ގޫގުލް ސްކެޗްއަޕް

ގޫގުލް ސްކެޗްއަޕް އަކީ، ކުރެހުންތެރީންނާއި، ފަރުމާކުރުންތެރިންނާއި، އާރކިޓެކްޓުންނާއި ސިވިލް އިންޖިނިއަރުން ފަދަ ޢިމާރާތާއި ކުރެހުމުގެ ދާއިރާގައި ނުވަތަ 3ޑީ މޮޑެލްތައް ހެދުމަށް ބޭނުންވާ ފަރާތްތަކަށް ވަރަށް ޚާއްޞަ ޕްރޮގްރާމެކެވެ. މިއީ، ގޫގުލްއިން ތައްޔާރުކޮއްފައިވާ ވަރަށް ފުރިހަމަ، ކޮންމެ މީހަކަށްވެސް، ފަސޭހަކަމާއެކު، 3ޑީކޮށް ކުރެހޭ ސޮފްޓްވެއަރއެކެވެ. މި ސޮފްޓްވެއަރއަކީ، 1999 ގައި އެޓްލާސްޓް ސޮފްޓްވެއަރ ކުންފުނިން އުފައްދާފައިވާ ސޮފްޓްވެއަރއެކެވެ.
ނަމަވެސް، 2006 ގައި ގޫގުލްއިން ވަނީ އެމީހުންގެ ގޫގުލް އާރތް ގައި ބޭނުންކުރުމަށް މި ޕްލަގިން ގަނެފައެވެ. އެއަށްފަހު، ގިނަ ފަސޭހަތަކެއް އެކުލެވޭގޮތަށް ވަރަށް ގިނަ ފޯރމެޓްތަކަކަށް އެކްސްޕޯރޓްކޮށް، ގިނަ ޓޫލްތަކެއް ބޭނުންކުރެވޭނޭހެން ހެދުމަށްފަހު ގޫގުލްއިން މި ސޮފްޓްވެއަރ ނެރެފައިވަނީ، ނޮވެމްބަރ 2008 ގައެވެ. މިއީ، ހިލޭ ޑައުންލޯޑް ކުރެވޭގޮތަށް ތައްޔާރުކޮއްފައިވާ ސޮފްޓްވެއަރއެކެވެ. ޑައުންލޯޑް ކުރެއްވުމަށް މިތަނަށް ކްލިކްކޮއްލާށެވެ.

ލިޔުނީ: ޝަމްސުލް ފަލާޙް

މަސްދަރު: ފަންވަތް.ކޮމް

މިވެސް މުހިންމު