ޢަރަބި ބަހުގެ ޤަވާޢިދު – ދެވަނަ ފިލާވަޅު (الجُمْلَةُ المُفِيْدَةُ)

الدرس الثاني – ދެވަނަ ފިލާވަޅު

الجُمْلَةُ المُفِيْدَةُ – ފައިދާ ކުރަނިވި ޖުމްލަ

الجُمْلَةُ: ޖުމްލައަކީ ފައިދާކުރަނިވި، ގުޅިގެން އަންނަ ބަސްތަކަކަށް ކިޔާ ނަމެކެވެ. މިސާލަކަށް: (قَامَ زَيْدٌ، (العِلْمُ كَنْزٌ) ފަދަ ފުރިހަމަ މާނައެއް ދޭހަވާ ކޮންމެ ޖުމްލައެއް ހިމެނެއެވެ.

ގުޅިގެން އައުމަކީ، އެއް ބަސް އަނެއް ބަހާއި އެއްވެ ލާމެހުމެވެ. އެއީ ދެގޮތަކަށެވެ.

  • كَلَامِي: އެއީ، ފުރިހަމަ ފައިދާއަކުން ފައިދާ ލިބިދެނިވި ބަސްތަކަކަށް ކިޔޭނަމެކެވެ. އެއަށް جُمْلَةٌ مُفِيْدَةٌ އޭ ކިޔައެވެ. އިސްވެދިޔަ މިސާލުގައި އެވަނީ މީގެ ޖުމްލައެވެ.
  • غَيْر كَلَامِي: އެއީ، އޭގެ مُفْرَدُ ޙާލަތުގައިވާ ބަހެވެ. މިސާލަކަށް: (عَبْدُ الله).

ބައެއްފަހަރު ދެ ބަހުން ގުޅިގެން އަންނަ الجُمْلَةُ المُفِيْدَة އާއި ދެބަހަށް ވުރެ ގިނަ ބަސްތަކުން ގުޅިގެން އަންނަ الجُمْلَةُ المُفِيْدَة ހުރެއެވެ. މިއިން ކޮންމެ ބަހަކީ الجُمْلَةُ المُفِيْدَة ގެ ތެރެއިން ވާ ބަސްތަކެވެ.

الجُمْلَةُ المُفِيْدَة ގެ ބައެއް މިސާލުތަށް:

  • الأَرْضُ وَاسِعَةٌ.
  • القَمَرُ بَدْرٌ.
  • جَلَسَ أَحْمَدُ.
  • اِشْتَرَى سَامِي سَيَّارَةً.
  • سَافَرَ أَبِي إِلَى مِصْرَ.
  • كَتَبَ فَادِي رِسَالَةً إِلَى أَخِي.

 ބައެއް ޖުމްލަތަކަކީ ފެންނަފެނުމުގައި އެންމެ ކަލިމައަކުން (އެބަހީ: ބަހަކުން) އުފެދިފައިވާ ޖުމްލަތަކެކެވެ. މިސާލަކަށް: (اِجْلِسْ) މިއީ ޢަރަބި ބަހުގައި އެންމެ ކަލިމައެއް ނޫނެވެ. މިއީ ދެ ކަލިމައިން އުފެދިފައިވާ ޖުމްލައެކެވެ. ފުރަތަމަ ކަލިމައަކީ މިބަސް ކިޔާއިރު ކިޔާ (اِجْلِسْ) މި ކަލިމައެވެ. ދެވަނަ ކަލިމައަކީ ކިޔުމުގައި ނެތް، ނަމަވެސް އަޑު އަހާ މީހާއަށް އެކަލިމަ ބޭނުން ކުރީ ކާކަށްކަން ދޭހަކޮށްދޭ (أَنْتَ) މި ކަލިމައެވެ. އެހެނީ (اِجْلِسْ) ބުނުމުން އެބުނެވެނީ (اِجْلِسْ أَنْتَ) އެވެ.

تمارين تطبيقية – ފަރިތަކުރުން

 (ހ) ތިރީގައިވާ ޖުމްލަތަކުގައިވާ ކަލިމަތަކުގެ ޢަދަދު ބަޔާންކުރާށެވެ!

  • الثَوْبُ جَمِيْلٌ.
  • الأَرْضُ خَضْرَاءُ.
  • ذَهَبَ سَمِيْرٌ إِلَى المَدْرَسَةِ.
  • أَعْطَى المُعَلِّمُ دَرْساً فِي الصَفِّ.
  • غَرَّدَ الطَائِرُ.
  • لَعِبَ الأَطْفَالُ بِالطَّابَةِ.

 (ށ) ތިރީގައިވާ ޖުމްލަތަކުން جُمْلَة مُفِيْدَة ފާހަގަކުރާށެވެ!

  • عَلِيٌّ لَم يَكُنْ.
  • السَّيَّارَةُ سَرِيْعَةٌ.
  • إِنْ أَكَلْتَ.
  • مُحَمَّدٌ لَبِسَ الثَوْبَ.
  • شَمِيْمٌ نَجَحَ فِي الاِمْتِحَانِ.
  • عُمَرُ ذَهَبَ إِلَى.

 (ނ) ތިރީގައި މިވާ ހުސްތަންތަނާއި ގުޅޭ ކަލިމަތައް ލިޔެ جُمْلَة مُفِيْدَة އެއް ހަދާށެވެ!

  • سَمِعَ مُحَمَّدٌ …………………. .
  • أَكَلَ الوَلَدُ …………………. .
  • …………………. السَمَاءُ.
  • …………………. صَلَّى عَلِيٌّ صَلَاةَ …………………. .
  • ذَهَبْتُ …………………. المَدْرَسَةِ.

 (ރ) ތިރީގައި މިވާ ކަލިމަތަކުން، ދެ ކަލިމަ ބޭނުން ކޮށްގެން جُمْلَة مُفِيْدَة އެއް ހަދާށެވެ!

الكِتَابُ – القَمَرُ – المَدْرَسَةِ.

(ބ) ތިރީގައި މިވާ ކަލިމަތަކުން، ދެ ކަލިމައަށް ވުރެ އިރުތަށް ކަލިމަ ބޭނުންކޮށްގެން جُمْلَة مُفِيْدَة އެއް ހަދާށެވެ!

السَّمَاءُ – لَعِبَ – لَبِسَ.

(ޅ) ދެ ކަލިމައިން އެކުލެވިގެންވާ ތިން ޖުމްލަ ލިޔާށެވެ!

(ކ) ތިން ކަލިމައިން އެކުލެވިގެންވާ ތިން ޖުމްލަ ލިޔާށެވެ!

(އ) ހަތަރު ކަލިމައިން އެކުލެވިގެންވާ ތިން ޖުމްލަ ލިޔާށެވެ!

_____________________________________

މިފިލާވަޅުތައް ތައްޔާރުކޮށްފައިވަނީ އުސްތާޛް އިބްރާހީމް ޝަމްޝުއްދީން ލިޔުއްވާފައިވާ مرجع الطلاب في قواعد النحو މިފޮތް މަރުޖިޢަކަށް ބަލައިގެންނެވެ.

_______________________________________________

(ނުނިމޭ)

ލިޔުނީ: އައްޝައިޚް ޢަބްދުﷲ ސަޢުދާން ބިން ޢަބްދުލްވައްހާބް
މަސްދަރު: ދިސަލަފިއްޔާ.ނެޓް
8 ޑިސެމްބަރު 2022

މިސިލްސިލާގެ އެހެން ބައިތައް

ޢަރަބި ބަހުގެ ޤަވާޢިދު – ފުރަތަމަ ފިލާވަޅު (الاِسْمُ، الفِعُلُ، الحَرْفُ)

ޢަރަބި ބަހުގެ ޤަވާޢިދު – ތިންވަނަ ފިލާވަޅު (الفِعْلُ المَاضِي، الفِعْلُ المُضَارِعُ، الفِعْلُ الأَمْرُ)

ޢަރަބި ބަހުގެ ޤަވާޢިދު – ހަތަރުވަނަ ފިލާވަޅު (الفَاعِلُ)

ޢަރަބި ބަހުގެ ޤަވާޢިދު – ފަސްވަނަ ފިލާވަޅު (اِسْم الفَاعِل)

ޢަރަބި ބަހުގެ ޤަވާޢިދު – ހަވަނަ ފިލާވަޅު (مَفْعُوْلٌ بِهِ)

ޢަރަބި ބަހުގެ ޤަވާޢިދު – ހަތްވަނަ ފިލާވަޅު (اِسْم المَفْعُوْل)

މިވެސް މުހިންމު