ލިޔުނީ: އުސްތާޛު ޢިޔާޒު ނަސީމް
ޟަމީރުތަކުގެ ތަފްޞީލު
ھُﻮَ – ތިންވަނަ ފަރާތުގެ ފިރިހެން އެކެއް / އެފިރިހެންމީހާ
ھُﻤَﺎ – ތިންވަނަ ފަރާތުގެ ފިރިހެން ދޭއް / އެދެފިރިހެނުން
ھُﻢ ْ – ތިންވަނަ ފަރާތުގެ ދޭކަށް ވުރެ ގިނަ ފިރިހެނުން / އެފިރިހެނުނ ްތައް
ھِﻲَ – ތިންވަނަ ފަރާތުގެ އަންހެން އެކެއް / އެއަންހެންމީހާ
ھُﻤَﺎ – ތިންވަނަ ފަރާތުގެ އަންހެން ދޭއް / އެދެއަންހެނުން
ھُﻦ ﱠ – ތިންވަނަ ފަރާތުގެ ދޭކަށް ވުރެ ގިނަ އަންހެނުން / އެއަންހެނުނ ްތައް
أَﻧْﺖَ – މުޚާޠަބު ކުރެވޭ ފިރިހެން އެކެއް / ތިފިރިހެންމީހާ
أَﻧْﺘُﻤَﺎ – މުޚާޠަބު ކުރެވޭ ފިރިހެން ދޭއް / ތިދެފިރިހެނުން
أَﻧْﺘُﻢ ْ – މުޚާޠަބު ކުރެވޭ ދޭކަށް ވުރެ ގިނަ ފިރިހެނުން / ތިފިރިހެނުން
أَﻧْﺖ ِ – މުޚާޠަބު ކުރެވޭ އަންހެން އެކެއް / ތިއަންހެންމީހާ
أَﻧْﺘُﻤَﺎ – މުޚާޠަބު ކުރެވޭ އަންހެން ދޭއް / ތިދެއަންހެނުން
أَﻧْﺘُﻦ ﱠ – މުޚާޠަބު ކުރެވޭ ދޭކަށް ވުރެ ގިނަ އަންހެނުން / ތިއަންހެނުން
أَﻧَﺎ – ވާހަކަ ދައްކާ އެކެއް / އަހަރެން
ﻧَﺤْﻦُ – ވާހަކަ ދައްކާ އެކަކަށް ވުރެ ގިނަ / އަހަރެމެން
އިންސާނުންނާއި، ޖިންނީންނާއި، މަލާއިކަތުން ފިޔަވައި ދެން ހުރި ހުރިހާ މަޚްލޫޤަކީ ވެސް ﻏﯾر ﻋﺎﻗل ތަކެއްޗެވެ. ނުވަތަ ހަމަބުއްދިނެތް ތަކެއްޗެވެ. ޣައިރުޢާޤިލް ޖަމްޢަކީ، ޢަރަބިބަހުގެ ހަމަ ނިޔާ ކުރާ ގޮތުން އަންހެން އެކަތި ކަމަށް ވާތީ ﻏﯾر ﻋﺎﻗل ޖަމްޢަށް ބޭނުން ކުރާ ޟަމީރަކީ هِيَ އެވެ.
ތިންވަނަ ފަރާތޭ ބުނެވެނީ ވާހަކަދައްކާ ފަރާތާއި، މުޚާޠަބުކުރެވޭ ފަރާތް ފަދައިން، ވާހަކައިގައި ސީދާ ބައިވެރި ނުވި ނަމަވެސް، ވާހަކައިގައި އެފަރާތުގެ ނަން އައުމުގެ ސަބަބުން ނުސީދާ ގޮތުގައި ވާހަކައިގައި ބައިވެރިވާ ފަރާތެވެ. އެހެން ގޮތަކަށް ބުނާ ނަމަ، އޭނާ އާއި އެމީހުންނެވެ. އޭއްޗާއި އޭއްޗެއްސެވެ.
2. މަޢުރިފާ ނަމުގެ ތެރެއިން އިސްމު އިޝާރާ (އިޝާރާތުގެ ނަން)
އިޝާރާތުގެ ނަމަކީ ކައިރީގައިވާ ފަރާތްތަކަށާއި، ދުރުގައިވާ ފަރާތްތަކަށް އިޝާރާތް ކޮށް އެފަރާތްތަކާ މެދު ވާހަކަ ދައްކާއިރު، އެފަރާތުގެ ޢާންމުނަމާއި، ޚާއްޞަނަމާއި، ބަދަލުނަމުގައި ބަދަލުގައި، ވާހަކަ ދައްކާ ފަރާތާ، އެފަރާތާ ހުރި ދުރުމިނުގެ ނިސްބަތުގައި ކުރެވޭ އިޝާރާތަށް ބިނާކޮށްގެން ބޭނުންކުރާ ނަންނަމެވެ.
ކައިރީގައިވާ ފަރާތްތަކަށް އިޝާރާތްކުރުމަށް ބޭނުންކުރާ އިޝާރާތުގެ ނަންތައް:
މިއިން ކޮންމެ ކަލިމައެއްގެވެސް ދިވެހި މާނައަކީ “މި” އެވެ.
މިއިން ކޮންމެ ކަލިމައެއްގެވެސް ދިވެހި މާނައަކީ “އެއީ” އެވެ.
މިއިން ކޮންމެ ކަލިމައެއްގެ ވެސް ދިވެހި މާނައަކީ “އެ” އެވެ. ޣައިރުޢާޤިލް ޖަމްޢަކީ، ޢަރަބިބަހުގެ ހަމަ ނިޔާ ކުރާ ގޮތުން އަންހެން އެކަތި ކަމަށް ވާތީ ބޭނުން ކުރާނީ ކައިރީގައިވާ ނަމަ هَذِهِ އެވެ. ދުރުގައިވާނަމަ تِلْكَ އެވެ. އިންސާނުންނާއި، ޖިންނީންނާއި، މަލާއިކަތުން ފިޔަވައި ދެން ހުރި ހުރިހާ މަޚްލޫޤަކީ ވެސް ﻏﯾر ﻋﺎﻗل ތަކެއްޗެވެ.
(ނުނިމޭ)
ކިޔާފައިވާ ޢަދަދު:261,315
މިސިލްސިލާގެ އެހެން ބައިތައް
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (1)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (2)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (3)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (4)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (5)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (6)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (8)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (9)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (10)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (11)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (12)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (13)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (14)