ލިޔުނީ: އުސްތާޛު ޢިޔާޒު ނަސީމް
އިސްމުގެ ބާވަތްތައް ބެހޭ މައިގަނޑު ބައިތައް
ގަސްދުކުރެވޭ ފަރާތް ކަނޑައެޅި އެނގޭން އޮތުމާއި ނެތުމުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، ޢަރަބި ބަހުގެ ހުރިހާ ބާވަތެއްގެ އިސްމު އެއްކޮށް މައިގަނޑު ދެ ބަޔަކަށް ބަހައިލެވެއެވެ. އެ ދެ ބަޔަކީ، މަޢުރިފާ (އެނގޭ- definite nouns) އިސްމާއި، ނަކިރާ (ނޭނގޭ- indefinite common nouns) އިސްމެވެ.
އިސްމު ބެހޭ މައިގަނޑު ބައިތަކުގެ ތެރެއިން މަޢުރިފާ
މަޢުރިފާ އިސްމަކީ ނުވަތަ އެނގޭ ނަމަކީ، ގަސްދު ކުރެވޭ ފަރާތް ކަނޑައެޅި އެނގޭން އޮންނަ ނަންނަމެވެ. މީގެ މުރާދަކީ ވާހަކަ ދައްކާ ފަރާތުން އޭނާގެ ވާހަކައިގައި ބުނާ ތަނަކީ، ނުވަތަ މީހަކީ، ނުވަތަ އެއްޗަކީ؛ މުޚާޠަބު ކުރެވޭ ފަރާތަށް އެނގޭ ތަނެއް، ނުވަތަ މީހެއް، ނުވަތަ އެއްޗެއް ކަން ދޭހަވާ ގޮތަށް ޖުމްލައިގައި ގެނެސްފައި އޮތުމެވެ.
މަޢުރިފާގެ ބައިގައި ހިމެނެނީ މައިގަނޑު 4 ބާވަތެއްގެ އިސްމާއި، أﺳﻣﺎء اﻟﺟﻧس (ނުވަތަ އާންމު ނަން) ގެ ތެރެއިން 3 ގޮތަކުން މަޢުރިފާ ކުރެވޭ އިސްމާ އެކު ޖުމްލަ 7 ވައްތަރެއްގެ އިސްމެވެ. މަޢުރިފާ ނަމުގެ ވައްތަރުތަކަކީ:
1. ބަދަލުނަން
2. އިޝާރާތުގެނަން
3. ގުޅުވައިދޭބަދަލުނަން
4. ޚާއްޞަނަން
5. އަލިފުލާމު ކުރިޔަށް އައުމުގެ ސަބަބުން މަޢުރިފާވާ އާންމު ނަން
6. މުޟާފަކަށް ވުމުގެ ސަބަބުން މަޢުރިފާވާ އާންމު ނަން
7. މުނާދާ މަޤްޞޫދަކަށް ވުމުގެ ސަބަބުން މަޢުރިފާވާ އާންމު ނަން. މިއެވެ.
1- މަޢުރިފާ ނަމުގެ ތެރެއިން ޟަމީރު (ނުވަތަ ބަދަލުނަން)
ޟަމީރަކީ މީހަކަށް ނުވަތަ އެއްޗަކަށް ނުވަތަ ތަނަކަށް ކިޔާ ޚާއްޞަ ނަންނަމުގެ ބަދަލުގައި ބޭނުން ކުރެވޭ ބަދަލުނަންތަކާއި، މިފަދަ ފަރާތްތަކުގެ ޢާއްމު ނަމުގެ ބަދަލުގައި ބޭނުންކުރެވޭ ބަދަލުނަންނަމެވެ.
ޟަމީރުތަކުގެ ތާވަލު
ޟަމީރުތަކުގެ ތާވަލު: މާނައާއިއެކު
ޟަމީރު ބަނދި
هُوَ هُمَا هُمْ – هِيَ هُمَا هُنَّ – أَنْتَ أَنْتُمَا أَنْتُمْ – أَنْتِ أَنْتُمَا أَنْتُنَّ – أَنَا نَحْنُ
މި ޟަމީރު ބަނދި އެންމެ އެދެވިގެންވަނީ މި ފޯމެޓަށް ދަސްކުރުމެވެ.
(ނުނިމޭ)
ކިޔާފައިވާ ޢަދަދު:259,248
މިސިލްސިލާގެ އެހެން ބައިތައް
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (1)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (2)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (3)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (4)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (5)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (7)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (8)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (9)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (10)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (11)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (12)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (13)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (14)