ދިވެހިބަސް ލެޓިން އަކުރުން ލިޔުމުގެ ޤަޥާޢިދު

ދިވެހިބަސް ލެޓިން އަކުރުން ލިޔުމުގެ ޤަޥާޢިދު

ތިރީގައި މިވަނީ ދިވެހިބަސް ލެޓިން އަކުރުން ލިޔުމުގެ ޤަޥާޢިދުގެ ހަމަތަކެވެ.

އަކުރުތައް

ހ: h

ޙ (ح): h’

ޚ (خ): kh

ށ: sh

ނ: n

ރ: r

ޜ: sion (ޜަން)

ބ: b

ޅ: lh (Lh)

ކ: k

އ: a, e, i, o, u

ޢ (ع): a’, e’, i’, o’, u’

ޣ (غ): gh

ވ: v

ޥ (و): w

މ: m

ފ: f

ދ: dh

ޛ (ذ): dh’

ތ: th

ޘ (ث): th’

ޠ (ط): t’

ޡ (ظ): z’

ލ: l (L)

ގ: g

ޤ (ق): q (Q)

ޏ: gn

ސ: s

ޞ (ص): s’

ޟ (ض): l’

ޑ: d

ޒ: z

ޓ: t

ޔ: y

ޕ: p

ޖ: j

ޗ: ch

ފިލިތައް

އަބަފިލި: a

އާބާފިލި: aa

އިބިފިލި: i

އީބީފިލި: ee

އުބުފިލި: u

އޫބޫފިލި: oo

އެބެފިލި: e

އޭބޭފިލި: ey

އޮބޮފިލި: o

އޯބޯފިލި: oa

އައިބައިފިލި: ai

ހުސްނޫނު: n’

ތަޝްދީދު: އަކުރު ޑަބަލްކުރުން، މިސާލު: ރަސްފަންނު (Rasfannu)

ސުކުންތައް

އަލިފު ސުކުނާއި ށަވިޔަނި ސުކުން: h މިސާލު: ފޮތެއް (Fotheh)، ރަށަށް (Rashah)

ނޫނު ސުކުން: n މިސާލު: ރަން (Ran)

ތާސުކުން: iy މިސާލު: ފަތް (Faiy)

ސީނުސުކުން: s މިސާލު: ބަސް (Bas)

އެހެން އަކުރެއްގައި ސުކުންކުރުން: އެ އަކުރެއް، މިސާލު: ރަމްޒީ (Ramzee)

<>

މުޞަންނިފު: ޢަބްދުލްމުޢީދު ޙަސަން (9763216)

މަޞްދަރު: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް. (1977). ދިވެހިބަސް އިނގިރޭސި (ލެޓިން) އަކުރުން ލިޔުމުގެ ޤަޥާޢިދު. މާލެ: ނޮވެލްޓީ.

ލިޔުން ނަކަލުކޮށްފައިވަނީ: އަޅުގަނޑުގެ އުސްތާޒު، ޢަބްދުލްމުޢީދު ޙަސަންގެ ފޭސްބުކް ޕޭޖުން.

މިވެސް މުހިންމު