ލިޔުނީ: އުސްތާޛު ޢިޔާޒު ނަސީމް
3. މަޢުރިފާ ނަމުގެ ތެރެއިން އިސްމު މަޥްޞޫލު (ގުޅުވައިދޭ ބަދަލުނަން)
މިއީ ވާހަކައިގައި ބަޔާން ކުރެވޭ ފަރާތާ މެދު އިތުރު ތަފްޞީލެއް ދިނުމަށް ޓަކައި، އެ ފަރާތާއި އެ ފަރާތާ މެދު ދެވޭ ތަފްޞީލު ގުޅައިލުމުގެ ގޮތުން ބޭނުން ކުރެވޭ ނަންނަމެވެ. މީގެ މިސާލަކީ: اﻟذي އާއި اﻟﺘﻲ އެވެ.
އިސްމު މަޥްޞޫލުގެ ތާވަލު
މި ކަލިމަތައް ބޭނުން ކުރެވެނީ ތަފްޞީލު ދިނުމަށް ޓަކައި، އިނގިރޭސި ބަހުން that އާއި which އާއި who ބޭނުން ކުރެވޭ ގޮތާ ދާދި އެއްގޮތަކަށެވެ. ޣައިރުޢާޤިލް ޖަމްޢަކީ އަންހެން އެކަތީގެ ހުކުމުގައިވާ ބަޔަކަށް ވާތީ ޣައިރުޢާޤިލް ޖަމްޢަށް ބޭނުން ކުރާ އިސްމު މަޥްޞޫލަކީ اﻟﱠﺘﻲْ އެވެ.
4. މަޢުރިފާ ނަމުގެ ތެރެއިން ޢަލަމް (ޚާއްޞަނަން)
ޢަލަމް ނުވަތަ ޚާއްޞަ ނަމަކީ، މީހަކަށް ނުވަތަ ތަނަކަށް ނުވަތަ އެއްޗަކަށް ޚާއްޞަކޮށް، އެ ނަމެއް ހިމެނޭ ބާވަތުގެ އާއްމު ނަމުގެ ތެރެއިން އެ ނަން ވަކިކޮށް، ޚާއްޞަ ވަކި ފަރާތެއްގެ ގޮތުގައި ދެނެގަތުމަށްޓަކައި ދީފައި ހުންނަ ތަފާތު ނަމެވެ.
މިސާލު: ﻣﹸﺤﻤﱠﺪﹲ ، ﻣﹶرْﻳمﹸ، ﻣﹶﻜﱠﺔﹸ.
ނަކިރާ އިސްމާއި ޢާއްމުނަން މަޢުރިފާކުރުން:
ޢަރަބި ބަހުގައި އިސްމު ބެހެނީ ދެ ބަޔަކަށް ކަމާއި އެ ދެ ބަޔަކީ، މަޢުރިފާ (އެނގޭ –definite nouns) އިސްމާއި، ނަކިރާ (ނޭނގޭ –indefinite common nouns) އިސްމުކަން މިހާރު އަޅުގަނޑުމެންނަށް އެބަ އެނގެއެވެ. ނަކިރާ އިސްމަކީ ޢާއްމު ނަމުގެ ތެރެއިން މަޢުރިފާ (ނުވަތަ އެނގޭ ނަމަކަށް ބަދަލު) ކުރެވިފައި ނުވާ ކޮންމެ އިސްމެކެވެ. މަޢުރިފާ އިސްމަކީ ވަކި ފަރާތެއް ޢައްޔަން ކުރުމަށް ބޭނުން ކުރާ އިސްމެވެ. ނަކިރާ އިސްމަކީ ވަކި ފަރާތެއް ޢައްޔަން ނުކުރެވޭ އިސްމެވެ. މިސާލަކަށް ﺑَﯾْتٌ ގެއެއް. މިއީ ޢައްޔަން ކުރެވޭ ވަކި އެއް ގެއަކަށް އެކަނި ނިސްބަތް ކުރެވޭ ނަމެއް ނޫނެވެ.
ޢާއްމުނަން މަޢުރިފާ ކުރެވެނީ 3 ގޮތަކުންނެވެ. އެއީ :-
1. ” ال ” ކުރިޔަށް ގެނެސްގެންނާއި،
2. އެހެން މަޢުރިފާ ނަމަކަށް ނިސްބަތްކޮށް ނުވަތަ މިލްކުކޮށްދީގެންނާއި (މުޟާފަކަށް ހަދައިގެންނާއި)،
3. މުނާދާ މަޤްޞޫދަކަށް ހަދައިގެންނެވެ.
“ال ” އަކީ މަޢުރިފާގެ ޢަލާމާތެކެވެ. ތަންވީނަކީ ނަކިރާގެ ޢަލާމާތެކެވެ. ތަންވީނަކީ ނަކިރާގެ ޢަލާމާތަކަށް ވީ ނަމަވެސް، އަސްލު ޢަރަބި ފިރިހެން ޚާއްޞަ ނަމާއި، ތިން އަކުރުގެ ޚާއްޞަ ނަމުގެ ތެރެއިން މެދު އަކުރުގައި ސުކުން ޖެހިފައި ހުންނަ ނަންނަމުގައި ތަންވީނު ޖެހެއެވެ. 3 އަކުރު އޮވެފައި މެދު އަކުރުގައި ސުކުން އޮވެއްޖެނަމަ ތަންވީނު ޖެހުމުގެ މި އުސޫލު އަންހެން ޚާއްޞަ ނަމަށް ވެސް ހިނގައެވެ. މި ޙާލަތުގައި ނޫނީ އަންހެން ޚާއްޞަ ނަމުގެ ފަހު އަކުރުގައި އޮންނާނީ އެއްމެ ފިއްޔެކެވެ.
މިސާލު: ﻣَرْﯾَمُ – އަންހެން ޚާއްޞަ ނަމަކަށް ވާތީ ފަހު އަކުރުގައި އެއް ފިލި.
މިސާލު: ﻣُﺣَﻣﱠدٌ – އަސްލު ޢަރަބި ފިރިހެން ޚާއްޞަ ނަމަކަށް ވާތީ ތަންވީނު ޖެހިފައި.
މިސާލު: ﻟُوْطٌ – ތިން އަކުރުގެ ޚާއްޞަ ނަމުގެ ތެރެއިން މެދު އަކުރުގައި ސުކުން ޖެހިފައިވުމުގެ ސަބަބުން ތަންވީނު ޖެހިފައި.
މިސާލު: ھِﻧْدٌ – އަންހެން ޚާއްޞަނަމެއް. 3 އަކުރުގެ ތެރެއިން މެދު އަކުރުގައި ސުކުން އޮތުމުގެ ސަބަބުން ތަންވީނު ޖެހިފައި.
މިތާނގައި ފާހަގަ ކޮށްލަންޖެހޭ ނުކުތާއަކީ ޢަލަމް ނުވަތަ ޚާއްޞަނަމުގައި ތަންވީނު ޖެހުމަކީ އިސްތިސްނާ ޙާލަތަކަށް ވާތީ ތަންވީނު ޖެހިފައި އޮތަސް ޢަލަމެއްގެ އާއްމު ހުކުމަކީ މަޢުރިފާ ނަމަކަށް ވުމެވެ. ތަންވީނު ނުޖެހޭ ޢަލަމެއްގެ ފަހު އަކުރުގައި ތަންވީނު ޖަހައިގެން ނަކިރާ ކުރުމަކީ އަދި މުޅީން އެހެން ކަމެކެވެ.
(ނުނިމޭ)
ކިޔާފައިވާ ޢަދަދު:261,317
މިސިލްސިލާގެ އެހެން ބައިތައް
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (1)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (2)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (3)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (4)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (5)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (6)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (7)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (9)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (10)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (11)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (12)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (13)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (14)