ލިޔުނީ: އުސްތާޛު ޢިޔާޒު ނަސީމް
ޢަރަބީންނާއި ޢަރަބި ބަސް
ފަހުގެ ޢަރަބީން ބެހިގެން ވަނީ މައިގަނޑު ދެ ބަޔަކަށެވެ. އެއީ:
1. ނަސްލުގެ ގޮތުން ޢަރަބީން
2. ބަހުގެ ގޮތުން ޢަރަބީން
ނަސްލުގެ ގޮތުން ޢަރަބީން ކަމުގައިވާ މީހުންނަކީ ޤަޙްޠާނީ ދަރިކޮޅުގެ މީހުންނެވެ. ބަހުގެ ގޮތުން ޢަރަބީންނަކީ، އެބަޔަކުގެ އަމިއްލަ ބަހަކީ ޢަރަބި ބަސް ކަމުގައި ހަދައިފި ކޮންމެ ބައެކެވެ.
ދުނިޔޭގެ އެހެން ބަސްބަހެކޭ އެއްފަދައިން ޢަރަބި ބަހަށް ވެސް ވަރަށް ގިނަ ބަހުރުވަ ނިސްބަތް ކުރެވެއެވެ. ކީރިތި ޤުރްއާން ބާވައިލެއްވީ މީގެ ތެރެއިން “މުޟަރިއްޔަ ޢަރަބި” ބަހުންނެވެ. ފުޞްޙާއިންނެވެ.
މިހާރު ޢަރަބި ޤައުމުތަކުގައި ވާހަކަ ދައްކާ މައިގަނޑު ބަހުރުވަތަކަށް ބަލާއިރު، ހުޅަނގު އުތުރު އެފްރިކާގެ ޤައުމުތަކުގައި ވާހަކަ ދައްކާ ދާރިޖާތަކާއި، މިޞްރުގެ ލަހްޖާ އާއި، ޢިރާޤުގެ ލަހްޖާ އާއި ޝާމުގެ ލަހްޖާ އާއި ޚަލީޖުގެ ލަހްޖާ އާއި ޔަމަނުގެ ލަހްޖާ ފާހަގަ ކޮށްލެވެއެވެ. އަދި މޯލްޓާގެ އަހުލުވެރީންގެ ބަހަކީ ވެސް ޢަރަބި ބަހުގެ ބަހުރުވައެކެވެ.
ޢަރަބި ބަހުގެ ބަހުރުވަތައް ނުވަތަ ޢާއްމިއްޔާތަކުގެ ތެރެއިން ފުޞްޙާއާ އެންމެ ގާތީ ޔަމަނުގެ ޢާއްމިއްޔާއެވެ. ދެން ޝާމުގެ ޢާއްމިއްޔާއެވެ. ގިނަ ޢާއްމިއްޔާތައް ނުވަތަ ލަހްޖާތައް ފުޞްޙާއާ ވަރަށް ދުރެވެ. އެހެންކަމުން އެ ބަހުރުވަތަކާއި ފުޞްޙާއާ ދެމެދު، ތަފާތު ދެ ބަހެއްގައި ހުންނަހައި ތަފާތު ހުރެއެވެ.
މިއަދު ފުޞްޙާއިން ވާހަކަދައްކައި އުޅެނީ ދީނީ ޢިލްމު ޙާޞިލުކުރާ ދަރިވަރުންނާއި، ޢިލްމުވެރީންނާއި، އިސްލާމީ ވަޙްދަތުގެ ފަލްސަފާއަށް ތާއީދު ކުރާ ޢާއިލާތަކުންނެވެ. މީގެ އިތުރުން ޚަބަރުތަކާއި، ޚުޠުބާތަކާއި، ފޮތްތައް ހުންނަނީ ހަމަ ހުރިހާ ޢަރަބި ޤައުމެއްގައިހެން ވެސް ފުޞްޙާއިންނެވެ.
ލަފްޒު
ޢަރަބި ބަހުގައި ލަފްޒަކީ / ލަފްޡަކީ ) ﻟﻔظ އަކީ( އިންސާނާގެ އަނގައިން ނުކުންނަ ކޮންމެ އަޑެކެވެ. ޢަރަބި ބަހުގައި ﻟﻔﻆ ބެހެނީ 2 ބަޔަކަށެވެ. އެއީ މުހްމަލް އާއި މަޥްޟޫޢުއެވެ. ﻣﮭﻣل އަކީ މާނައެއް ނެތް ﻟﻔظ އެވެ. ﻣﻮﺿﻮع އަކީ މާނަ ހުރި ﻟﻔﻆ އެވެ. ﻣﻮﺿﻮع ލަފްޒު ބެހެނީ 2 ބަޔަކަށެވެ. އެ ދެ ބަޔަކީ މުފްރަދު (އެކަހެރި) އާއި މުރައްކަބު (އެކުވި) އެވެ.
ﻣﻔرد އަކީ އެކަހެރި މަޥްޟޫޢު ލަފްޒެވެ. އެކަހެރި މަޥްޟޫޢު ލަފްޒަށް ކިޔާ އަނެއް ނަމަކީ ކަލިމައެވެ. މަޥްޟޫޢު ލަފްޒުގެ ދެވަނަ ބައި ކަމަށް ވާ މުރައްކަބު އުފެދެނީ ދެ ކަލިމައެއް ނުވަތަ އެއަށް ވުރެ ގިނަ ކަލިމަ ގުޅިގެންނެވެ. އެހެންކަމުން ﻣرﻛّب އަކީ އެކުވިކަލިމައެވެ.
ކަލިމަ
ﻛﻠﻣﺔ އަކީ މާނަހުރި އެކަހެރި ލަފްޒެވެ. ޢަރަބި ބަހުގައި ކަލިމަ ބެހެނީ މައިގަނޑު 3 ބަޔަށާއި، އަދި އިތުރު އެއް ބަޔާ އެކު، ޖުމްލަ 4 ބަޔަށެވެ.
މައިގަނޑު 3 ބަޔަކީ އިސްމާއި، ފިޢުލާއި، ޙަރްފެވެ. އިސްމަކީ، އެއިން ފުރިހަމަ މާނައެއް ދޭހަވުމާ އެކު ތިން ޒަމާނުން ކުރެ ޒަމާނެއް ދޭހަ ނުވާ ކޮންމެ ކަލިމައެކެވެ. މިއީ ނަމާއި، މަޞްދަރާއި، ނަންއިތުރުގެނަމާއި، ނަންއިތުރާއި، ކަންއިތުރާއި، އިތުރެވެ. ފިޢުލަކީ، އެއިން ފުރިހަމަ މާނައެއް ދޭހަވުމާ އެކު ތިން ޒަމާނުން ކުރެ ޒަމާނެއް ދޭހަވާ ކޮންމެ ކަލިމައެކެވެ. މިއީ ކަމެވެ.
ޙަރްފަކީ އެއިގެ ފުރިހަމަ މާނަ ދޭހަވުމަށް ޓަކައި އެހެން ކަލިމައަކަށް ބޭނުންވާ ކޮންމެ ކަލިމައެކެވެ. މިއީ މާނަ ހުރި އަކުރެވެ. ނުވަތ ގުޅުވައިދޭ ކަލިމައެވެ. އިސްމާއި، ފިޢުލު އެހެން ކަލިމައަކާ ނުގުޅި ވަކީން އޮންނަ އިރު ވެސް ފުރިހަމަ މާނައެއް ދޭހަވެއެވެ. މިޔާ ޚިލާފަށް ޙަރްފުގެ މާނަ ފުރިހަމަ ވާނީ ކޮންމެވެސް އެހެން ކަލިމައަކާ ގުޅުމުންނެވެ.
ކަލިމައިގެ 4 ވަނަ ބަޔަކީ އިސްމުލްފިޢުލިއެވެ. މިއީ އިސްމުގެ ޢަލާމާތްތައް ފާޅުވާ، އެހެނަސް ފިޢުލުގެ ތަޢުރީފަށް ފެތޭ ކޮންމެ ކަލިމައެކެވެ. އެހެންކަމުން މި ކަލިމަތަކުން ވެސް ފުރިހަމަ މާނައެއް ދޭހަވުމާ އެކު ތިން ޒަމާނުން ކުރެ ޒަމާނެއް ދޭހަވާނެއެވެ. މާނައަށް ބަލާއިރު މިއީ ހަމަ ފިޢުލެވެ. އެހެންނަމަވެސް ފިޢުލުގެ އާންމު ޢަލާމާތްތަކެއް މި ކަލިމަތަކާ އެކު ނާންނާނެއެވެ. މީގެ އެއް މިސާލަކީ ދުޢާ ކުރުމަށް ފަހު ކިޔާ آﻣﯾن އެވެ.
(ނުނިމޭ)
ކިޔާފައިވާ ޢަދަދު:285,727
މިސިލްސިލާގެ އެހެން ބައިތައް
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (1)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (2)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (4)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (5)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (6)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (7)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (8)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (9)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (10)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (11)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (12)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (13)
ޢަރަބި ބަސް ފަސޭހައިން އަަވަހަށް ދަސްކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް (14)