭނުން ކުރެވޭ އިސްމެވެ.
o އަދި ބައެއް އިސްމުތަކަކީ މުއައްނަޘްގެ ޢަލާމާތެއް އޮތުމާއެކު ވެސް މުޛައްކަރު ނަންނަމެވެ.
o އަދި ބައެއް ނަންތަކަކީ މުއައްނަޘްގެ ޢަލާމާތެއް ނެތަސް އަންހެނުންނަށް ނިސްބަތް ވުމުގެ ސަބަބުން މުއައްނަޘް ނަންނަމެވެ.

(ނުނިމޭ)

ކިޔާފައިވާ ޢަދަދު:261,317

މިސިލްސިލާގެ އެހެން ބައިތައް

ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (1)

ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (2)

ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (3)

ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (4)

ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (5)

ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (6)

ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (7)

ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (8)

ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (9)

ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (11)

ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (12)

ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (13)

ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (14)

މިވެސް މުހިންމު