އަންދާސީ ހިސާބާއި އަސްލު މަސައްކަތުގެ އަގު

އަންދާސީ ހިސާބަކީ މަސައްކަތުގެ އަސްލު އަގެއް ނޫނެވެ. އެއީ މަސައްކަތަށް ދާނެކަމަށް ލަފާކުރެވޭ ނުވަތަ މަސައްކަތުގެ އަސްލުއަގާ ގާތް ކުރާ އަގެކެވެ. އަސްލު މަސައްކަތުގެ އަގު އަންދާސީ ހިސާބަށްވުރެ ކުޑަވެސް ވެދާނެއެވެ. ނޫނީ ބޮޑުވެސް ވެދާނެއެވެ. އަސްލުއަގާ ވީހާވެސް ގާތްވާގޮތަށް އަންދާސީ ހިސާބު ހަދާކަމަށް ވަންޏާ ވަރަށް ފުރިހަމައަށް ތައްޔާރު ކޮށްފައިވާ ކުރެހުންސެޓެއް ބޭނުން ވާނެ އެވެ. އިމާރާތުގެ ކޮންމެ ތަނެއް ހުންނަން ވާނެގޮތް ކުރެހުމުން ފެންނަން އޮވެ، ބޭނުން ކުރާނެ ތަކެތީގެ ތަފްސީލު ސާފުވާން އޮވެ، މަސައްކަތަށް ތަކެތި ގަތުމާއި، އެތަކެތި އުފުލައި މަސައްކަތުގެ ސައިޓަށް ގެންދާނެ ގޮތް ސާފުކޮށް އެގެންއޮވެ، މަސައްކަތް ކުރުމަށް ބޭނުންކުރާނެ ފަންނުވެރިންވެސް ލިބެން ހުރިގޮތް ސާފުވާނަމަ، އަސްލުއަގާ ވަރަށް ގާތްކުރާވަރަށް އަންދާސީ ހިސާބު ހެދިދާނެއެވެ. އެގޮތުން ހޯދާ އަންދާސީ ހިސާބަށް ކޮންމެ ކޮންޓްރެކްޓަރެއް ވެސް އޭނާބޭނުންވާނެ ފައިދާ އެއްކޮށް، އަންނަޖުމްލަ އަގަކީ މަސައްކަތުގެ އަގުކަމަށް އެ މަސައްކަތުގެ ވެރިފަރާތަށް ހުށަހަޅަނީއެވެ.

އަންދާސީހިސާބު ތައްޔާރުކުރުމަކީ ހުނަރެކެވެ. ގިނަދުވަހު އަންދާސީ ހިސާބު ހަދާފައި ހުރި މީހަކު ތައްޔާރުކުރާ އަންދާސި ހިސާބު އަލަށް އެކަމުގެ ތެރެއަށް ވަންނަ މީހަކު ތައްޔާރުކުރާ އެއްޗަކަށްވުރެ ވަރަށް ބޮޑުތަނުން ރަނގަޅު ވާނެއެވެ. އަދި އަންދާސީ ހިސާބު ތައްޔާރު ކުރުމުގެ އިލްމު (ކްއަންޓިޓީސާރވެއިން) ހޯދާފައިވާ މީހަކު އިމާރާތްކުރުމުގެ ދާއިރާގައި ގިނަދުވަހު އަންދާސި ހިސާބު ހޯދާފައިވާނަމަ އެމީހަކުގެއަންދާސީ ހިސާބު އަސްލު ހިނގާނެ ޚަރަދާ ބޮޑަށް ގާތްކުރާނެއެވެ.

މަސްދަރު: އުވަދޯނި.ކޮމް
13 ފެބުރުއަރީ 2021

މިވެސް މުހިންމު