ލިޔުނީ: އުސްތާޛު ޢިޔާޒު ނަސީމް
ޢަރަބިބަހުގެ މައިގަނޑު ބައިތަކުގެ ތެރެއިން ޙަރްފުގެ ބާވަތްތައް
ޢަރަބި ބަހުގައި ހުރީ 4 ބާވަތެއްގެ ޙަރްފެވެ. އެއީ:-
1. ޣައިރުޢާމިލް (އެއިގެ ސަބަބުން އެހެން ކަލިމައެއްގެ ފަހު އަކުރަށް ބަދަލު ނުގެނުވާ ޙަރްފު)، މީގެ އެއް މިސާލަކީ: ھَلْ އެވެ.
2. ޙަރްފު ޖައްރު (އިސްމުގެ ކުރިޔަށް އަންނަ، އަދި އެއިގެ ސަބަބުން އިސްމުގެ ފަހު އަކުރު އިބިފިލީގެ ޙާލަތަށް ގެނުވާ ޙަރްފު)، މީގެ އެއް މިސާލަކީ: ﻓِﻲْ އެވެ.
3. ޙަރްފު ނަޞްބު (އެއިގެ ސަބަބުން ކަލިމައިގެ ފަހުއަކުރު އަބަފިލީގެ ޙާލަތަށް ގެނުވާ ޙަރްފު)، މީގެ ބައެއް މިސާލަކީ: إِنﱠ އާއި ﻟَنْ ފަދަ ޙަރްފެވެ.
4. ޙަރްފު ޖަޒްމު (ފިޢުލު މުޟާރިޢުގެ ކުރިޔަށް އަންނަ، އަދި އެއިގެ ސަބަބުން ފިޢުލު މުޟާރިޢުގެ ފަހު އަކުރު ސުކުނުގެ ޙާލަތަށް ގެނުވާ ޙަރްފު)، މީގެ އެއް މިސާލަކީ: ﻟَمْ އެވެ. މިއެވެ.
ޙަރްފު ޖައްރު
ﺣرف ﺟرّ އަކީ އިސްމުގެ ކުރިޔަށް އަންނަ، އަދި އެއިގެ ސަބަބުން އިސްމުގެ ފަހު އަކުރު އިބިފިލީގެ ޙާލަތަށް ގެނުވާ ޙަރްފެވެ. ޢަރަބި ބަހުގައި ހިމެނޭ ޙަރްފު ޖައްރުގެ ޖުމްލައަކީ 17 އެވެ. ބައެއް ލުޣަވީންގެ އަރިހުގައި 20 އެވެ.
އެންމެ ޢާއްމު ޙަރްފުޖައްރުތައް މާނައާ އެކު ދަސްކުރަމާ!

ޙަރްފު ދެނެގަންނާނެ ވަކި ޚާއްޞަ ޢަލާމާތްތަކެއް ނުހުރެއެވެ. އެހެންނަމަވެސް، އިސްމުގެ ޢަލާމާތްތަކާއި، ފިޢުލުގެ ޢަލާމާތްތަކުން ހުސްވެގެންވާ ކަމަށްޓަކައި، އިސްމުގެ ޢަލާމާތާއި ފިޢުލުގެ ޢަލާމާތް ނާންނަ ކަލިމަތަކެއްގެ ގޮތުގައި ޙަރްފު ފާހަގަ ކުރެވެއެވެ.
އިސްމުގެ އެންމެ ފާޅުކަން ބޮޑު ޢަލާމާތްތައް
– ” ال ” ކުރިޔަށް އައުން. މިސާލު: اَﻟْﺑَﯾْتُ اَﻟْﺑَﯾْتَ اَﻟْﺑَﯾْتِ ( މާނަ: ގެ -the house-)
– ” އަކުރުކޮޅުތާ ” އައުން. މިސާލު: ﺳَﺎﻋَﺔٌ (މާނަ: ގަޑިއެއް -a watch-)
– ކަލިމައިގެ ފަހު އަކުރުގައި ތަންވީނު (ދެ ފިލި – އުންބުންފިލި، އަންބަންފިލި، އިންބިންފިލި) ޖެހިފައި އޮތުން.
މިސާލު: ﺑَﯾْت ، ﺑَﯾْتٍ (މާނަ: ގެއެއް -a house- )
– ޙަރްފުޖައްރެއް ކުރިޔަށް އައުން.
މިސާލު 1: ﻓِﻲْ ﺑَﯾْتٍ (މާނަ: ގެއެއްގައި -in a house-)
މިސާލު 2: ﻓِﻲ اﻟﺑَﯾْتِ (މާނަ: ގޭގައި -in the house -)
އަރަބި ބަސް މާނައާއިއެކު ދަސްކުރުމުގައި މިކަންތަކަށް ސަމާލުވާންވާނެ:
– بَيْتٌ – بُيُوتٌ (ގެއެއް – ގެތަކެއް) ، ( مَسْجِدٌ – مَسَاجِدُ (މިސްކިތެއް – މިސްކިތްތަކެއް)، غُرُفَةٌ – غُرَفٌ (ކޮޓަރިއެއް – ކޮޓަރިތަކެއް)، مَدْرَسَةٌ – مَدَارِسُ (މަދްރަސާއެއް – މަދްރަސާތަކެއް).
– ޢަރަބި ބަހުގައި އިސްމުތައް ދަސްކުރާން ވާނީ އޭގެ ޖަމްޢު (ގިނަގޮތް / ޕްލޫރަލް)އާ އެކުގައެވެ.
– ކަލިމައެއްގެ ގިނަ ގޮތް ނުވަތަ ޖަމްޢު “މަފާޢިލު” (مفاعل) އަދި “މަފާޢީލު” (مفاعيل) މިއިން ތައްގަނޑަކަށް އަތުވެއްޖެ ނަމަ، އެ ކަލިމައިގެ ފަހު އަކުރުގައި ތަންވީނު ނުވަތަ ދެ ފިލި ނުޖެހޭނެއެވެ. މަތީގައިވާ مَسَاجِدُ އާއި مَدَارِسُ އަށް ބަލައިލުމުން މިކަން ފާހަގަވާނެއެވެ. މި ދެ ތައްގަނޑު ނޫނަސް މި ފަދަ އެހެން ތައްގަނޑުތައް ވެސް ހުރޭމެއެވެ.
(ނުނިމޭ)
ކިޔާފައިވާ ޢަދަދު:285,317
މިސިލްސިލާގެ އެހެން ބައިތައް
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (1)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (2)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (3)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (5)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (6)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (7)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (8)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (9)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (10)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (11)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (12)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (13)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (14)