ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (5)

ލިޔުނީ: އުސްތާޛު ޢިޔާޒު ނަސީމް

(މިއީ ކޮންމެ ހަފްތާއަކު ދެ ފަހަރު ސިލްސިލާކޮށް ގެނެސްދެވޭ ލިއުމެކެވެ.)

ފިޢުލުގެ އެންމެ ފާޅުކަން ބޮޑު ޢަލާމާތްތައް

– “قَدْ” ކުރިޔަށް އައުން.

މިސާލު: ﻗَدْ أَﻓْﻠَﺢَ (މާނަ: ހަމަކަށަވަރުން އޭނާ ކާމިޔާބުވެއްޖެއެވެ).

– “ﺳَﻮْفَ” ކުރިޔަށް އައުން.

މިސާލު: ﺳَوْفَ ﺗَﻌْﻠَﻣُوْنَ (މާނަ: ކަލޭމެންނަށް އެނގޭނެއެވެ).

– “تْ” ފަހަތަށް އައުން.

މިސާލު: ذَھَﺑَتْ (މާނަ: އެއަންހެންމީހާ ހިނގައްޖެއެވެ).

ޢަަރަބި ބަހުގެ އިސްމުގެ ބާވަތްތައް

އަރަބި ބަހުގައި ހުރީ 5 ބާވަތެއްގެ އިސްމެވެ. އެއީ:-

1. އިޝާރާތުގެނަން (أَﺳْﻤَﺎءُ اﻹِﺷَﺎرَة) މިސާލު: ھَذَا، ھَذِه ِ

2. ބަދަލުނަން (ﺿَﻣِﯾر) މިސާލު: ھُوَ ، ھِﻲَ

3. ޚާއްޞަނަން (ﻋَﻠَﻢ) މިސާލު: ﻣُﺣَﻣﱠدٌ، ﻣَﻛﱠﺔُ، ﻣَﺮْﯾَﻢُ

4. ގުޅުވައިދޭބަދަލުނަން (اﻷَﺳْﻤَﺎءُ اﻟﻤَﻮْ ﺻُﻮﻟَﺔ) މިސާލު: اﻟﱠﺬِيْ، اﻟﱠﺘِﻲْ

5. އާންމުނަން (أَﺳْﻤَﺎءُ اﻟﺠِ ﻨْﺲِ) މިސާލު: ﺑَﯿْﺖٌ ، ﺳَﺎﻋَﺔٌ، طَﺒِﯿْﺐٌ طَﺒِﯿْﺒَﺔ ٌ މިއެވެ.

ޢަރަބި ބަހުގެ ފިޢުލުގެ ބާވަތްތައް

ޢަރަބި ބަހުގައި ހުރީ 3 ބާވަތެއްގެ ފިޢުލެވެ. އެއީ:-

1. މާޒީ (ﻣَﺎضٍ) މިސާލު: ﺿَرَ بَ އޭނާ ޖަހައިފި.

2. މުޟާރިޢު (ﻣُﻀَﺎرِع) މިސާލު: ﯾَﻀْﺮِبُ އޭނާ ޖަހައޭ.

3. އަމުރު (أَﻣْﺮ) މިސާލު: اِﺿْﺮِ بْ ކަލޭ ޖަހާށޭ! މިއެވެ.

ފިޢުލުގެ މި ބާވަތްތައް ނިސްބަތްވަނީ މާޒީ އާއި މިހާރާއި މުސްތަގްބަލް މި 3 ޒަމާނަށެވެ. ﺿَﺮْبٌ ޖެހުން، މިއީ ކަމުގެނަން ނުވަތަ މަޞްދަރެވެ. މިއީ އިސްމެކެވެ.

އިސްމުލްފިޢުލި ވެސް ހުރީ މި 3 ބާވަތަށެވެ. އެއީ:-

1. މާޒީ (اﺳم اﻟﻔﻌل ﻣَﺎضٍ)،

2.މުޟާރިޢު (اﺳﻢ اﻟﻔﻌﻞ ﻣُﻀَﺎرِع)،

3.އަމުރު (اﺳﻢ اﻟﻔﻌﻞ أَﻣْﺮ) މިއެވެ.

މާނައާއިއެކު ދަސްކުރުމުގައި މިކަންތަކަށް ސަމާލުކަން ދިނުމަކީ މުހިއްމުކަމެއް:

ފިޢުލު ދަސްކުރާނީ މާޟީއާއި، މުޟާރިޢުއާއި، މަޞްދަރާ އެކުގައެވެ.

މިސާލު:

ذَهَبَ يَذْهَبُ ذَهَباً + (إِلَىٌ) (އޭނާ ހިނގައްޖެ – އޭނާ ދެޔޭ – ދިއުން). މިފިޢުލު ގިނައިން އަންނަނީ (إِلَى)ٌ އާއި އެކުގައެވެ.

خَرَجَ يَخْرُجُ خُرُوجًا + (مِنْ) (އޭނާ ނުކުމެއްޖެ – އޭނާ ނުކުމެއޭ – ނުކުތުން). މިފިޢުލު ގިނައިން އަންނާނީ (مِنْ) އާއި އެކުގައެވެ.

މަތީގައި ބަޔާންކުރެވިފައި އެވާ ދެ ފިޢުލާއި އެކު ޙަރުފް ޖައްރެއް ބޭނުންވެއެވެ. އެގޮތުން ރައްދުވާ ފަރާތާ ގުޅުމަށް ޙަރްފެއް ބޭނުންވާ ނަމަ އެ ފިޢުލަކީ ލާޒިމް ފިޢުލެކެވެ. ذَهَبَ އަކީ ވެސް އަދި خَرَجَ އަކީ ވެސް ލާޒިމް ފިޢުލެވެ.

މިސާލު:

خَرَجَ ذَيْدٌ مِنَ البَيْتِ / خَرَجَتْ آمِنَتُ مِنَ البَيْتِ

ذَهَبَ ذَيْدٌ اِلي المَسْجِدِ / ذَهَبَتْ آمِنَتُ اِلي المَسْجِدِ

ضَرَبَ يَضْرِبُ ضَرْباً (އޭނާ ޖަހައިފި – އޭނާ ޖަހައޭ – ޖެހުން). މިފިޢުލަށް ނިސްބަތްވާ ޙަރްފު ޖައްރެއް ނޯވެއެވެ.

ރައްދުވާ ފަރާތާ ގުޅުމަށް ޙަރްފެއް ބޭނުން ނުވާނަމަ އެއީ މުތަޢައްދީ ފިޢުލެކެވެ. މުތަޢައްދީ ފިޢުލުގެ ރައްދުވާގެ ފަހު އަކުރުގެ ފިލި އޮންނާނީ އަބަފިލީގެ ޙާލަތުގައެވެ. ضَرَبَ އަކީ މުތަޢައްދީ ފިޢުލެކެވެ.

މިސާލު:

ضَرَبَ ذَيْدٌ مُحَمَّدًا. ضَرَبَ مُحَمَّدًا ذَيْدٌ. ذَيْدٌ ضَرَبَ مُحَمَّدًا

މަތީގައިވާ މިސާލުން ފެންނަ ފަދައިން ޢަރަބި ބަހުގެ ޖުމްލައިގެ ކޮންމެ ހިސާބެއްގައި ވެސް ކަންކުރާ އޮވެދާނެއެވެ. މާނައަށް ބަދަލު އައުމެއް ނެތިއެވެ. އެހެންނަމަވެސް އާއްމު އުސޫލުން ބަލާއިރު، ފިޢުލުގެ ކުރިޔަކަށް ރައްދުވާ ނާންނާނެއެވެ. އަދި އާއްމު ތަރުތީބަކީ ﻓﻌل + فاعل + ﻣﻔﻌول ﺑه އެވެ.

(ނުނިމޭ)

ކިޔާފައިވާ ޢަދަދު:285,318

މިސިލްސިލާގެ އެހެން ބައިތައް

ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (1)

ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (2)

ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (3)

ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (4)

ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (6)

ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (7)

ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (8)

ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (9)

ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (10)

ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (11)

ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (12)

ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (13)

ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (14)

މިވެސް މުހިންމު